ކޮތަނބިރި: ސިއްހީ ފައިދާތަކުން ފުރިގެންވާ ގުދުރަތީ ޝިފާއެއް!

Sep 5, 2026, 8:20 AM
ކޮތަނބިރި

ކޮތަނބިރި

ކޮތަނބިރިއަކީ އޭގެ ވަހާއި ރަހައިގެ އިތުރުން، ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ހަވާދުގެ ބާވަތެކެވެ.

އެންޓިއޮކްސިޑެންޓްސްއިން މުއްސަނދިވެފައިވާ މި ބާވަތަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށާއި، ހިތާއި ސިކުނޑީގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ވަރަށް ބާރުގަދަ ގުދުރަތީ ވަސީލަތެކެވެ. މީގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމާއި ހަމުގެ ދުޅަހެޔޮކަން އިތުރުކުރުމުގައިވެސް ކޮތަނބިރި މުހިންމު ދައުރެއް އަދާކުރެ އެވެ.

ސައިންސްވެރިން ހާމަކުރާ ގޮތުގައި ކޮތަނބިރީގެ އެންމެ މުހިންމު އެއް ފައިދާއަކީ ލޭގައި ހަކުރުގެ މިންވަރު ދަށްކޮށްދިނުމެވެ. މިއީ ޓައިޕް 2 ޑައިބެޓީސް ހުންނަ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ކަމެކެވެ.  ނަމަވެސް، މިއީ ހަކުރު ދަށްކޮށްދިނުމުގެ ބާރުގަދަ މާއްދާއަކަށްވާތީ، ލޭގައި ޝުގަރ ދަށްވާ މީހުންނާއި ހަކުރުބައްޔަށް ބޭސްކުރާ މީހުން ކޮތަނބިރި ބޭނުންކުރުމުގައި ސަމާލުވާންޖެހެ އެވެ.

Advertisement

ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ބަލާއިރު، ކޮތަނބިރީގައި ހިމެނޭ 'ޓާޕިނީން' އަދި 'ކުއާސެޓިން' ފަދަ އެންޓިއޮކްސިޑެންޓްސްތަކަކީ ހަށިގަނޑުގެ ދުޅަވުން ކުޑަކޮށްދީ، ކެންސަރުގެ އެކި ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މީގެ ސަބަބުން ފުއްޕާމެޔާއި، އުރަމަތި އަދި ބަނޑުގެ ކެންސަރު ސެލްތައް އާލާވުން ލަސްކޮށްދެ އެވެ. ހަމައެއާއެކު، ހިތުގެ ދުޅަހެޔޮ ކަމަށް ބަލާއިރު، ކޮތަނބިރީގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، ހަށިގަނޑުގައި ހުންނަ ގޯސް ކޮލެސްޓްރޯލް މަދުކޮށްދީ، ރަނގަޅު ކޮލެސްޓްރޯލް އިތުރުކޮށްދެ އެވެ.

ސިކުނޑީގެ ސިއްހަތަށް ބަލާއިރު، ކޮތަނބިރީގައިވާ ދުޅަވުން ކުޑަކޮށްދޭ މާއްދާތަކުގެ ސަބަބުން އަލްޒައިމާސް ފަދަ ހަނދާން ނެތޭ ބަލިތަކުން ރައްކާތެރިކޮށްދެ އެވެ. އަދި ފިކުރުބޮޑުވުމާއި ނުތަނަވަސްކަން ކުޑަކުރުމުގައިވެސް މިއީ ބޭހެއް ފަދަ ފައިދާހުރި އެއްޗެކެވެ. ހަޖަމުކުރުމުގެ ނިޒާމަށް ފައިދާހުރި އެއްޗެކެވެ. 

އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަންވެސް ކޮތަނބިރީގައި އެކުލެވިގެންވެއެވެ. އޭގައި ހިމެނޭ 'ޑޮޑެސެނާލް' ކިޔާ މާއްދާއަކީ ކާނާ ނުބައިވުމުން މެދުވެރިވާ ސަލްމޮނެއްލާ ފަދަ ބެކްޓީރިއާތަކާ ދެކޮޅަށް މަސައްކަތްކުރާ ބާރުގަދަ މާއްދާއެކެވެ. މީގެ އިތުރުން، އިރުގެ އަވިން ހަމަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށާއި، ހަމުގައި ނަގާ ކުދި ބިހިތަކަށް ފަރުވާ ހޯދުމަށްވެސް ކޮތަނބިރި ފަތުގެ ދިޔަ ބޭނުންކުރެވެ އެވެ.

ކޮތަނބިރިއަކީ ކެއުންތަކުގައި ބޭނުންކުރަން ވަރަށް ފަސޭހަ އެއްޗެކެވެ. ކޮތަނބިރި އާއި އެ ގަހުގެ ފަތުގެ ރަހަ ތަފާތުވީ ނަމަވެސް، ދެ ބާވަތަކީވެސް ސޫޕް، ރިހަ، ސަލަޑް އަދި ތަފާތު ހަވާދުތައް ތައްޔާރުކުރުމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ މުހިންމު ބާވަތްތަކެކެވެ. އެހެންކަމުން، ކޮންމެ ދުވަހެއްގެ ކެއުމުގައި ކޮތަނބިރި ހިމެނުމަކީ ރަހަ މީރުވުމުގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މައުލޫމާތު: ހެލްތުލައިން

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox