ކްރިސް ބްރައުން މުވައްޒަފަކަށް 12.9 މިލިއަން ޑޮލަރު ދައްކަން އަންގައިފި

Jul 2, 2026, 6:31 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ ގޭގައި ގެންގުޅުނު ކުއްތާއެއް، އޭނާގެ ގޭގައި މަސައްކަތްކުރާ މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި، ބްރައުން އެކަމަށް ޒިންމާވާންޖެހޭނެ ކަމަށް ކޯޓުން ނިންމައިފި އެވެ.

ދެހާސް ވިހި ވަނަ އަހަރު ހިނގި މި ހާދިސާގައި ބްރައުންގެ ގޭގައި މަސައްކަތްކުރި އަންހެން މީހާގެ ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ލޮސް އެންޖެލިސްގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދިޔަ ޝަރީއަތަށް ފަހު، ޖޫރީން ނިންމީ މި މައްސަލައިގައި ދައުވާކުރި މާރިއާ އަވީލާއާ އެއްކޮޅަށެވެ. ކެލިފޯނިއާގެ ތަރްޒާނާގައި ހުންނަ ބްރައުންގެ ގޭގެ ކުނި އުކާލަން އުޅުމުގެ ތެރޭގައި އަވީލާއަށް ހަމަލާދިނީ، ބްރައުން ގެންގުޅުނު 90 ކިލޯ ބަރުދަން ހުރި "ކައުކޭޝިއަން ޝެޕަޑް" ނަމަކަށް ކިޔާ ބާވަތުގެ ކުއްތާއެކެވެ.

Advertisement

އެމެރިކާގެ މިއުޒިކް މަޖައްލާއެއް ކަމަށްވާ "ބިލްބޯޑް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އިހުމާލުވެފައި ވާތީ ކްރިސް ބްރައުން އާއި އޭނާގެ ކުންފުނި ކަމަށްވާ "ބްލެކް ޕިރަމިޑް އެލްއެލްސީ" އިން އަވީލާއަށް ބަދަލުގެ ގޮތުގައި 12.9 މިލިއަން އެމެރިކާ ޑޮލަރު ދައްކަން ޖެހޭނެ އެވެ.

އަވީލާ ކޯޓުގައި ބުނެފައިވާ ގޮތުގައި، "ހޭޑީސް" ނަމަކަށް ކިޔާ އެ ކުއްތާ ވަނީ އޭނާގެ ހަށިގަނޑުގެ ބޮޑެތި ބައިތަކެއް ހަފާލައި ކާލާފަ އެވެ. މީގެ ސަބަބުން އޭނާގެ މޫނުގެ ސިފަ ދާއިމީކޮށް ބަދަލުވެ، ލަކުނުލައި، ފެނުމުގެ ބާރު ދެރަވެ، ނާރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި މައްސަލައިގައި ބްރައުން މީގެ ކުރިން ބުނެފައިވަނީ، އެ ކުއްތާއަކީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގެންގުޅުނު އެއްޗެއް ކަމަށެވެ.

"ރޯލިންގް ސްޓޯން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަރީއަތުގެ މަޖިލީހަށް ހުށަހެޅި ހެކިބަހުން އެނގޭ ގޮތުގައި، ކުއްތާ ހަމަލާދިނުމުން އަވީލާއަށް އެހީތެރިވުމުގެ ބަދަލުގައި ނުވަތަ ކުއްލި ހާލަތްތަކުގައި ގުޅާ ނަންބަރަށް ގުޅުމުގެ ބަދަލުގައި، ބްރައުން ވަނީ ފިލާފަ އެވެ.

ބްރައުން އެ ތަނުން ދިޔައީ އަވީލާގެ ކަންކަން ބެލުމަށް އޭނާގެ މުވައްޒަފުންނާ ހަވާލުކުރުމަށް ފަހު އެވެ. އޭނާ އެ ސަރަހައްދު ދޫކޮށް ދިޔައީ، ކުއްލި ހާލަތުގެ ނަންބަރު 911 އަށް ގުޅާއިރު އޭނާގެ އަޑު އިވިއްޖެ ނަމަ ނުވަތަ ފުލުހުން އަންނައިރު އޭނާ އެތަނުގައި ހުރެއްޖެ ނަމަ، މީޑިއާގެ ބޮޑު ސަމާލުކަމެއް އެކަމަށް ހުއްޓިދާނެތީ އެކަމާ ބިރުން ކަމަށް ޝަރީއަތުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox