ފިޓްނަސް އިޝްތިހާރުތަކުން އޭއައި ބޭނުންކޮށް އޮޅުވާލަނީ

ޑިޖިޓަލް ފިޓްނަސް ޓެކްނޮލޮޖީއާއެކު ހުސް ޖިމް

ޑިޖިޓަލް ފިޓްނަސް ޓެކްނޮލޮޖީއާއެކު ހުސް ޖިމް

މީސްމީޑިއާގައި ދައުރުވަމުންދާ ފިޓްނަސް އިޝްތިހާރުތަކެއްގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން 'އުފައްދާފައިވާ މީހުން' ބޭނުންކުރާކަން ބީބީސީން ކުރި ތަހުގީގަކުން ހާމަވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ދައުރުކުރާ އިޝްތިހާރުތަކުގައި، މަދު ހަފުތާތަކެއްގެ ތެރޭގައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބުނެ، ކަސްރަތު އެޕްލިކޭޝަންތަކަށް ސަބްސްކްރައިބް ކުރުމަށް ބާރުއަޅަ އެވެ. ނަމަވެސް މީގެ ތެރެއިން ގިނަ އިޝްތިހާރުތަކަކީ އިނގިރޭސިވިލާތުގެ އިޝްތިހާރު ކުރުމުގެ ގަވާއިދުތަކާ ހިލާފު، އޮޅުވާލުންތަކެއް އެކުލެވޭ ކަންތައްތަކެއް ކަން ވަނީ ފާހަގަކުރެވިފަ އެވެ.

މި އިޝްތިހާރުތަކުގައި ފެންނަ އޭއައި ކެރެކްޓަރުން ބުނާ ގޮތުގައި، އެމީހުންގެ ކަސްރަތު ޕްރޮގްރާމްތައް ފުރިހަމަކުރުމުން ހަގީގީ އުމުރަށްވުރެ ވިހި އަހަރު ހަގުކޮށް ފެންނާނެ އެވެ. ނުވަތަ އެއް މަސް ދުވަހުގެ ތެރޭގައި އެތައް ކިލޯއެއް ބަރުދަނުން ލުއިވާނެ އެވެ.

Advertisement

ސައިންސްވެރިންނާއި ފިޓްނަސް މާހިރުން ބުނާ ގޮތުގައި މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ބޮޑެތި ބަދަލުތަކެއް އައުމަކީ ވާނެ ކަމެއް ނޫނެވެ. އަދި މި ވީޑިއޯތަކުގައި ފެންނަނީ ހަގީގީ އިންސާނުން ނޫންކަން ގިނަ ފަހަރަށް ސާފުކޮށްދީފައެއް ނުވެ އެވެ.

ސަލްފޯޑް ޔުނިވާސިޓީގެ އޭއައި މާހިރު ޕްރޮފެސަރު އެންޑީ މިއާ ވިދާޅުވި ގޮތުގައި، މީސްމީޑިއާގެ އަލްގޮރިދަމްތަކުގެ ސަބަބުން މިފަދަ ކޮންޓެންޓްތައް ބަލާ މީހުންގެ ފީޑަށް މިފަދަ އިތުރު ވީޑިއޯތައް އޮހެމުން ދެ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިހާރުގެ ހާލަތަކީ އެއްވެސް ކޮންޓްރޯލެއް ނެތް "ވައިލްޑް ވެސްޓް" އެކެވެ. އޭއައި ބޭނުންކޮށްގެން ހުއްޓުމެއް ނެތް ގޮތަށް ކޮންޓެންޓް އުފެއްދޭއިރު، މީގެ ސަބަބުން މީހުންގެ މެދުގައި ހަގީގަތާ ހިލާފު އުންމީދުތަކެއް އުފެދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑެވެ.

ފިޓްނަސްގެ ދާއިރާގައި ތިރީސް އަހަރުގެ ތަޖުރިބާ ހުރި ޑޭވިޑް ފެއާލަމްބް ބުނި ގޮތުގައި، އޭއައި އަކީ ބައެއް ކަންކަމުގައި ބޭނުންތެރި އެއްޗަކަށް ވިޔަސް، ހަގީގީ ކޯޗެއްގެ އިރުޝާދާއި ޒިންމާދާރުކުރުވުމުގެ ބައި އޭއައި އަކަށް ފުރިހަމައެއް ނުކުރެވޭނެ އެވެ. އޭނާ ފާހަގަކުރި ގޮތުގައި 28 ދުވަހުގެ ތެރޭގައި ހަށިގަނޑަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެކެވެ. އަދި މިފަދަ ފުރިހަމަ ކުރެވިފައިވާ މަސްނޫއީ ހަށިގަނޑުތައް ފެނުމުން، ޒުވާނުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރެ އެވެ. މީގެ އިތުރުން، އޭއައި ޕްރޮގްރާމްތަކުން މީހާގެ ސިއްހީ ހާލަތާއި އަނިޔާތަކަށް ރިއާޔަތް ނުކުރާތީ، ޖިސްމާނީ އަނިޔާއެއް ލިބުމުގެ ބިރުވެސް އޮވެ އެވެ.

އިނގިރޭސިވިލާތުގެ އެޑްވަަޓައިޒިން ސްޓޭންޑަޑްސް އޮތޯރިޓީ (އޭއެސްއޭ) އިން ބުނާ ގޮތުގައި، އިޝްތިހާރުތަކުގައި އޭއައި ބޭނުންކުރުމަކީ މަނާ ކަމެއް ނޫނެވެ. ނަމަވެސް އެ އިޝްތިހާރަކީ އޮޅުވާލުން އެކުލެވޭ ނުވަތަ ގެއްލުން ހުރި އެއްޗަކަށް ވެގެން ނުވާނެ އެވެ. ވޭތުވެދިޔަ އަހަރު އޭއައިއާ ގުޅުންހުރި 300 އެއްހާ ޝަކުވާ އެ އިދާރާއަށް ލިބިފައިވާއިރު، ބީބީސީން ފާހަގަކުރި އިޝްތިހާރުތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މެޓާ އަދި ޓިކްޓޮކް ފަދަ ކުންފުނިތަކުން ބުނަނީ އޭއައި ބޭނުންކޮށްގެން އުފައްދާ ކޮންޓެންޓްގައި އެކަން އެނގޭނެ ފަދަ ލޭބަލްއެއް ހުންނަންޖެހޭނެ ކަމަށެވެ. ނަމަވެސް ބީބީސީގެ ތަހުގީގުން ފެނުނު ގޮތުގައި ގިނަ ފަހަރަށް މިފަދަ ލޭބަލްތައް ހުންނަނީ ފޮރުވިފަ އެވެ. ނުވަތަ އެއްގޮތަކަށްވެސް ނުހުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

Newsletter

Get the latest news delivered straight to your inbox