އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބޭނުމީ ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިނާ ކުޅެން

Jul 8, 2026, 7:29 PM
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ: އޭނާ ވަނީ ފައިނަލުގައި ސްޕެއިނާ ކުޅެން ބޭނުންކަމަށް ބުނެފައި

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ: އޭނާ ވަނީ ފައިނަލުގައި ސްޕެއިނާ ކުޅެން ބޭނުންކަމަށް ބުނެފައި

އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 8) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ގޮސްފިނަމަ ބޭނުމީ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗެއް ކަމަށް އާޖެންޓީނާގެ ކޯޗު، ލިއޮނަލް ސްކަލޯނީ ބުނެފި އެވެ. 

އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަަލަށް ދަތުރުކުރީ، ގަދަ 16 ބުރުގައި ފަހަތުން އަރައި 3-2 އިން މިސްރު ބަލިކޮށްފަ އެވެ. އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވީ އުނދަގުލުންނެވެ. އެ ގޮތުން، ގަދަ 32 ޓީމުގެ ބުރުގައި، ކޭޕް ވާޑް އަތުން މޮޅުވީ ވެސް އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން، 3-2 އިންނެވެ. 

ކޮޕަ އެމެރިކާގެ ޗެމްޕިއަނުންނާއި ޔޫރޯގެ ޗެމްޕިއަނުން ކުޅޭ ފައިނަލިސިމާ މެޗު މިދިޔަ މާޗް މަހު ކުޅެން ރޭވި ނަމަވެސް، މެދުއިރުމަތީގައި ކުރިއަށްދިޔަ ހަނގުރާމައިގެ ސަަބަބުން އެ މެޗު ޖެހުނީ ކެންސަލްކުރާށެވެ. އެ މެޗު ކުރިއަށްދިޔަނަމަ ބައްދަލުކުރަން އޮތީ އާޖެންޓީނާ އާއި ސްޕެއިން އެވެ. 

ސްޕެއިނާއި އާޖެންޓީނާ ކުޅެން އޮތް "ފައިނަލިސިމާ" މެޗު ކެންސަލް

ފުޓްބޯޅައިގެ ވަރުގަދަ ދެ ބައްރު ކަމަށްވާ ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ، "ފައިނަލިސިމާ" ގައި އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ މެޗު ގަތަރުގައި ނުކުޅެވި ވަނީ ކެންސަލްކޮށްފައި.

އެ މެޗަށް އިޝާރާތްކޮށް، ސްކަލޯނީ ބުނެފައިވަނީ، މި ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިނަމަ، ސްޕެއިނާ ދެކޮޅަށް ކުޅެން ބޭނުންވާ ކަމަށެވެ. 

"އަަަހަރެެމެން ފައިނަލުގައި ސްޕެއިނާ ކުޅެން ޖެހިއްޖިިއްޔާ ހެޔޮ ހިތުން ގަބޫލުކުރާނަން. އަހަރެމެން މަސައްކަތް މި ކުރަނީ ފައިނަލަށް ދާން،" ސްކަލޯނީ ބުންޏެވެ. 

ސްކަލޯނީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕަކީ އެއްވެސް ގައުމަކަށް ފަސޭހަނުވާނެ މުބާރާތެއް ކަމަށް ބުނެފަ އެވެ. އަދި، ނޮކައުޓް ބުރުގެ މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތުން އެކަން ސާފުވާނެ ކަމަށް ވެސް ސްކަލޯނީ ވަނީ ބުނެފަ އެވެ. 

"ފްރާންސް އެ އޮތީ ވަރަށް ވަރުގަދަކޮށް، އެކަމަކު، އެ މީހުންނަށް ޕެރަގުއޭ ކައިރިން ވެސް އުނދަގޫވި. ސްޕެއިނުން ޕޯޗުގަލް ބަލިކުރި، އެކަމަކު އެއީ ވެސް ފަސޭހަ މެޗެއް ނޫން. އެއްވެސް ޓީމަކަށް ކުރިން ދައްކަމުން އައި ލެވަލްގެ ކުޅުމެއް ދައްކަން އުނދަގޫ ކަމަކަށްވެފައި މި އޮތީ. އެއީ، އިދިކޮޅު ޓީމުތައް މި އަންނަނީ ވަރަށް ތައްޔާރުވެގެން،" 

ޕޮޗެޓީނޯ ވަނީ ވޯލްޑް ކަޕަށް އައިއިރު ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ހުރި ގޮތުން މެޗުތަކުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ. އެއީ، ގިނަ ކުޅުންތެރިން އައީ ކްލަބް ފުޓްބޯޅަ ސީޒަނުގައި ގިނަ މެޗުތަކެއް ކުޅެފައި ކަމަށްވާތީ އެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ އިން ކުޅޭނީ ގަދަ 16 ގައި ޕެނަލްޓީ ޖަހައިގެން ކޮލަމްބިއާ ބަލިކުރި ސްވިޒަލެންޑްއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox