ބިރު ދެއްކީމާ ދެން ކެނޑޭނީ ލަދު ހަޔާތް!

ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި މެއި 13 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާ —- ފޮޓޯ: މުހައްމަދު އަފްްރާހު

ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި މެއި 13 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާ —- ފޮޓޯ: މުހައްމަދު އަފްްރާހު

ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ބޮޑު ތުހުމަތެއް ކުރީ އަދަދު ނޫހަކުން ނޫނެވެ. އެ ތުހުމަތު ކުރީ ރައީސް އޮފީހުގައި މަސައްކަތްކުރި މުވައްޒަފެކެވެ. 'އަދަދު' ނޫހަކީ އޭނާއަށް ދިމާވި ކަންކަން ދިވެހިރައްޔިތުންނަށް ކިޔައިދޭން އޭނާ ބޭނުންކުރި ވަސީލަތެވެ. އެ ވާހަކައިގެ މައްޗަށް 'އަދަދު' ނޫހުން ޑޮކިއުމަންޓްރީއެއް ހެދީ ރާއްޖޭގެ ވެރިކަމުގައި ހުރީ ކޮންކަހަލަ މީހެއްކަމާއި، މީޑިއާ އޮބެހެއްޓުމަށް ހަދާފައި އޮތް ހަރުކަށި ގާނޫނުގެ މާއްދާތައް ވެސް އެނގި ތިބެ އެވެ. ދިމާވެދާނެ ނުރައްކަލަކަށްވުރެ، ރައީސުލްޖުމްހޫރިއްޔާގެ ހަގީގަތް ހާމަކުރުމުގެ މުހިންމުކަން ބޮޑީ އެވެ. 

އެ ޑޮކިއުމަންޓްރީ ގެނެސްދިންތާ މަސް ދުވަސްވަންދެން އޮތް ހިމޭންކަމަކީ މިލައިގަތް ތޫފާނުގެ އަލާމާތްކަން މި އެނގުނީ އެވެ. ރައީސުލްޖުމްހޫރިއްޔާ ކޯފާވެގެން 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވައްދައި އޮފީހުގެ މުދާތައް ފޭރިގަތީ އެވެ. މިއީ ރާއްޖޭގައި މީޑިއާއެއްގެ އޮފީސް ބަލައިފާސްކޮށް މުދާ ހިފެހެއްޓި ދެވަނަ ސަރުކާރެވެ. މީގެ ކުރިން އެކަން ކުރީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. 

'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީގައި ވާހަކަ ދައްކާ އަންހެން މީހާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ކުރަނީ ކުޑަ ތުހުމަތުތަކެއް ނޫނެވެ. ވަޒީފާއެއް ހޯދަން އެދުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ރައީސްގެ ކޮޓަރިކޮޅަށް ގެންގޮސް ސަލާންކުރުމުގެ ނަމުގައި އޭނާގެ އަތުގައި ހިފައި ދޫނުކޮށް ހުރީ އެވެ. އެއީ ޖިންސީ ފުރައްސާރަ މަނާކުރުމުގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ފަސް ވަނަ ނަންބަރުގައި ބުނާ ފުރައްސާރައިގެ އަމަލެވެ. އޭނާ ދެކެ އަބަދުވެސް ލައިކުވާ ވާހަކަ ވިދާޅުވެއްޖެ އެވެ. އޭނާ އޮފީހަށް ގެނައި ދެވަނަ ދުވަހު އޭނާގެ ހުއްދަ ނެތި އޭނާގެ ގައިގައި ބާރަށް ބައްދައިލި އެވެ. މި ހުރިހައި ކަމެއް ކުރެއްވީ އޭނާއަށް ވަޒީފާ ދެއްވުމުގެ ކުރިންނެވެ. ރައީސް ހަގީގަތުގައި ކުރެއްވި ކަމަކީ އޭނާއަށް ވަޒީފާ ލިބޭނީ އެކަންކަމަށް ރުހުމުން ކަމުގެ އިޝާރާތް ދެއްވުމެވެ. މިއީ އެ ގާނޫނުގެ 4 ވަނަ މާއްދާގައި ޖިންސީ ފުރައްސާރައިގެ އަމަލެކެވެ. އެ ގާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގެ 8 ވަނަ ނަންބަރުގައި ވެސް މިކަން މާނަކޮށްދީފައި އެބައޮތެވެ. 

Advertisement

އެދިޔައީ ގާނޫނާ ހިލާފުވުމުގެ ބައެވެ. ދެން އޮތީ އަހުލާގީ އިންތައް ފަހަނައަޅައި ދިޔަ ގޮތެވެ. އެކަނިވެރި މަޔަކަށް ވަޒީފާއެއް ދެއްވުމަށްފަހު، ދެން ފެށްޓެވީ އޭނާގެ ހިތް އަތުލެއްވުމުގެ މަސައްކަތެވެ. މީހެއްގެ ފިރިއެއްކަމާއި، ތިން ދަރިންގެ ބައްޕައެއްކަން  ނުވިސްނެވި ތަނުގައި ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާކަން ވެސް ހިތްޕުޅަށް ނުގެންނެވި އެވެ. އިތުބާރު ހޯއްދެވުމަށް ދެއްކެވި ހުއްޖަތަކީ ދެ އަނތްބަށް ކައިވެނި ކުރައްވާނެ ކަމުގެ ވައުދެވެ. އެހެންވެއްޖެނަމަ ދޮން ދަރިއަކަށް ވާނޭ ކުޑަކުޑަ ކުއްޖާގެ ހަބަރު ބެއްލެވީ އިތުބާރު ހޯއްދެވުމުގެ ބޭނުމުގަ އެވެ. އެއީ ކުރެއްވި ކެމްޕޭނެވެ. ރައީސް މުއިއްޒުއަކީ ކެމްޕޭނުގައި އިތުބާރު ހޯއްދެވުމަށް ކޮންމެ ފަދަ ދޮގު ވާހަކައެއް ވެސް ދައްކަވަފާނޭ ބޭފުޅެއްކަން މިހާރު އަޅުގަނޑުމެންނަށް އެނގޭނެ އެވެ. 

އިތުބާރު ލިބުމާއެކު ދެން ކުރެއްވީ އަސްލު ކުރައްވަން ބޭނުންފުޅުވި ކަންތަކެވެ. ރައީސް އޮފީހުގައި އެލްއެއް ހެން ހުންނަ ސޯފާއާއި ރައީސްގެ މޭޒުކޮޅު މަތީގައި އެކުރެއްވީ އެކަމެވެ. އެކަމަށް އެ އަންހެންކުއްޖާ ރުހުނު ސަބަބަކީ އޭނާއާ ދެ އަނތްބަށް ކައިވެނިކުރައްވާނޭކަމަށް ވެވަޑައިގެންނެވި ވައުދެވެ. އެކަމަކު ރައީސް މުއިއްޒު ބޭނުންފުޅުވާކަންކަން ފުރިހަމަވުމުން ވައުދާ އަހުދު އުވައިލެއްވީ އެވެ. 

މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. 'އަދަދު' ނޫހުން ދެއްކި ވާހަކައެއް ވެސް ނޫނެވެ. އެވާހަކަ ދެއްކި އެ ހާދިސާގައި މުއިއްޒުގެ ޝިކާރައަކަށްވީ އަންހެންކުއްޖާ އެވެ. އެއީ ވަކި އެވެނި ކުއްޖެއްކަމަށް ނިންމައި، އަންހެން ކުއްޖަކު ޕޮލިހަށް ހާޒިރުކޮށް ބަޔާން ނަގަން އުޅޭނީ މުއިއްޒުއަށް އެއީ ކާކުކަން އެނގޭތީތާ އެވެ. ކާކުކަން އެނގޭނީ ގައިމު ކަމެއް ހިނގާފައި އޮތީމަ އެވެ. އަލިފާން ނެތި ދުމެއް ނާރާނެ އެވެ.

ދައުލަތުގެ އެންމެ މަތީވެރިޔާގެ ފުށުން މިހައި ހުތުރު އަމަލުތައް ފެނުނީމާ މީހުން އެވާހަކަ ދައްކާނެ އެވެ. ރަށުތެރޭގައި ކިޔައި، އަޑުއިވޭ ގޮތުގައި މިއީ އަލަކަށް ހިނގި ކަމެއް ވެސް ނޫނެވެ. މިފަހަރު ހިތްވަރުހުރި އަންހެން ކުއްޖަކާ ލައިގަތީތީ އޭނާ މިވާހަކަތައް ދިވެހިރައްޔިތުންނަށް ކިޔައިދީ ރައީސުލްޖުމްހޫރިއްޔާގެ ހަގީގަތް ހާމަކުރީ އެވެ. 

މިކަމާ ކޯފާވެ ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށްފި އެވެ. ދެން އުޅުއްވީ އެ ދައުވާގެ ތެރެއިން، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަނގަ ބަންދުކުރައްވާށެވެ. ކްރިމިނަލް ކޯޓުގެ އަމުރަކީ ސީދާ ވަކި ބޭފުޅެއްގެ ހިމާޔަތުގައި ނެރުއްވާފައި އޮތް، ވަކި އަތަކަށް ބުރަވެފައި އޮތް އަމުރެއްކަން ވަރަށް ސާފުކޮށް ހާމަވެ އެވެ. އެ އަމުރު ނެރުނުކަމުގެ ހަބަރު ލިޔެ ޝާއިއު ކުރީތީ 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާނު ކުށްވެރިވެ 10 ދުވަހަށް ޖަލަށްލައި ޖޫރިމަނާކޮށްފި އެވެ. ރައީސް އޮފީހުގައި ސުވާލެއް ކުރީތީ ޝަހުޒާނު ކުށްވެރިވެ 15 ދުވަހަށް ޖަލަށްލައިފި އެވެ. ޝަހުޒާނު ކުރީ އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ މައުލޫމާތެއްގެ ސުވާލެއް ވެސް ނޫނެވެ. ދިވެހި ދައުލަތާއި ސަރުކާރުގެ އެންމެ މަތީ ވެރިޔާ، ރޭގަނޑެއްގެ މެންދަމުގައި އުމުރުން އެންމެ ބާވީސް އަހަރުގެ ކުއްޖަކަށް ފަންސާހަށްވުރެ ގިނަ ފަހަރު ގުޅުއްވުމަކީ ސުވާލު އުފެދޭ ކަމެކެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ބޮޑު ކަމެއް އުޅޭތީ މެނުވީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އެވަރަކަށް މީހަކަށް ނުގުޅުއްވާނެ އެވެ. އެހެންވީމާ އެ ވީގޮތެއް ބަލަން ނޫސްވެރިން ސުވާލުކުރާނެ އެވެ. 

ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްއާއި ކޯޓުތައް އެއްގަލަކަށް އަރައި ރައީސް މުއިއްޒުގެ ދިފާއުގައި މަސައްކަތްކުރާ މަންޒަރު ފެނުމަކީ ދިވެހިރައްޔިތުންނަށް މާޔޫސްކަން ގެނުވާނޭ ކަމެކެވެ. ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ދައުލަތުގެ ނިޒާމު ތަރުތީބު ކޮށްފައި އޮތީ މިގޮތަކަށް ނޫނެވެ. އެ ނިޒާމު ހަލާކުވާތަން ފެނުނީމާ މީހުން އެ ވާހަކަ ދައްކާނެ އެވެ. އެކަމުގެ ސަބަބުތަކުގެ މައްޗަށް ވެސް ވާހަކަ ދައްކާނެ އެވެ. އެ ސަބަބުތައް ގޮސް އެލް ސޯފާއަކާ ހަމައިގައި ހުއްޓުމަކީ ރައްޔިތުން ކުށްވެރިވާންޖެހޭ ސަބަބެއް ނޫނެވެ. 

ކްރިމިނަލް ކޯޓުން އެ ނެރުއްވި އަމުރަށް އަޅުގަނޑު ތަބައެއް ނުވާނަމެވެ. އަޅުގަނޑު އެދެނީ ދިވެހި އެއްވެސް ރައްޔިތަކު އެ އަމުރަށް ތަބާނުވުމަށެވެ. އަދި އެ އަމުރުގެ ދަށުން އަދަބުދެވުނު ނޫސްވެރިން މިނިވަންކުރުމަށް އަޅުގަނޑުމެންގެ ހަމަ ކޮންމެ މީހަކަށް ކުރެވުނު ކޮންމެ ކަމެއް ކުރެއްވުމަކީ އަޅުގަނޑުމެންގެ މިވަގުތުގެ މައިގަނޑު މަސައްކަތަށް ހަދަންޖެހެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

މާލެއިން ވޮޝިންޓަނަށް؛ 'ވިޔާނުދާ' ނޫސްވެރިންގެ އަސަރާއި ނަތީޖާ

އެމެރިކާގެ ރައީސް ޓްރަމްޕް ވަކި ނޫސްވެރިންތަކެއް ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން، އެކަށީގެންވާ އިޖުރާއާތެއް ނެތި އެފަދަ ނިންމުންތައް ނުނިންމޭނެ ކަމަށް އެ ގައުމުގެ ކޯޓުން ވަނީ ކަނޑައަޅާފައެވެ. ހަމައެފަދައިން، ރާއްޖޭގެ ރައީސް އޮފީހުން ވެސް "އަދަދު" ނޫހުގެ ނޫސްވެރިން ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވަނީ، ރައީސް މުއިއްޒާ ކުރިމަތިކުރި އުނދަގޫ ސުވާލަކާ ގުޅިގެން އެއްވެސް ލިޔުމެއް ނުވަތަ ޖަވާބެއް ދިނުމަކާ ނުލައެވެ.

ދިވެހިރާއްޖޭގައި އޮތީ އިސްލާމީ ޓޫރިޒަމެއް؛ ސަބަބުތައް މިއޮތީ!

ދިވެހި ޓޫރިޒަމް ދާއިރާ އިޝްތިހާރު ކުރަން ތިބި މީހުން އެއީ ލާދީނީ ކާފަރު ޓޫރިޒަމެއްކަމަށް ސިފަކުރަމުންދާނަމަ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެދެވެނީ ކޮން ކަހަލަ މެސެޖެއްހެއްޔެވެ؟ އެމީހުންނަށް އެކަންޏެއް ނޫނެވެ. ދީނީ ހަރުކަށި ވިސްނުމުގެ އަހުލުވެރިންނަށް ވެސް އެދެވެނީ ކޮން ކަހަލަ ދައުވަތެއްހެއްޔެވެ؟

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox