ޝަމްއާން، އެމްޑީޕީ އަދި ޕީއެންއެފްގެ ބަޔަކު ޖަލަށްލީއިރު ވެސް މުއިއްޒު ވިދާޅުވީ ސިޔާސީ ހައްޔަރީންނެއް ނުހުންނާނެ ކަމަށް

May 22, 2026, 3:12 PM
މުއިއްޒު "ނޭޝަން ޓޯކް" ގައި ވާހަކަ ދައްކަވަނީ: އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު "ނޭޝަން ޓޯކް" ގައި ވާހަކަ ދައްކަވަނީ: އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު އާއި އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފްގެ އެތައް ބަޔަކު ޖަލަށްލީ އިރު ވެސް ސިޔާސީ ހައްޔަރީންނެއް ރާއްޖެއަކު މިހާރު ނުހުންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 

"ނޭޝަން ޓޯކް" ގެ ނަމުގައި މުއިއްޒު އިއްޔެ ފެށްޓެވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިން މި ގައުމުގައި އޮތީ ސިޔާސީ ގޮތުން ބަދަލު ހިފުން ކަމަށާއި ނަމަވެސް އެކަން އެމަނިކުފާނު މިހާރު ބަދަލު ކުރައްވާފައިވާނެ ކަމަށެވެ. 

"ރާއްޖޭގައި މީގެ ކުރިން މުޅިން ވެސް އޮތީ ސިޔާސީ ގޮތުން ބަދަލު ހިފުން. ސިޔާސީ މީހުން ޖަލަށްލުން. ސިޔާސީ ގޮތުން ހަމަ ވިޝަސް ނެވާ އެންޑިން ސައިކަލްއެއްގެ ތެރޭގައި އުޅެންޖެހިފައި ރައްޔިތުން. އަޅުގަނޑު ވައުދުވީ އެކަން ނިންމަން. އިރާދަކުރެއްވީތީ ރާއްޖޭގައި ނުހުންނާނެ ސިޔާސީ ގޮތުން ޖަލަށްލާފައި ހުރި މީހެއް،" މުއިއްޒު ވިދާޅުވި އެވެ. 

ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިބި ބަޔަކު ރާއްޖެއަކު ނުހުންނާނެ ކަމަށް ވިދާޅުވުމަށްފަހު މުއިއްޒު ވަނީ އިދިކޮޅު ޕާޓީތަކަށް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިދިކޮޅު ފަރާތްތަކަށް ނިސްބަތްކޮށް ރައީސް ވިދާޅުވީ އެބޭފުޅުންގެ ސިކުނޑީގައި އަބަދުވެސް ހުންނަނީ ބަދަލުހިފުމުގެ ރޫހު ކަމަށެވެ.

"އަޅުގަނޑުމެންގެ ސިކުނޑީގައި މި ހުންނަނީ އަބަދުވެސް ބަދަލު ހިފުމުގެ ރޫހާއި އަޅުގަނޑުމެންގެ ތެރޭގައި ހަމަ ހަމަނުޖެހުން ގާއިމް ކުރުމާއި ތިމަންނައަށް މޮޅު ގޮތް އެކަނި ތިމަންނަ އިހުތިޔާރު ކުރުމާ، ގައުމަށް ކޮންމެހެން ވިސްނުމެއް ނެތި ކަން ކުރުމާ މިކަހަލަ ކަންތައްތައް،" ރައީސް ވިދާޅުވި އެވެ. 

"އެހެންވީމާ، މި ގައުމުގައި ޑިމޮކްރަސީ ފައްކާ ކުރާ ކަމަށްވަންޏާ އެބަޖެހޭ ޒިންމާދާރުކަމާއެކީ އޮޕޮޒިޝަން ވެސް މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންނަށް މި ގައުމުގައި، އެހާ މަސައްކަތުން ގެނައި ޑިމޮކްރަޓިކް ސިސްޓަމް ފައްކާވާނީ. އެކަމެއް ފައްކާއެއް ނުވާނެ އަޅުގަނޑުމެންގެ ސިކުނޑި ފައްކާނުވެ."

ސިޔާސީ އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާއަކުން ވެސް ފަސް މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި މުޒާހަރާ ލީޑު ކުރަން މަސައްކަތް ކުރައްވާ އެމްޑީޕީގެ ހަސަން ހުސެއިން ހިމެނެ އެވެ. އަދި މީގެ ކުރިން ބޭއްވި މުޒާހަރާއަކުން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫން ޖަލީލު ވެސް ވަނީ ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. 

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވަހީދު ހައްޔަރުކޮށް އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލާފައި ވަނީ ވެސް ސިޔާސީ ގޮތުން ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހައްޔަރު ކުރަން އުޅުނު ކަމަށް ވެސް މި ދޭތެރެއަކުން އަޑު ފެތުރުނެވެ. އޭނާ ވަނީ މިހާރު ރާއްޖެ ދޫކޮށް ގޮސްފަ އެވެ. 

އޭގެ އިތުރުން، މުއިއްޒަށް ފާޑުކިޔާ ނޫސްތަކާއި ނޫސްވެރިންނަށް ވެސް އެމަނިކުފާނު ދަނީ ހަރުކަށި އަދަބު ދެމުންނެވެ. މުއިއްޒަށް ކުރެވޭ ޖިންސީ ތުހުމަތުތަކެއްގެ ވާހަކަ އަދަދު ނޫހުން ގެނެސްދިނުމުން މުއިއްޒު ވަނީ މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފަ އެވެ. 

އެ މައްސަލައިގައި މުއިއްޒުއާ ސުވާލު ކުރި މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ 15 ދުވަހަށް ޖަލަށްލައިފަ އެވެ. އަދި ތުހުމަތުތަކުގެ ވާހަކަ ދެއްކުން ކޯޓު މެދުވެރިކޮށް މަނާ ކުރި ހަބަރު ލިޔުނު ލީވާން އަލީ ނާސިރު ވަނީ 10 ދުވަހަށް ޖަލަށްލައިފަ އެވެ. ލީވާން ވަނީ މިއަދު މިނިވަންވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox