ވެލައްސަރު އާއި ހާޑް ރޮކް ރިސޯޓް ލީގު ސައުތު މާލެ ޒޯން ކުއާޓާ އަށް

Aug 25, 2026, 12:56 PM
ރިސޯޓް ލީގު ސައުތު މާލެ ޒޯންގައި ހާޑް ރޮކް އާއި ސައި ލެގޫން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރިސޯޓް ލީގު ސައުތު މާލެ ޒޯންގައި ހާޑް ރޮކް އާއި ސައި ލެގޫން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ ސައުތު މާލެ ޒޯން 2026 ގެ  ކުއާޓާ ފައިނަލުން ވެލައްސަރު މޯލްޑިވްސް އާއި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ޖާގަ ހޯދައިފި އެވެ. 

މުބާރާތުގެ ފޯމެޓް ރޭވިފައި އޮތްގޮތުން، 12 ޓީމު ވާދަކުރާ ސައުތު މާލެ ޒޯން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމަށް ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެން، ކޮންމެ ގްރޫޕެއްގައި ހިމެނޭ އަނެއް ދެ ޓީމު ކުޅެން ޖެހޭނީ ޕްލޭއޮފް ބުރުގަ އެވެ. އަދި، ޕްލޭއޮފުން މޮޅުވާ ޓީމުތަކަށް ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ލިބޭނެ އެވެ. 

ސަން ސިޔާމް އޮޅުވެލީގައި މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، އިއްޔެ ގްރޫޕް އޭގެ ފަހު މެޗުގައި، ވެލައްސަރުން ވަނީ 4-2 އިން ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށި ބަލިކޮށްފަ އެވެ. ވެލައްސަަރުގެ ލަނޑުތައް ޖެހީ، ޝައިބާން އާއި ޝާއިންގެ އިތުރުން އިމްރާން ދެ ގޯލެވެ. ވަލްޑޯފްގެ ލަނޑުތައް ޖެހީ އަރުސަމް އާއި ރަފާހު އެވެ. 

Advertisement

މި ގްރޫޕްގެ މެޗުތައް ނިމުނުއިރު، އެއް ވަނަ ހޯދައި ކުއާޓާގެ ސީދާ ޖާގައެއް ހޯދި ވެލައްސަރަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ވަލްޑޯފަށް ތިން ޕޮއިންޓް ލިބުނުއިރު، ތިން ވަަނަ އަށް ދިޔަ އޮޅުވެލިގެ އޮތީ އެއް ޕޮއިންޓެވެ. ވަލްޑޯފާއި އޮޅުވެލިން ދެން ކުޅޭނީ ޕްލޭއޮފް ބުރުގަ އެވެ. 

ގްރޫޕް ބީގައި ހާޑް ރޮކުން 5-3 އިން ސައި މޯލްޑިވްސް ލެގޫން ބަލިކޮށް، ވަނީ ގްރޫޕް ބީން އެއް ވަނަ ހޯދައި ކުއާޓާގެ ސީދާ ޖާގަ ހޯދައިފަ އެެވެ. އެއީ، ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. މި ގްރޫޕްގެ ދެ ވަނަ އަށް ދިޔަ ސައި ލެގޫން އަށް ތިން ޕޮއިންޓް ލިބުނުއިރު، ތިން ވަނައިގައި ނިންމި ޖޭޑަބްލިއު މެރިއަޓް އަށް ލިބުނީ އެއް ޕޮއިންޓެވެ. ސައި ލެގޫން އާއި މެރިއަޓް ދެން ނުކުންނާނީ ޕްްލޭއޮފަށެވެ. 

ހާޑް ރޮކަށް އިއްޔެގެ މެޗުގަައި މަޝީދު ދެ ގޯލު ޖަހައިދިންއިރު، އަނެއް ލަނޑުތައް ޖެހީ، ތަޝްމީން (ތައްތި)، އަޝްރަފް އަދި ސުހައިލް އެވެ. ސައި ލެގޫންގެ ލަނޑުތައް ޖެހީ ސަރޭ އާއި ގުރޭ އަދި ފާތިހު އެވެ. 

ޕްލޭއޮފްގެ ފުރަތަމަ ދެ މެޗަށް ބަލާއިރު، ވަލްޑޯފުން ކުޅެނީ ޖޭޑަބްލިއު މެރިއަޓްއާ އެވެ. އަދި، ސައި ލެގޫން އިން އޮޅުވެލިއާ އެވެ. 

މުބާރާތުގައި މިއަދު ހަވީރު އޮތީ ގްރޫޕް ސީ އާއި ގްރޫޕް ޑީގެ ފަހު މެޗެވެ. ގްރޫޕް ސީގެ ފަހު މެޗުގައި ރައް ގިލިން ކުޅެނީ ދި މެރީނާއާ އެވެ. އަދި، ގްރޫޕް ޑީގެ ފަހު މެޗުގައި، އަނަންތަރަ ދިގު މޯލްޑިވްސް ރިސޯޓުން ނުކުންނާނީ އެސްއޯ/މޯލްޑިވްސްއާ ދެކޮޅަށެވެ. ގްރޫޕް ސީގެ ތާވަލުގެ ކުރީގައި މާދޫ އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ދި މެރީނާ އަށް އެއް މެޗުން ޕޮއިންޓެއް އަަދި ތިން ވަނައިގައި އޮތް ރައް ގިލި އަށް އެއް މެޗު ކުޅުނުއިރު ޕޮއިންޓެއް ނުލިބެ އެވެ. ގްރޫޕް ޑީ އަށް ބަލާއިރު، އެއް ވަނައިގައި އޮް ބޮލިފުއްޓަށް ދެ މެޗުން ހަތަރު ޕޮއިންޓް އަަދި، ދެ ވަނައިގައި އޮތް އެސް/އޯ މޯލްޑިވްސް އަށް އެއް މެޗުން ޕޮއިންޓެއް ލިބިފައިވެ އެވެ. އަދި، ފުލުގައި އޮތް އަނަންތަރާ އަށް އެއް މެޗުން ޕޮއިންޓެއް ލިބިފައި ނެތެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox