އިހުސާންއާއެކު މުއިއްޒުވެސް ކޮރަޕްޝަންގައި ބައިވެރިވި: ޝަމްއާން

މުހައްމަދު ޝަމްއާން ވަހީދު: ކޮރަޕްޝަންގެ ވާހަކަތައް މުއިއްޒުއާ ހަމައަށް ގެންދިޔުމުންވެސް އެކަމަށް ފިޔަވަޅު ނޭޅުމަކީވެސް ކޮރަޕްޝަން ކަމަށް އޭނާ ވިދާޅުވި

މުހައްމަދު ޝަމްއާން ވަހީދު: ކޮރަޕްޝަންގެ ވާހަކަތައް މުއިއްޒުއާ ހަމައަށް ގެންދިޔުމުންވެސް އެކަމަށް ފިޔަވަޅު ނޭޅުމަކީވެސް ކޮރަޕްޝަން ކަމަށް އޭނާ ވިދާޅުވި

ހޯމް މިނިސްޓަރު އިހުސާން ހިންގަމުންދިޔަ ކޮރަޕްޝަންގައި މުހައްމަދު މުއިއްޒުވެސް ބައިވެރިވި ކަމަށް ގަބޫލުކުރެވޭ ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޮތް ހުކުމްކުރުމުގެ އަޑުއެހުމަށް ވަނުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމްއާން ވިދާޅުވީ އިހުސާން ހިންގަމުންދިޔަ ކޮރަޕްޝަންގެ ވާހަކަތައް މުއިއްޒުއާ ހިސާބަށް ގެނެސްދިނުމުން އެކަމަށް ފިޔަވަޅު ނޭޅުމަކީވެސް ކޮރަޕްޝަން ކަމަށެވެ. 

"ރައީސް ފިޔަވަޅެއް ނޭޅުއްވުމަކީވެސް ހަމަ ކޮރަޕްޝަންގެ އަމަލެއް ނޫންތޯ. މިހާރު ރައީސަށް ހަމަ ސީދާ މިކަން ހިނގަމުންދާކަން އެނގިހުރެ އެކަން ނުހުއްޓުވީމަ އެއީ ހަމަ ކޮރަޕްޝަންގެ އަމަލެއް. އެހެންވީމަ ރައީސްވެސް މިކަމުގައި ބައިވެރިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަމްއާން ވިދާޅުވި އެވެ. 

ޝަމްއާން ވިދާޅުވީ ބަންގްލަދޭޝް މީހުންގެ ވޯކް ޕާމިޓްތައް އެޕްރޫވްކުރަނީ ސީދާ އިހުސާން މެދުވެރިކޮށް ކަމަށާއި އެކަމަށް ކޮރަޕްޝަންގެ ގޮތުގައި 8،000ރ. ނަގަމުންދާކަން ޔަގީންވުމުން އެކަން މުއިއްޒުއަށް އެންގީ ކަމަށެވެ. 

"ވަރަށް ސާފު އިބާރާތުން ރައީސަށް ދެންނެވިން. ޗެޓްލޮގްތައް ހުންނާނެ. ރައީސާއެކު ދެކެވުނު ވާހަކަތައްވެއްޖެއްޔާ. އޯޑިއޯވެސް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު ފޯނު މިވަގުތު އޮތީ  އަޅުގަނޑު ހައްޔަރުކުރިއިރު ޕޮލިހުގެ ބެލުމުގެ ދަށުގައި،" ޝަމްއާން ވިދާޅުވި އެވެ. 

ޝަމްއާން ތުހުމަތުކުރައްވާ ގޮތުގައި އޭނާ ފްރޭމްކުރީ މިނިސްޓަރު އިހުސާން އާއި އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް އެވެ. 

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ މައި ދޮރޮއަށި. (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރ އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވަނީ ވިއްކާލާއި ކަމަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ސީދާ މުއިއްޒު ގުޅި ކަމަށެވެ. 

މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާނުގެ މައްޗަށް ތިން ދައުވާ ކުރެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ. 

"އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅިދުވަހު ’މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ’ ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި،" ޝަމްއާން ވިދާޅުވި އެވެ. 

ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ.  

ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox