ފިޓްނަސް އިޝްތިހާރުތަކުން އޭއައި ބޭނުންކޮށް އޮޅުވާލަނީ
މީސްމީޑިއާގައި ދައުރުވާ ފިޓްނަސް އިޝްތިހާރުތަކުގައި އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މީހުން ބޭނުންކޮށްގެން، ހަގީގަތާ ހިލާފު ދޮގު އުންމީދުތަކެއް ދެމުންދާކަން ބީބީސީގެ ތަހުގީގަކުން ވަނީ ހާމަވެފައެވެ. މިފަދަ އިޝްތިހާރުތަކުގެ ސަބަބުން އާންމުންނަށް އޮޅުވާލުންތަކެއް ކުރިމަތިވެ، ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކެއް ލިބުމުގެ ކަންބޮޑުވުން މާހިރުން ވަނީ ފާޅުކޮށްފައެވެ.