ދިވެހި ސަރުކާރުން ސާންތީގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގައުމީ އިނާމެއް އަރުވައިފި

Aug 15, 2026, 2:28 PM
އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އިންޓަވިއުދެނީ.--- ފޮޓޯ:  އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އިންޓަވިއުދެނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ރާއްޖޭގެ ކުޅިވަރުގެ ދާއިރާއިން ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ޚިދުމަތުގެ  ގައުމީ އިނާމު، މަޝްހޫރު ފުޓްބޯޅަ ކޯޗު، އަލްމަރްޙޫމް އިޙްސާން ޢަބްދުލްޣަނީ (ސާންތީ) ގެ ހަނދާނަށް އަރުވައިފި އެވެ.

ރާއްޖޭގެ ކުޅިވަރަށާއި މައިގަނޑު ގޮތެއްގައި ފުޓްބޯޅަ އަށް ހަޔާތުގެ ބޮޑުބައި ހިދުމަތްކޮށްދިނުމަށް ފަހު، މި ފަނާކުރަނިވި ދުނިޔެ އިން، އުމުރުން 51 އަހަރުގައި ސާންތީ ވަކިވެދިޔައީ، ފަހު ވަގުތާ ހަމައަށް ވެސް ދިވެހި ފުޓްބޯޅަ އަށް ހިދުމަތްކޮށްދިނުމުގައި ދެމިހުރުމަށް ފަހު، މިދިޔަ އަހަރުގެ މާޗް، 22 ވަނަ ދުވަހު އެވެ. 

ދިވެހި ފުޓްބޯޅައިގެ ދަނޑުގައި "ސާންތީ" ގެ ނަމުން މަޝްހޫރުވެފައިވާ ސާންތީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. މަޖީދިއްޔާ ސްކޫލް އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅަ އަށް ނުކުތް ސާންތީ، މަގުބޫލުކަން ހޯދީ ކޯޗެއްގެ ގޮތުގަ އެވެ.

ސާންތީ: ކުޅުންތެރިންނަށް ފުޓްބޯޅައިގައި "ބައްޕަ" އެއް، ކުޅިވަރުގައި ގައުމީ ހިދުމަތްތެރިއެއް!

ރާއްޖޭގެ ކުޅިވަރަށާއި މައިގަނޑު ގޮތެއްގައި ފުޓްބޯޅަ އަށް ހަޔާތުގެ ބޮޑުބައި ހިދުމަތްކޮށްދިނުމަށް ފަހު، މި ފަނާކުރަނިވި ދުނިޔެ އިން، އުމުރުން 51 އަހަރުގައި އިހުސާން (ސާންތީ) ވަކިވެދިޔައީ، ފަހު ވަގުތާ ހަމައަށް ވެސް ދިވެހި ފުޓްބޯޅަ އަށް ހިދުމަތްކޮށްދިނުމުގައި ދެމިހުރުމަށްފަހު

ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ސާންތީގެ ހިއްސާ ބޮޑެވެ. އެ ގޮތުން، 2004 ވަނަ އަހަރު އޭޝިއާގެ ގަދަބާރު، ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅެ ރާއްޖެ އިން އެއްވަރުކުރި ތާރީޚީ މެޗުގައި އެސިސްޓެންޓް ކޯޗަކީ ސާންތީ އެވެ.

ރާއްޖޭން، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ގައުމަށް ރަން ކާމިޔާބެއް ހޯދައިދިންއިރު، ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓަކީ ވެސް ސާންތީ އެވެ އަދި އޭގެ 10 އަހަރު ފަހުން، 2018 ވަނަ އަހަރު، ދެ ވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ސާންތީ އަކީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެވެ.

ކްލަބް ފެންވަރުގައި ބަލާއިރު، ސާންތީގެ އެންމެ ބޮޑު މަސައްކަތެއް ފެނުނީ ކްލަބް އީގަލްސް އިންނެވެ. އެ ގޮތުން، މުސްތަގުބަލަށް ފެށި ވަރުގަދަ ޕްރޮޖެކްޓެއްގެ ތެރެއިން، އާ ޒުވާން ކުޅުންތެރިން ސީނިއާ ލެވަލާ ހަމައަށް ގެނެސް، އެ ކުޅުންތެރިންނާއެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމަކީ، ރާއްޖޭގެ ފުޓްބޯޅައިގައި މި ފަހުން ޓީމެއް ޑިވެލޮޕްކޮށްގެން ކުރި އެންމެ ކާމިޔާބު މަސައްކަތެވެ. 

ކެންސަރު ބައްޔާ ހަޔާތުގެ ފަހު އަހަރުތަކުގައި، ހަނގުރާމަ ކުރަމުންދިޔައިރު ވެސް ފުޓްބޯޅައިގެ މުހިންމު މަސައްކަތްތަކެއް ސާންތީ އަދާކުރި އެވެ. ފަހުން ސިއްހީ އެކި މައްސަލަތައް ދިމާވި ނަމަވެސް ސާންތީ ފެނުނީ، ވަރުގަދަ ރޫހެއްގައި މީހުންނާ އެކު، ފުޓްބޯޅައިގެ އެކި މަަސައްކަތުގައި ޝާމިލުވެ އުޅުންތަނެވެ.

މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި އެފްއޭމް އިން މި ފަހުން ބޭއްވި ދިވެހި ޔޫތު ލީގުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރުމާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެފްއޭއެމްގެ އެންމެ ފަހުން އޮތް ނޯމަލައިޒިން ކޮމިޓީގެ ދަށުން އޮތް، ޓެކްނިކަލް ކޮމިޓީ އަށް ވެސް ސާންތީ ޓެކްނިކަލް އެހީ ފޯރުކޮށްދިނުމެވެ. 

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރެއްވި ސާންތީ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން 2015 ވަނަ އަހަރު ވާދަކުރިއިރު، ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަންގެ ޒިންމާ އަދާކޮށްފަ އެވެ. ރާއްޖޭގެ ކުޅިވަރު ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ގޭމްސް އަކުން ރަން މެޑަލް ހޯދި ގޭމްސްގައި ސާންތީ ހުރީ ރާއްޖޭގެ މުޅި ކޮންޓިންޖެންޓްގެ ޒިންމާ ބޮލުގައި އަޅައިގެންނެވެ.

ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ހާއްސަ ރަސްމީ ޖަލްސާގައި، ސާންތީގެ އާއިލާގެ ފަރާތުން ގައުމީ އިނާމާ ހަވާލުވީ އޭނާގެ ކޮއްކޮ، އަހުސަން އަބްދުލްގަނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox