މޫނުމަތީގައި ދިރިއުޅޭ ލޮލަށް ނުފެންނަ ސޫފި

Jul 18, 2026, 8:38 AM
މޫނުމަތީގައި އުޅޭ ކުދި ސޫފި ނުވަތަ "ޑެމޮޑެކްސް މައިޓްސް"

މޫނުމަތީގައި އުޅޭ ކުދި ސޫފި ނުވަތަ "ޑެމޮޑެކްސް މައިޓްސް"

މިއީ ހީބިހިނަގައިގެން ދާފަދަ ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

މި ލިޔުން ކިޔަމުންދާ ވަގުތު ވެސް ތިބާގެ މޫނުމަތީގައި ހުރި ލޯލިތަކުގެ ފޮލިކަލްތަކާއި ތެޔޮ އުފައްދާ ގްލޭންޑްތަކުގައި، މައިކްރޮސްކޯޕުން ބަލައިގެން މެނުވީ ނުފެންނަ ދިރޭ އެއްޗެހިތަކެއް އުޅެމުންދެ އެވެ. މިއަށް ކިޔަނީ ޑެމޮޑެކްސް މައިޓްސް އެވެ. 

ބޮޑެތި މީހުންގެ މޫނުގައި މި ސޫފިތައް އާބާދުވެފައިވެ އެވެ. މި ކުޑަކުޑަ މަހުލޫގަކީ އޭގެ ހަށިގަނޑު އެތެރެ ފެންނަ ޓްރާންސްޕޭރެންޓު އެއްޗެކެވެ. މީގެ ބޮޑު އެއްޗެއްގެ ދިގުމިނުގައި ހުންނަނީ އެންމެ 0.3 މިލިމީޓަރެވެ. އާދައިގެ ކުޑަ ޕިނެއްގެ ކޮޅުގައި ހުރަހަށް މިފަދަ 5 އެތި، އެކެތި އަނެކެއްޗާ ޖެހިގެން އަތުރާލެވިދާނެ އެވެ. އެހާވެސް ކުޑައެވެ. 

Advertisement

ސެން ފްރެންސިސްކޯގެ ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސްގެ އެންޓޮމޮލޮޖިސްޓެއް ކަމަށްވާ މިޝޭލް ޓްރައުޓްވީން ސިފަކުރާ ގޮތުގައި، މީގެ ބައްޓަން ހުންނަނީ ފަންޏަކާ އެެއްގޮތަށެވެ.

ގްރީކް ބަހުން "ޑެމޮޑެކްސް" ގެ މާނައަކީވެސް "ފަލަ ފަންޏެވެ." ނަމަވެސް މިއީ ހަގީގަތުގައި ފަންޏެއް ނޫނެވެ. މިއީ މަކުނުގެ އާއިލާއަށް ނިސްބަތްވާ އެރެކްނިޑްސް އެވެ. 

ސައިންސް ވެރިޔާ ޓްރައުޓްވީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 2,000 އަށްވުރެ ގިނަ މީހުންގެ މޫނުމަތިން ސާމްޕަލް ނަގައިގެން ތަހުލީލުކޮށްފަ އެވެ. އޭގެ ތެރެއިން ކޮންމެ މީހެއްގެ މޫނުންވެސް މި މައިޓްސްގެ ޑީއެންއޭ ފެނިފައިވެ އެވެ. އޭނާގެ ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކި ސަރަހައްދުތަކުގެ މީހުންގެ މޫނުމަތީގައި އުޅެނީ ތަފާތު ވައްތަރުގެ މައިޓްސްއެވެ.

"މި ސޫފިތަކުން ކާބަފައިންގެ ވާހަކައާއި، އިންސާނުންގެ ހިޖުރަކުރުމުގެ ކުރީގެ ތާރީހު ކިޔައިދޭ،" ޓްރައުޓްވީން ވިދާޅުވިއެވެ.

ގާތްގަނޑަކަށް ދެ ހަފުތާގެ އުމުރެއް ލިބިފައިވާ މި ސޫފި ދުވާލުގެ ވަގުތުތަކުގައި ތިބެނީ ލޯލިތަކުގެ ބުޑުގެ އެތެރޭގަ އެވެ. ނަމަވެސް އިންސާނާ ނިދުމުން މިތަކެތި ހަންގަނޑުގެ މައްޗަށް އަރައި އާބާދީ އިތުރުކުރުމުގެ މަސައްކަތުގައި އުޅެ އެވެ.

މި ސޫފިތައް އާންމުގޮތެއްގައި ކާނާގެ ގޮތުގައި ބޭނުންކުރަނީ ހަންގަނޑުން ބޭރުވާ މަރުވެފައިވާ ސެލްތަކާއި ހަންގަނޑު ތެޔޮކޮށް ބެހެއްޓުމަށް އުފައްދާ "ސީބަމް" އެވެ. 

އަހަރެމެންގެ ދިފާއީ ނިޒާމުން މީގެ އާބާދީ ވަކި ވަރެއްގައި ހިފަހައްޓަ އެވެ.  މި ސޫފިތަކުގެ ސަބަބުން ހަންގަނޑަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް، ސޫފިތައް އާދަޔާ ހިލާފަށް ގިނަވެއްޖެ ނަމަ ހަންގަނޑު ރަތްވުމުގެ އިތުރުން ހަމުގެ ބަލިތައް ކުރިމަތިވުމަށް މެދުވެރިވެ އެވެ. މަދުން ނޫނީ ދިމާނުވާ ބައްޔެއް ކަމަށްވާ ޑެމޮޑިކޯސިސް ޖެހުމުން މީގެ އާބާދީ އިންތިހާއަށް އިތުރުވެ އެވެ.


ފަހުގެ ޚަބަރު

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox