ގަތަރުގެ އަމީރު ތަމީމް ބިން ހަމަދުއާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

Jul 14, 2026, 9:04 AM
ގަތަރު އަމީރު، ރައީސް މުއިއްޒާ ސަލާމް ކުރައްވަނީ: މުއިއްޒު ގަތަރަށް ވަޑައިގަތީ އަމީރުގެ ބައްޕާފުޅު އަދި ކުރީގެ އަމީރު އަވަހާރަވުމުން އާއިލާއަށް ތައުޒިޔާ ރައްދަު ކުރެއްވުމަށް -- ފޮޓޯ: ގަތަރު

ގަތަރު އަމީރު، ރައީސް މުއިއްޒާ ސަލާމް ކުރައްވަނީ: މުއިއްޒު ގަތަރަށް ވަޑައިގަތީ އަމީރުގެ ބައްޕާފުޅު އަދި ކުރީގެ އަމީރު އަވަހާރަވުމުން އާއިލާއަށް ތައުޒިޔާ ރައްދަު ކުރެއްވުމަށް -- ފޮޓޯ: ގަތަރު

ގަތަރުގެ އަމީރު ޝައިހް ތަމީން ބިން ހަމަދު އަލް ތާނީއާ ރައީސް މުހައްމަދު މުއިއްޒު އިއްޔެ ބައްދަލު ކުރައްވައިފި އެވެ. 

މުއިއްޒު ގަތަރަށް ވަޑައިގަތީ އަމީރު ހަމަދުގެ ބައްޕާފުޅު އަދި ކުރީގެ އަމީރު އަވަހާރަވުމުން އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ރައްދު ކުރެއްވުމަށެވެ. 

އަމީރު ހަމަދު، ރާއްޖޭގެ ރައީސްއާ ބައްދަލު ކުރެއްވީ ލުސައިލް ގަނޑުވަރުގަ އެވެ. އެ ބައްދަލުވުމުގައި އަމީރުގެ ޑެޕިއުޓީ އަދި ގަތަރު ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ. 

މިނިވަން މުއްސަނދި ގައުމެއްގެ ގޮތުގައި ގަތަރު ތަރައްގީކުރުމުގެ މައިގަނޑު ބާނީއަކީ، 1995 އިން 2013 އަށް އެ ގައުމުގައި ވެރިކަން ކުރެއްވި ޝައިޚް ހަމަދެވެ.

އެމަނިކުފާނުގެ ޒައާމަތުގައި ގަތަރަށް ވަނީ އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމުގެ ގަދަރު އުފުލިގެން ގޮސްފަ އެވެ.

ޝައިޚް ހަމަދުގެ ވެރިކަމުގައި ގަތަރުން ވަނީ އިގްތިސާދީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށް، ބައިނަލްއަގުވާމީ ގިނަ ގައުމުތަކަކާއެކު ވަރުގަދަ ގުޅުންތަކެއް ގާއިމުކޮށްފަ އެވެ. އެމަނިކުފާނުގެ ދައުރުގައި ގަތަރު ވެގެންދިޔައީ ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓްކުރާ ގައުމަށެވެ.

މިއަދު ގަތަރުގެ ސިޔާސީ ނުފޫޒު އުތުރު އެފްރިކާ އާއި، މެދުއިރުމައްޗާއި އޭޝިއާގެ ގިނަ ސަރަހައްދުތަކަކަށް ވަނީ ފެތުރިފަ އެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް ގަތަރުގައި ބޭއްވިއިރު، އެ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ޝައިޚް ހަމަދަށް ސަޕޯޓަރުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި 1996 ވަނަ އަހަރު އަލްޖަޒީރާ ނިއުސް ޗެނަލް އުފެއްދެވިއިރު، މަދު އަހަރުތަކެއްގެ ތެރޭގައި އެ ޗެނަލް ވެގެންދިޔައީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީޑިއާ ނެޓްވޯކްތަކުގެ ތެރެއިން އެއް ނެޓްވޯކަށެވެ.

ޝައިޚް ހަމަދުގެ ޒައާމަތުގައި 2004 ވަނަ އަހަރު ގަތަރުގެ ފުރަތަމަ ދާއިމީ ގާނޫނު އަސާސީ އެކުލަވާލައި، މުނިސިޕަލް އިންތިޚާބުތައް ތައާރަފުކުރެއްވި އެވެ. އެ އިންތިޚާބުތަކުގައި ވޯޓުލުމާއި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް ވެސް ފުރަތަމަ ފަހަރަށް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox