ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަށް ދިފާއުގައި އެއްވެސް ވާހަކައެއް ދެއްކުމުގެ ފުރުސަތު ފުލުހުން ނުދިން

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ފުލުހަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ގާނޫނީ ވަކީލު، އާދަމް ޝަމީމް --

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ފުލުހަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފުގެ ގާނޫނީ ވަކީލު، އާދަމް ޝަމީމް --

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ޖިންސީ ޝިކާރައަކަށްވި ކަމަށް ތުހުމަތު ކުރާ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ވާހަކަ ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހަށް ހާޒިރުކުރި އެ އޮފީހުގެ ކުރީގެ މުވައްޒަފަށް ދިފާއުގެ ވާހަކަދެއްކުމުގެ ފުރުސަތު ނުދީ ފުލުހުން ހުރަސްއަޅައިފި އެވެ.

ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ ބޭނުމަށް ސުވާލުކުރުމަށް މިއަދު ހަވީރު 4:00 ގައި އެ މުވައްޒަފު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ފުލުހުންނަށް ބަޔާން ދިނުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މުވައްޒަފުގެ ވަކީލު، ހުސެއިން ޝަމީމް ވިދާޅުވީ، އޭނާގެ މުވައްކިލުގެ ދިފާއީ ވާހަކަތައް ދެއްކުމުގެ ފުރުސަތު ފުލުހުން ނުދިން ކަމަށެވެ.

"އަޅުގަނޑުމެން ދިފާއުގައި ވާހަކަދައްކަން ފުރުސަތަކަށް އެދުނީމަކާ ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ، ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުދެއްވާ، ދެން އަޅުގަނޑުމެން ދެންނެވިން އިޖުރާއީ ގޮތުން ވެސް ތި ގޯސްވާނެނޫންހޭ ޕީޖީ އޮފީހަށް ދިޔައީމާ ވެސް އެ ސުވާލު ކުރާނެޔޭ ޝަރުއީ ކޯޓުން ވެސް އެ ސުވާލު ކުރިމަތި ކުރާނެޔޭ،" ޝަމީމް ވިދާޅުވި އެވެ.

Advertisement

ޝަމީމް ވިދާޅުވީ، އިޖުރާއީ ގޮތުން ދީފާއުގެ ވާހަކަ ދެއްކުމުގެ ފުރުސަތު ދޭންޖެހުނު ނަމަވެސް، އެ ފުރުސަތު ދިނުމުގެ ހުއްދައެއް އެ މައްސަލަ ތަހުގީގު ކުރާ ފުލުހުންނަށް ނެތް ކަމަށެވެ.

"ދެން އެ ބޭފުޅުން ބަޔާނުގައި ލިޔުއްވައިދެއްވި އަނެއްހެން ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށް،"ޝަމީމް ވިދާޅުވި އެވެ.

ދިފާއުގައި ފުލުހުންނަށް ކިޔައިދޭން ބޭނުންވީ، ފުލުހުން ސުވާލުކުރާ ރައީސް އޮފީހުގެ މުވައްޒަފު، މީހެއްގެ ޝިކާރައަކަށް ވީގޮތް ކަމަށެވެ.

"އަޅުގަނޑުމެން އިއްޔެ ވާނެ ދަންނަވާފައި އަޅުގަނޑުމެން، އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ކްލައިންޓަކީ ވިކްޓިމްއެއް ކަމަށޭ، އެ ވިކްޓިމްއަށް ވާގޮތް އަޅުގަނޑުމެން ކިޔައިދޭންވެގެން، ދެން ތަހުގީގުގައި ވެސް ކިޔައިދޭން މަސައްކަތް ކުރީމަކާ އެ ފުރުސަތެއް ނުއެއްދެއްވި،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހެއްގެ ޝިކާރައަކަށް އެހެން މީހަކު ވާގޮތް ވަރަށް ތަފުސީލުކޮށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ނެރުއްވާފައި ހުރި ފޮތްތަކުގައި އާއި މެގެޒިންތަކުގައި ލިޔެފައިވާ ކަމަށެވެ. އެގޮތުން ފެމިލީ ޕްރޮޓެކްޝަން އޭޖެންސީން ނެރެފައިވާ "ރިވެލި" މަޖައްލާގައި މީހެއްގެ ޝިކާރައަކަށް އެހެން މީހަކު ވާގޮތް ބަޔާންކޮށްދީފައި އޮންނަ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"[އަނިޔާދޭ މީހާ އަނިޔާ ލިބޭ މީހާއަށް ކުރާ މައިގަނޑު ކަންތައްތަކެއް ހުރޭ. ނަފުސާނީ އަނިޔާދިނުން، އެކަހެރިކުރުން، ޑިޕެންޑެންސީއެއް ކްރިއޭޓުކުރުން އަދި ވަޒީފާއެއް ކަމަށްވިޔަސް ފައިސާއެއް ކަމަށްވިޔަސް ޑިޕެންޑެންސީއެއް ކްރިއޭޓުކުރުން، ބިރުދެއްކުން، އިންޒާރުދިނުން،" މީހެއްގެ ޝިކާރައަކަށް އެހެން މީހަކު ހަދާ ގޮތް ރިވެލި މަޖައްލާގައި ބަޔާންކޮށްފައިވާ ގޮތަށް ރިއާޔަތްކޮށް ޝަމީމް ވިދާޅުވި އެވެ.

"އެ މީހާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، މަގާމޭ މި ދަންނަވަނީ މުޖުތަމައުގައި ހުންނަ މަގާމު ބޭނުންކޮށްގެން ބައެއްކަހަލަ ކަންތައްތައް ކުރުވުން."

ޝަމީމް ވިދާޅުވީ މީހެއްގެ ޝިކާރައަކަށް އެހެން މީހަކު ހަދާ ހާލަތްތަކުގައި ކުރާ ކަންކަން ކަމަށް، އެ މަޖައްލާގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައިގައި ހުރި ކަމަށެވެ. ނަމަވެސް އެ ކަންކަން ބަޔާން ކުރުމުގެ ފުރުސަތު ފުލުހުން ނުދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ފުލުހަށް ހާޒިރުކޮށް މިއަދު ސުވާލުކުރީ، ގަޒުފުކުރުމުގެ ކުށާ ގުޅޭގޮތުން ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް، އޭނާގެ މުވައްކިލު ގަޒުފުކޮށްފައިނުވާނެ ކަމަށް ބުނެފައިވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މިއަދުގެ ބަޔާން ނެގުމާއެކު، މި ތަހުގީގުައި އެ މުވައްޒަފާ ގުޅޭގޮތުން ފުލުހުން ނަގަން ބޭނުންވާ މައުލޫމާތު ނަގައި ނިމިފައިވާކަން މިއަދު ފުލުހުން އެންގި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި މިއަދު ފުލުހަށް ހާޒިރުކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު ފުރުން ވެސް ފުލުހުން ވަނީ މަނާކޮށްފަ އެވެ. އޭނާ ފުރުން މަނާކުރީ  ފުލުހުން ކޯޓަށް ހުށަހެޅި ސިއްރު އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށެވެ. އޭނާ ފުރުން މަނާ ކުރި ނަމަވެސް ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށްފައެއް ނުވެ އެވެ.

 ޑޮކިއުމެންޓަރީގެ މައްސަލަ ބަލަން އަމުރު ކުރީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު އެގޮތަށް އެންގިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ ލެޕްޓޮޕްތަކާއި ހާޑްޑިސްކުތަކެއް ގެންގޮސްފަ އެވެ. 

އެ މައްސަލައާ ގުޅިގެން އަދަދު ނޫހަށް ރެއިޑު ކުރުމުގެ އިތުރުން މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ފިޔާޒް އާއި ހަސަން ވަނީ މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox