ފްރާންސް އަތުން މޮޅުވެވޭނެ ފެންވަރު ސްޕެއިންގެ އެބަހުރި: ރޮޑްރީ

Jul 14, 2026, 6:41 AM
މި ފަަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ސްޕެއިންގެ ކެޕްޓަން، ރޮޑްރީ.

މި ފަަހަރުގެ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ސްޕެއިންގެ ކެޕްޓަން، ރޮޑްރީ.

ޑަލަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 14) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ފްރާންސާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމުގެ ފެންވަރު ސްޕެއިން ޓީމުގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ކެޕްޓަން، ރޮޑްެރީގޯ (ރޮޑްރީ) ބުނެފި އެވެ. 

އޭނާ ބުނީ، އެންމެ ފަހުން ފްރާންސާ ދެކޮޅަށް ސްޕެއިނުން ކުޅުނު މެޗުތަކުގައި އެ ޓީމަށް ނަތީޖާ ނެރެވިފައިވުމަކީ، ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭ މެޗަށް ނުކުންނައިރު އިތުބާރު ލިބޭނެ ކަމެއް ކަމަށެވެ. ފްރާންސަކީ އޮތް ފޯމަށް ބަލާއިރު މި ފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓް ކަމަށާއި ހަމަ އެ ގޮތަށް މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ސްޕެއިންގެ ނަން ވެސް މީހުން ހިމަނަމުން އަންނަ ކަމަށެވެ. 

"ފްރާންސް އަކީ މި ވޯލްޑް ކަޕްގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް އެއް ޓީމު. ހަމަ އެ ގޮތަށް ސްޕެއިން ވެސް. އަހަރެމެންނަށް (ސްޕެއިނަށް) އެ މީހުން (ފްރާންސް) ބަލިކުރެވޭނެ. އަހަރެމެންނަށް އެކަން ފެނިގެން ގޮސްފި، އެންމެ ފަހުން ބޭއްވި ޔޫރޯ އާއި ނޭޝަންސް ލީގުގައި،" ރޮޑްރީ ބުންޏެވެ. 

Advertisement

ރޮޑްރީ ވަނީ މީގެ ކުރިން، ފްރާންސާ ދެކޮޅަށް ސްޕެއިންގެ އުމުރުފުރާ ޓީމުތަކަަށް ކުޅެމުން ވެސް ކާމިޔާބު ހޯދައިފަ އެވެ. އެ ގޮތުން، ރޮޑްރީ އަކީ، 2015 ވަނަ އަހަރު ބޭއްވި ޔޫރޯ 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި، ފްރާންސް ބަލިކުރި ސްޕެއިން ޓީމުގެ ކެޕްޓަން އެވެ. އަދި، ރޮޑްރީ ވަނީ، އެންމެ ފަހުން އޮތް ޔުއެފާ ނޭޝަންސް ލީގުގެ ސެމީ އާއި ޔޫރޯގެ ސެމީގައި ފްރާންސް އަތުން ސްޕެއިން މޮޅުވި މެޗުގައި ވެސް ކުޅެފަ އެވެ. 

މި ހުރިހާ ފަހަރެއްގައި ސްޕެއިންގެ ކޯޗަކަށް ހުރީ، މިހާރު ވެސް އެ މަގާމުގައި ހުރި ލުއިސް ޑެ ލަ ފުއެންޓޭ އެވެ. 

"ޑެ ލަ ފުއެންޓޭ، ނެތް އެއްވެސް ވަރަކަށް ބަދަލުވެފައެއް. އޭނަ ބިނާކުރި ޓީމުގެ ކަންކަން އަދިވެސް ބަރާބަރަށް ކުރަމުން އެ އަންނަނީ. ވޯލްޑް ކަޕް މެޗުތަކުގައި ވަރަށް ބޮޑަށް ވިސްނުން ބަހައްޓައިގެން ކަންކަން އެ ކުރަނީ. އެެހެންވީމަ، މިއީ، ފަސޭހަ މެޗަކަށްވާނެ ކަމަށް ނުބެލެވޭ،" ރޮޑްރީ ބުންޏެވެ. 

ސްޕެއިނާއި ފްރާންސް ކުޅޭ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 00:00 ގަ އެވެ. ފްރާންސް އިން މަސައްކަތް ކުރަމުން އަންނަނީ ޖެހިޖެހިގެން ތިން ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރުމަށެވެ. އަނެއްކޮޅުން، ސްޕެއިނުން ބަލާނީ، 16 އަހަރަށް ފަހު، ވޯލްޑް ކަޕް ފައިނަލުގައި ކުޅުމުގެ ފުރުސަތު ހޯދުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މެސީގެ ފަހު މެޗު: "ކެރިއަރުގައި އެންމެ ދެރަވި ދުވަސް"

އާޖެންޓީނާގެ ގައުމީ ޓީމަށް 21 އަހަރު ކުޅުމަށްފަހު، އުމުރުން 39 އަހަރުގައި ލިއޮނަލް މެސީ ފުޓްބޯޅަ ކެރިއަރު ނިންމާލައިފި. ބެނިންއާ ދެކޮޅަށް ކުޅުނު ފަހު މެޗަށްފަހު މެސީ ބުނީ، ގައުމީ ޖޯޒީގައި ދެން އިތުރު މެޗެއް ނުކުޅެވޭނެކަން އިހުސާސްވުމަކީ އޭނާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ހިތްދަތި ވަގުތު ކަމަށް.

ފީފާ އިން ރާއްޖެ ކަހަލަ ކުޑަ ގައުމުުތަކަށް އަހައްމިއްޔަތުކަން ދޭ

ފީފާގެ މިހާރުގެ ލީޑަޝިޕުން ރާއްޖެ ފަދަ ކުޑަ ގައުމުތަކަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީ، ފުޓްބޯޅަ ކުރިއެރުވުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު ވިދާޅުވެއްޖެ.

ސޮފްވާން ފްރޭމްކޮށްފައެއް ނުވާނެ: ވީއޭއެމް

ވޮލީބޯޅަ ކޯޗު ސޮފްވާން ފްރޭމްކޮށްފައިވާ ކަމަށް އޭނާ ކުރާ ތުހުމަތުތައް ވީއޭއެމް އިން ދޮގުކޮށް، އޭނާއާ މެދު ފިޔަވަޅު އެޅީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ބުނެފި. ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އުމުރަށް ސަސްޕެންޑްކޮށްފައިވާ ސޮފްވާންގެ މައްސަލަ ފުލުހުން ފައިލްކުރުމާ ގުޅިގެން އޭނާ އެސޯސިއޭޝަނަށް ތުހުމަތުތަކެއް ވަނީ ކޮށްފައި.

ވައުދާ ހިލާފުވީ ކޯޗު، ރިޓަޔާނުކޮށް ރޮނާލްޑޯ އަދަބަކަށް ތައްޔާރު

ޕޯޗުގަލްގެ ކޯޗު ޖީސޫސް ވައުދާ ހިލާފުވުމުން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުގެ ކޭމްޕް ދޫކޮށްލާފައިވާއިރު، އެކަމާ ގުޅިގެން ފެޑެރޭޝަނުން އަޅާ ކޮންމެ ފިޔަވަޅަކަށް ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ނޯވޭ މެޗުގައި ކުޅެން ފުރުސަތު ނުލިބުމުން ދިމާވި މި މައްސަލައިގައި ރޮނާލްޑޯ ބުނީ އޭނާ ކޭމްޕް ދޫކޮށްލީ ކޯޗާ ދެމެދު ކުރެވުނު މަޝްވަރާއާ އެއްގޮތަށް ކަންކަން ނުދިއުމުން ކަމަށެވެ.

ކަކުލުގެ އަނިޔާއަކާ ހެދި ޓެނިސް ތަރި ސިނާ އަށް ސީޒަން ނިމިއްޖެ

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޖަނިކް ސިނާ އަށް މި އަހަރުގެ ސީޒަން ނިމިއްޖެއެވެ. ސިނާ ބުނިގޮތުގައި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އަނިޔާއިން ފުރިހަމައަށް ރިކަވާވެ، އަލުން ކުރީގެ ފޯމަށް އެނބުރި އައުމަށް

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް ކުޅެން ޖެރާޑް ވަރަށް ބޭނުންވި

ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑްގެ ކެރިއަރުގައި އެންމެ ބޭނުންވި އެއް ކަމަކީ ޔާގެން ކްލޮޕްގެ ކޯޗުކަމުގައި އެ ޓީމަށް ކުޅުން ކަމަށް އޭނާ ބުނެފި. ޖެރާޑް، ލިވަޕޫލް ދޫކޮށްލިތާ މަދު މަސްކޮޅެއްގެ ތެރޭގައި ކްލޮޕް އެ ޓީމާ ގުޅުނުއިރު، ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ލިބުނުނަމަ ކޮންމެފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަމަށް

ފްރާންސް މޮޅުވިޔަސް ޒިދާންގެ ހިތެއް ނުފުރުނު

ޔުއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް އަތުން 4-1 އިން ފްރާންސް މޮޅުވިއިރު، މިއީ އަމިއްލަ ގައުމުގައި ކޯޗު ޒިދާން ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ ފަހުކޮޅު 13 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައިގެން މޮޅުވި ނަމަވެސް، ޓީމުގެ ކުޅުމުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ ކަމަށް ޒިދާން ފާހަގަކުރިއެވެ. މި ނަތީޖާއާއެކު ފްރާންސް އޮތީ 10 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

Newsletter

Get the latest news delivered straight to your inbox