ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފެށުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް

އޮގަސްޓު 18، 2026: ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް ޙަސަން ޒަރީރު އާ ސުވާލުކުރެއްވުން

އޮގަސްޓު 18، 2026: ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް ޙަސަން ޒަރީރު އާ ސުވާލުކުރެއްވުން

ސަރުކާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރާ މީހުންނަށް އަމިއްލަ މަސައްކަތްތައް ފެށުމަށް ފުރުސަތު ދިނުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވި ގޮތުގައި މުވައްޒަފަކު ވަޒީފާ އަދާކުރި މުއްދަތަށް ބެލުމަށް ފަހު ރިޑަންޑަންސީ ޕެކޭޖު އަންނަނީ ހަމަޖައްސައިދެމުންނެވެ. އޭގެ އިތުރުން، އެ މީހުން ބޭނުންވާނެ އަމިއްލަ މަސައްކަތް ފެށުމަށް "ކުމެވި" ނަމުގައި ހާއްސަ ފަންޑެއް ގާއިމުކޮށްފައިވާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. 

"ރައިޓް ސައިޒިން ރާވާފައި މިއޮތީ މީހަކު ދޫކޮށްލާ ގޮތަކަށް ނޫން. އެ މީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ގޮތަށް. މިހާރު މިވަނީ ކުމެވި ފަންޑު އުފެއްދިފައި. އެއީ ކުދި ވިޔަފާރި، އަލަށް ވިޔަފާރި ފަށްޓާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް އުފެއްދި ފަންޑެއް. 600 މިލިއަން ރުފިޔާގެ ފަންޑެއް އެސްއެމްއީ ޑިޖިޓަލްގައި އުފައްދާފައި،" ޒަރީރު ވިދާޅުވި އެވެ. 

އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް އެ ފަންޑުން ފައިސާ ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. މުވައްޒަފުން ވަކިކުރަމުން އަންނަނީ އިތުރު ގޮތެއް ހޯދައިނުދީ ކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

"ރިޑަންޑަންޓު ކުރާއިރު އެ ބޭފުޅަކު ދޫކޮށްލާނީއެއް ނޫނޭ. އެ ބޭފުޅަކަށް ފުރުސަތު ދޭނަމޭ، އެ ބޭފުޅަކަށް ކާ އެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތަކާއި، ކުރާނެ މަސައްކަތެއް ފަހިކޮށްދޭނަމޭ،" ޒަރީރު ވިދާޅުވި އެވެ.

ޖުލައި 13، ގައި ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ތިން މަސްދުވަހުގެ ތެރޭގައި އެސްއޯއީތަކުން 33 ޕަސެންޓު މުވައްޒަފުން ވަކިކުރަން އަންގާފަ އެވެ. އެ އެންގުމާ އެއްގޮތަށް އެތައް މުވައްޒަފުންނެއް މިހާރު އަންނަނީ ވަކިކުރަމުންނެވެ. 

އެޕްރީލް މަހު ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ކުންފުނިތަކުގައި 42،000 އަށް ވުރެ ގިނަ މުވައްޒަފުން ދިޔައީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 33 ޕަސެންޓު މުވައްޒަފުން ވަކިކުރުމުން 13،800 އަށްވުރެ ގިނަ މުވައްޒަފުން މަގުމަތިވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox