ހަވާލުކުރިތާ ދެ އަހަރު ފަހުން ހިޔާގައި އިތުރު ލިފްޓުތައް ހަރުކޮށް ނިންމުން ފާހަގަކޮށްފި

ހިޔާ ޓަވަރުގައި ހަރުކޮށްފައިވާ އައު ލިފްޓެއް -- ފޮޓޯ: އެޗްޑީސީ

ހިޔާ ޓަވަރުގައި ހަރުކޮށްފައިވާ އައު ލިފްޓެއް -- ފޮޓޯ: އެޗްޑީސީ

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ފެށި ހިޔާގެ 16 ޓަވަރެއްގައި 32 ލިފްޓު ހަރުކުރުމުގެ މަޝްރޫއު 278 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނިންމުން ކުލަގަދަކޮށް މިރޭ ފާހަގަކޮށްފި އެވެ. 

ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސި) އިން ޗައިނާގެ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ  ފެބްރުއަރީ 12، 2024 ގަ އެވެ. އޭރު މަސައްކަތް ނިންމަން ފުރަތަމަ އެއްބަސްވި ތާރީހަކީ މިދިޔަ އަހަރުގެ ޖެނުއަރީ 30، އެވެ.   

 ނަމަވެސް އެ މުއްދަތަށް އެ ތަނުގެ މަސައްކަތް ނުނިމުމުން މަސައްކަތް ނިންމަން ދެން ކަނޑައެޅި ތާރީހަކީ އޭޕްރިލް 15، 2025 އެވެ. އެ މުއްދަތަށް ވެސް ލިފްޓުތައް ބަހައްޓައި ނުނިންމޭނެނެކަން ކަށަވަރުވުމުން މިދިޔަ އަހަރުގެ އޭޕްރިލް 9، ގައި ހިޔާ ސަރަހައްދަށް ނޫސްވެރިން ގެންގޮސް، މިދިޔަ ނޮވެމްބަރު މަހުގެ ނިިޔަލަށް ލިފްޓުތައް ބަހައްޓައި ނިންމާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އޭގެ ހަތް މަސްދުވަސްފަހުން ހިޔާ ޓަވަރުތަކުގައި ލިފްޓުތައް ހަރުކޮށް ނިންމުން ކުލަ ގަދަކޮށް ފާހަގަކުރިއިރު ޗައިނާ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 18 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ، 278 މިލިއަނެވެ. އެ އަދަދަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށް މިހާރު މީހުން ދިރިއުޅެމުންދާ އަމާން ޓަވަރުތަކުގެ ދެ ޓަވަރުގެ އަގެވެ.

ކޮންމެ ލިފްޓަކަށް 562،500 ޑޮލަރު (8.3 މިލިއަން ރުފިޔާ) ރޭޓުން ޗައިނާ ކުންފުންޏާ އެޗްޑީސީން މަސައްކަތް ހަވާލު ކުރިއިރު، އެއީ އާދަޔާއި ހިލާފަށް ބޮޑު އަގެއް ކަމަށް އެ މަސައްކަތް ކުރާ ކުންފުނިތަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

މަޝްރޫއުގެ ދަށުން ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކޮށްފައިވާއިރު، އޭގެ ކޮންމެ ލިފްޓަކަށް މަދުވެގެން 21 މީހުންނަށް އެރެ އެވެ. 

 މި ނޫހާ ވާހަކަ ދެއްކި އެއް ކުންފުނިން ބުނީ ކޮންމެ ލިފްޓަކަށް، ސްޓްރަކްޗާއާއެކީ ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދަކީ 2.5 މިލިއަން ރުފިޔާ ކަމަށެވެ. މި ރޭޓުން ހިސާބުކުރާއިރު 32 ލިފްޓު ހަރުކުރަން ހަރަދު ވާނީ 80 މިލިއަން ރުފިޔާ އެވެ.

އަނެއް ކުންފުނިން ބުނީ ގިނަ ވެގެން ވެސް މި މަސައްކަތަށް ހިނގާނީ ލިފްޓަކަށް ފަސް މިލިއަން ރުފިޔާ ކަމަށެވެ. އެއީ ދަގަނޑު ސްޓްރަކްޗާގެ މަސައްކަތާއި މަސައްކަތު އަގާއި ލިފްޓުތައް ހަރުކުރުމުގެ ހުރިހާ ކަމެއް ހިމަނައިގެންނެވެ. މި ރޭޓުން ހިސާބުކުރިއަސް މުޅި ޕްރޮޖެކްޓަށް ހަރަދު ވާނީ 160 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox