ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އާއިޝަތު ޝިހާމް މިއަދު ވަކިކޮށްފި އެވެ.
ސަރުކާރުން ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް މި ގެންނަނީ އެޕްރީލް ހަތަރެއްގައި ބޭއްވި އިންތިހާބުތަކުގައި ބޮޑު ނާކާމިޔާބީއާ ކުރިމަތިވުމުންނެވެ. ކެބިނެޓާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންގެ މަގާމުތަކަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
އެގޮތުން ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ހަލީލު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އިތުރު ވަޒީރުންތަކެއް ވެސް މިއަދު ވަކިކުރަން ހަމަޖެހިފައިވާކަން ވަނި އެނގިފަ އެވެ.
އައިޝަތު ޝިހާމް ވަނީ މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.












