ދައުރުގައި ގޯ ކާޓް އެރީނާއެއް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
މި ދައުރުގެ ތެރޭގައި ސިންގަޕޫރު ފެންވަރުގެ ބައިނަލްއަގުވާމީ އިންޑޯ ގޯ ކާޓް އެރީނާއެއް ހުޅުމާލޭގައި ގާއިމުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި. މީގެ އިތުރުން، އާބާދީ ބޮޑު ރަށްތަކުގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ފިޓްނަސް މަރުކަޒުތައް އަޅައި، މި ދައުރުގެ ތެރޭގައި ހުރިހާ ކުޅިވަރު މަޝްރޫއުތަކެއް ނިންމަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި.