އެމެރިކާގެ އަހަރީ ދުވަހަށް އުފެއްދި ޓްރަމްޕްގެ ފޮޓޯ ޖެހި ހާއްސަ ޕާސްޕޯޓް ދައްކާލައިފި

Jun 28, 2026, 8:46 AM
ފޮޓޯ: ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓް

ފޮޓޯ: ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓް

އެމެރިކާއަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނޭހެން ފަރުމާކޮށްފައިވާ ލިމިޓެޑް އެޑިޝަން އާ ޕާސްޕޯޓެއް ޓްރަމްޕްގެ ސަރުކާރުން ދައްކާލައިފި އެވެ.

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ ޕާސްޕޯޓުގެ އާ ސޮފްހާތަކުގެ ފޮޓޯއެއް ހިއްސާކުރައްވާފަ އެވެ. އެ ސޮފްހާތަކުން ފެންނަނީ އެމެރިކާގެ މިނިވަންކަމުގެ ބަޔާން (ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް) ފަހަތުން ފެންނަ އިރު، "ރެޒޮލިއުޓް ޑެސްކް" ގައި ދެއަތް ބާއްވައިގެން ޓްރަމްޕް ހުންނަވާ ފޮޓޯއެކެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ޕާސްޕޯޓުތައް ލިބެން ފަށާނީ ޖުލައި މަހުގެ ހަ ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ޕާސްޕޯޓު ދޫކުރާނީ ވަކި އަދަދަކަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މިއީ ފެޑަރަލް އިމާރާތްތަކާއި، ވެބްސައިޓްތަކާއި އަދި ރަސްމީ ލިޔެކިޔުންތަކުގައި ރައީސް ޓްރަމްޕްގެ ނަމާއި ސޫރަ ހިމެނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން ނިންމެވި ނިންމެވުމެވެ.

ވައިޓް ހައުސްއިން މި ޕާސްޕޯޓަށް ދީފައިވާ ނަމަކީ "ޕޭޓްރިއަޓް ޕާސްޕޯޓް" ނުވަތަ ގައުމީ ލޯބި ރަމްޒުކޮށްދޭ ޕާސްޕޯޓެވެ.

މި އާ ޕާސްޕޯޓު މިވަގުތު ލިބެނީ ވަރަށް މަދު ބަޔަކަށް ކަމަށާއި، މިއީ ހަމައެކަނި އެމެރިކާގެ ރައްޔިތުންނަށް ދޫކުރާ ލިޔުމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، މި ޕާސްޕޯޓު ހޯދުމަށް އޮންލައިންކޮށް ނުވަތަ މެއިލް މެދުވެރިކޮށް ހުށައެއް ނޭޅޭނެ އެވެ. މި ޕާސްޕޯޓު ބޭނުންވާ ފަރާތްތަކުން ވޮޝިންޓަން ޑީސީގައި ހުންނަ ޕާސްޕޯޓް އެޖެންސީއަށް އަމިއްލައަށް ހާޒިރުވެ، އެޕޮއިންޓްމަންޓެއް ހޯދަން ޖެހޭނެ އެވެ.

އެމެރިކާގައި މިހާރު ބޭނުންކުރާ ޕާސްޕޯޓުތަކުގައި ހިމެނެނީ ހަނދަށް އިންސާނުން ދިޔަ މަންޒަރާއި، "ސްޓެޗޫ އޮފް ލިބަޓީ" ފަދަ އެމެރިކާގެ ތާރީހާއި ގައުމީ ރަމްޒުތައް ދައްކުވައިދޭ މަންޒަރުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox