ޑޮލަރުގެ އަގު ރިޕޯޓުކުރާ ނޫސްތަކަށް ފިޔަވަޅު އެޅޭގޮތަށް ގާނޫނަށް ބަދަލުނުގެންނަން އެމްޖޭއޭއިން ގޮވާލައިފި

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

އެމްޖޭއޭގެ ރައީސް، އަހުމަދު ނާއިފް ނޫސްވެރިން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަޑު އުފުލަނީ -- ފޮޓޯ: އަނޫފް ޖުނެއިދު

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ރައްޔިތުންނަށް ހާމަކުރުން މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ބަލައިނުގަންނަކަމަށް ދިވެހިރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭއިން) ބުނެފި އެވެ.

އެ ޖަމިއްޔާ އާއި ޓްރާންސްޕޭރެންސީ ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގު ރިޕޯޓުކުރުން މަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމެނުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ފާޅުގައި ދެކޮޅު ހަދާ ކަމަށެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ގާނޫނަށް ގެންނަން ފާސްކުރި އިސްލާހުތައް މަޖިލީހުގެ ތަޅުމުން، އަނބުރާ ފޮނުވައިލުމަށް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.

"ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ގެނެސްފައިވާ އިސްލާހުތަކަށޤ ފާޅުގައި ދެކޮޅުހަދައި އެކަން ކުށްވެރިކުރަމެވެ،" އެމްޖޭއޭގެ ބަޔާނުގައި ބުންޏެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޖެހުން މަނާކުރަނީ

ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގެ އަގުތައް ޚަބަރުގެ ގޮތުގައި ޝާއިއުކުރުން މަނާކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ހިމެނުމަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ. މި ނިންމުމަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް.

އެ އިސްލާހުތަކާ ދެކޮޅު ހަދާ ސަބަބުތައް ވެސް އެމްޖޭއޭ އަދި ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، ގާނޫނަށް އެ ބަދަލު ގެނެސްފިނަމަ، ރާއްޖޭގެ މާލީ ނިޒާމާއި އިގުތިސާދުގެ ހަގީގީ ހާލަތު އާންމުންނަށް ބުނެދިނުމަށް ނޫސްވެރިންނާއި މީޑިއާތަކަށް ހަނިވާނެކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން، މާލީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކުރިމަތިވާ ހާލަތްތައް ބުނެދީ އެ ނިޒާމު އިސްލާހުކުރަން ސިޔާސަތު ރާވާ ފަރާތްތައް ޒިންމާދާރުކުރަން މީޑިއާއިން އަދާކުރަންޖެހޭ ރޯލަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އަދި، އެ ބަދަލުތައް ގެންނަން ހުށަހަޅާފައިވާ ގޮތުން، މާކެޓު މެނިޕިއުލޭޝަންއަށް ވުރެ ބޮޑަށް މަނާކުރެވެނީ އިގުތިސާދީ މާލީ ނިޒާމުގައި ހިނގާ ކަންކަން އެގޮތުގައި ނޫސްތަކުގައި ރިޕޯޓުކުރުމަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އިގުތިސާދާއި މާލީ ނިޒާމުގައި ހިނގާކަމެއް އެގޮތަށް ރިޕޯޓުކުރުމަކީ މާކެޓު މެނިޕިއުލޭޝަންގެ އަމަލެއްގެ ގޮތުގައި ނުބެލެވޭނެ އެވެ، އަދި، މިހާރު ވެސް ނޫސްތަކާއި މީޑިއާތަކުން ހަބަރުތައް ގެނައުމުގައި އަމަލުކުރާ އުސޫލުގެ ދަށުން މާކެޓު މެނިޕިއުލޭޝަންއަކީ މަނާކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

ނޫސްވެރިންނާ ގުޅޭ އެފަދަ މުހިންމު ބަދަލެއް ގާނޫނަށް ގެންނަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމިއިރު، އެމްޖޭއޭ އާއި ނޫސްވެރިންނާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައި ނުވާތީ ވެސް އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރީ ޑޮލަރު ގަނެވިއްކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަަރު ޝާއިއުކުރުން މަނާކުރުމަށެވެ.

ޑޮލަރު ތާށިވީ ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުން، މައްސަލަ ހައްލުނުކޮށް ސަރުކާރުން އުޅެނީ އަނގަ ބަންދުކުރަން: ފައްޔާޒު

އޭނާ ވިދާޅުވީ ޑޮލަރުގެ އަގު އުފުލެނީ ސަރުކާރުގެ އިސްރާފާއި ނާގާބިލުކަމުން ކަމަށާއި، ހަބަރު ފެތުރުން ހުއްޓުވުމަކީ މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށެވެ. މާލިއްޔަތު ކޮމިޓީން ފާސްކުރި މި އިސްލާހުގައި، ކަޅު ބާޒާރުގެ ރޭޓުތައް ޝާއިއުކުރާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ވަނީ ހިމަނާފައެވެ.

އަދި، އެ މައުލޫމާތު ހާމަކުރާ ފަރާތްތައް ޖޫރިމަނާކުރަން ވެސް ގާނޫނުގައި ހިމަނަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ރޭޓު އާންމުކުރީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކުރުމާއި އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަމަށް ގާނޫނުގައި ހިމަނަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ. މި ކުށުގެ އަދަބަކީ  25،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. 

މި ބަދަލުތަކާއެކީ، ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކުން މަނާކުރެވޭ މާއްދާއެއް ވެސް ވަނީ ހިމަނާފަ އެވެ. ކޮމިޓީން ނިންމީ ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، 25،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލުތަކެއް ހުށަހަޅާށެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުގެ ހަބަރު ޖެހުން މަނާކުރަން ގާނޫނުގައި ހިމަނަން މާލިއްޔަތު ކޮމިޓީން ފާސްކުރިއިރު، ކަޅު ބާޒާރުގައި ޑޮލަރު އަގު މިއަދު ވަނީ 22.85ރ. އަށް އަރައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox