ޖީޓީއޭ 6 ޕްރީ-އޯޑަރަށް ހުޅުވާލާ ތާރީހު އިއުލާންކޮށްފި

Jun 19, 2026, 6:30 AM
ފޮޓޯ: ރޮކްސްޓާ ގޭމްސް

ފޮޓޯ: ރޮކްސްޓާ ގޭމްސް

ގްރޭންޑް ތެފްޓް އޮޓޯ 6 (ޖީޓީއޭ 6) ޕްރީ-އޯޑަރު ކުރެވޭނެ ތާރީހާއި އެ ގޭމްގެ ރަސްމީ ކަވަރު އާޓް ރޮކްސްޓާ ގޭމްސް އިން ދައްކާލައިފި އެވެ.

ގޭމް ކުޅޭ މީހުން އެންމެ އިންތިޒާރު ކުރަމުންދާ އެއް ގޭމް ކަމަށްވާ ޖީޓީއޭ 6 ޕްރީ-އޯޑަރު ކުރުމުގެ ފުރުސަތު ޖޫން 25 އިން ފެށިގެން ހުޅުވާލާނެ ކަމަށް އެ ގޭމް އުފައްދާ ކުންފުނިން ބުނެ އެވެ. މި ފުރުސަތު ޕްލޭސްޓޭޝަން ސްޓޯ ފަދަ ޑިޖިޓަލް މާރުކޭޓުތަކުގެ އިތުރުން ކަނޑައެޅިފައިވާ ވަކި ރީޓެއިލް ފިހާރަތަކުން ލިބޭނެ އެވެ.

ކުރިން 2025 ވަނަ އަހަރުގެ ބަހާރު މޫސުމަށާއި މެއި މަހަށް ތާވަލުކުރުމަށް ފަހު، ދެ ފަހަރެއްގެ މަތިން ގޭމް ނެރޭ ދުވަސް ލަސްކުރި އެވެ. ޖީޓީއޭ 6 ރަސްމީކޮށް ނެރުމަށް މިހާރު ހަމަޖެހިފައި ވަނީ ނޮވެމްބަރު 19 ގައެވެ. މި ގޭމް ނެރޭނީ ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ސީރީޒް އެކްސް/އެސް އަށެވެ.

މި ސީރީޒްގެ އެންމެ ފަހުން ނެރުނު ޖީޓީއޭ 5 އަކީ 2013 ވަނަ އަހަރު ބާޒާރަށް ނެރުނު ގޭމެކެވެ. އެއީ މިހާތަނަށް ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ވިކިފައިވާ ގޭމެވެ.

ގޭމިން އިންޑަސްޓްރީއަށް އިރުޝާދުދޭ ކުންފުންޏެއް ކަމަށްވާ އެޕިލިއަން އިން 2025 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، މިއީ 100 ޑޮލަރަށް ވުރެ އަގު ބޮޑުކޮށް ބާޒާރަށް ނެރޭ ފުރަތަމަ ގޭމަށް ވުން އެކަށީގެންވެ އެވެ.

ޕްރީ-އޯޑަރު ކުރެވޭނެ ތާރީޚު އިޢުލާނު ކުރުމުގެ އިތުރުން، ރޮކްސްޓާ އިން ވަނީ 30 ސިކުންތުގެ ވީޑިއޯއަކާއެކު މި ގޭމްގެ ރަސްމީ ކަވަރު އާޓް ވެސް ދައްކާލާފަ އެވެ.

ފަހުގެ ޚަބަރު

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

ހޭޑަން ޕެނެޓިއާ މަރުވީ އޯވަޑޯޒްވެގެން

މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ އޭނާގެ ހަށިގަނޑުގައި ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި މަސްތުވާތަކެތީގެ މާއްދާތައް ހުރުމުގެ ސަބަބުން އޯވާޑޯޒްވެގެން ކަމަށް އޮޓޯޕްސީ ރިޕޯޓުން ދައްކައިފިއެވެ. އުމުރުން 36 އަހަރުގެ މި ތަރީގެ މަރުގެ މައްސަލަ ފުލުހުންނާއި ޑީއީއޭ ގުޅިގެން ތަހުގީގު ކުރަމުންދާއިރު، އޭނާ މަރުވީ އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިގެން ނޫން ކަމަށް ކޮރޯނާސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

"އާޓިސްޓް-ޑައިރެކްޓާ" ޝަރަފު ލިބޭ ފުރަތަމަ ފަންނާނަކަށް ޓޭލާ

މިއަހަރުގެ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގައި އަލަށް ތައާރަފުކުރި "އާޓިސްޓް-ޑައިރެކްޓާ" ޝަރަފު ލިބޭ ފުރަތަމަ ފަންނާނަކަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް ހަމަޖައްސައިފިއެވެ. މި އެވޯޑަކީ މިއުޒިކް ވީޑިއޯ އުފެއްދުމާއި ޑައިރެކްޓްކުރުމުގެ ދާއިރާއިން އޭނާ ކޮށްފައިވާ ނުފޫޒުގަދަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އަރުވާ ޝަރަފެކެވެ.

Newsletter

Get the latest news delivered straight to your inbox