ރިސޯޓް ލީގު ސައުތު މާލެ ޒޯންގައި 12 ޓީމުގެ ފޯރިގަދަ ކުރިމަތިލުންތަކެއް

Aug 23, 2026, 10:44 AM
ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރިސޯޓް ލީގުގެ ސައުތު މާލެ ޒޯންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯން 2026 ގެ ކުޅުން ފެށިގެން ކުރިއަށްދާއިރު، މި ފަހަރު މި ޒޯނުގައި 12 ޓީމެއްގެ ވާދަވެރި ކުރިމަތިލުންތަކެއް މިހާތަަނަށް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. 

މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ފަހު، ދެ ޓީމެއް ފިޔަވައި ހުރިހާ ޓީމެއް ވަނީ ކުޅެފަ އެވެ. އަދި، ދެ ޓީމަކުން ވަނީ ދެ މެޗު ވެސް ކުޅެފަ އެވެ. 

ގްރޫޕް ތާވަލުތަކަށް ބަލާއިރު، ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދައިގެން ވަލްޑޯފް އެވެ. ދެ ވަަނައިގައި އޮތް ވެލައްސަރުން އެއް މެޗުން ޕޮއިންޓެއް ހޯދިއިރު، އޮޅުވެލި ތިން ވަނައިގައި އޮތީ ދެ މެޗުން ޕޮއިންޓަކާ އެކު އެވެ. ގްރޫޕް ބީގެ އެއް ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓާ އެކު، ސައި ލެގޫން އެވެ. ދެ ވަނައިގައި އޮތް ހާޑް ރޮކަށް އެއް މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޖޭޑަބްލިއު މެރިއަޓަށް ދެ މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ. ގްރޫޕް ސީގެ އެއް ވަަނައިގައި މާދޫ އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގައި ދެން އޮތް ކްރޮސް ރޯޑްސް އިން އަދި މެޗެއް ނުުކުޅޭއިރު، ދެން މި ގްރޫޕްގައި އޮތް ރައްގިލިން މެޗެއް ކުޅެ ވަނީ ބަލިވެފަ އެވެ. އަދި، ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ އެއް މެޗުން ތިން ޕޮއިންޓް ހޯދާފައިވާ ބޮލިފުށި އެވެ. ދެ ވަނައިގައި އޮތް އެސްއޯ މޯލްޑިވްސް އިން އަދި މެޗެއް ނުުކުޅޭއިރު، އަނަންތަރާ ވަނީ އެއް މެޗުން ބަލިވެފަ އެވެ. 

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެން، ކޮންމެ ގްރޫޕެއްގައި ހިމެނޭ އަނެއް ދެ ޓީމު ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އަދި، ޕްލޭއޮފުން މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ލިބޭނެ އެވެ. ކުއާޓާ ފައިނަލް އޮތީ މި މަހު، 29 އާއި 30 ގަ އެވެ.

އޮޅުވެލީގައި މި މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، ސެމީ ފައިނަލް އޮތީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. ފައިނަލް މެޗު އޮތީ އަންނަ މަހު ތިން ވަނަ ދުވަހު އެވެ. 

މިދިޔަ އަހަރުގެ ފައިނަލުުގައި ސައި ލެގޫން ބަލިކޮށްފައި މި ޒޯންގެ ތަށި ހޯދީ ވަލްޑޯފުންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ވަލްޑޯފުން މޮޅުވީ 5-4 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox