މުވައްޒަފަކަށް 12.9 މިލިއަން ޑޮލަރު ދައްކަން އަންގައިފި
ލަވަކިޔުންތެރިޔާ ކްރިސް ބްރައުން ގެންގުޅުނު ކުއްތާއެއް އޭނާގެ ގޭގެ މުވައްޒަފަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި، ބަދަލުގެ ގޮތުގައި 12.9 މިލިއަން ޑޮލަރު ދައްކަން ކޯޓުން އަމުރުކޮށްފިއެވެ. 2020 ވަނަ އަހަރު ހިނގި މި ހާދިސާގައި ބްރައުން އިހުމާލުވެފައިވާ ކަމަށް ޖޫރީން ނިންމީ، އަނިޔާލިބުނު މީހާއަށް އެހީވުމުގެ ބަދަލުގައި މީޑިއާގެ ސަމާލުކަމުން ސަލާމަތްވުމަށް އޭނާ އެ ސަރަހައްދު ދޫކޮށް ފިލާފައިވާތީއެވެ.