ކެއާ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއާއިން ލޮލުގެ ސްކްރީން ހަދައިދީފި

އައިކެއާ އޮޕްޓިކަލްސް އިން ކުރިއަށްގެންދިޔަ ސްކްރީނިން ކޭމްޕްގެ ތެރެއިން -- ފޮޓޯ؛ އައިކެއާ

އައިކެއާ އޮޕްޓިކަލްސް އިން ކުރިއަށްގެންދިޔަ ސްކްރީނިން ކޭމްޕްގެ ތެރެއިން -- ފޮޓޯ؛ އައިކެއާ

ލޮލުގެ ސިއްހީ ހިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހައިން ލިބޭ ހިދުމަތަކަށް ހަދައި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއާ އިން ކުރާ މަސައްކަތުގެ ތެރެއިން، ކެއާ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ސްކްރީނިން ހެދުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

 ކެއާ ސޮސައިޓީން ކޮންމެ އަހަރު ބާއްވާ ހެލްތު ސްކްރީނިން އިވެންޓަށް އެއްބާރުލުން ދިނުމުގެ ގޮތުން އައިކެއާއިން ހިލޭ ފޯރުކޯށްދިން މި ހިދުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް 50 ބައިވެރިޔަކު ސްކްރީނިން ހެދި އެވެ. 

މި ޕްރޮގްރާމްގެ މަގްސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާ ބެހޭ ލަފާ ދިނުން ކަމަށް އައިކެއާއިން ބުންޏެވެ. އެގޮތުން އައިކެއާގެ އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ޕްރޮގްރާމުގެ ބައިވެރިންގެ ލޮލުގެ ފެނުމުގެ އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަފާ ދިނެވެ. 

Advertisement

 އައިކެއާއިން ބުނީ މުޖުތަމައުތަކަށް ވާސިލްވެ، ލޮލުގެ ސްކީރިނިންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމަށާއި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމާއި، ބޭނުންވާ ވަގުތު އެކަށީގެންވާ ލަފަޔާއި އިރުޝާދު ދިނުމުގައި އެ ކުންފުނި ދެމި އޮންނާނެ ކަމަށެވެ.  

ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމުގެ މުހިންމުކަން މުޖުތަމައުތަކަށް ފޯރުކޮށްދިނުމަކީ، އައިކެއާގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް އެ ކުންފުނިން  ބުންޏެވެ. 

އައިކެއާގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާއިއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. 

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox