ހުސްވި ހިތަދޫ އުތުރުގެ ގޮނޑިއަށް ޝައުގުވެރިވާ ސޯބެއަށް ގިނަ ބަޔަކު ތާއީދުކުރާކަން ހާމަކޮށްފި

ފޮޓޯ: އިސްމާއިލް އިމްދާދު

ފޮޓޯ: އިސްމާއިލް އިމްދާދު

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ޝައުގުވެރިކަން ފާޅުކުރެއްވުމާއެކު އޭނާއަށް ގިނަބަޔަކު ތާއީދުކުރާކަން ހާމަކޮށްފި އެވެ. 

އަދަދު ނޫހާ ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރުކަން ތިން ދައުރު ކުރެއްވި ސޯބެ ވަނީ އޭނާ މަޖިލިސް ގޮނޑިއަށް ޝައުގުވެރިވާކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމުގެ ބައި-އިލެކްްޝަން ބާއްވާނެ އެވެ. 

ހިތަދޫ އުތުރުގެ ގޮނޑިއަށް ސޯބެ ޝައުގުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ސޯލިހުވެސް ވަނީ ސޯބެއަށް މަރުހަބާ ވިދާޅުވެފަ އެވެ. 

Advertisement

ސޯލިހު ވިދާޅުވީ މަޖިލިސް ބައި-އިލެކްޝަންގައި ވާދަކުރައްވާ ސޯބެއަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ސޯބެއަކީ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. 

މީގެއިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި އަދި 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. 

"ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރެއްވުމަށް ސޯބެ ނިންމެވި ނިންމެވުމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން. އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ސޯބެއަށް ލިބޭނެ ކަމުގައި ދަންނަވަން," އަސްލަމް ވިދާޅުވި އެވެ. 

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އައްޑޫ މޭޔަރަކަށް ދެވަނަ ދައުރަކަށް އިންތިހާބުވި އަލީ ނިޒާރު އަދި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމުވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އޭގެއިތުރުން އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަކިން ހާއްސަކޮށް ހިތަދޫ އުތުރަށް ނިސްބަތްވާ ގިނަ ބަޔަކުވެސް އޭނާއަށް ތާއީދު އޮތްކަން ދަނީ ހާމަކުރައްވަމުންނެވެ. 

ހުސްވެފައިވާ ގޮނޑިއަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ބޭފުޅަކު މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ. ނިމިދިޔަ ކައުންސިލް އިންތިހާބުގައި ހިތަދޫއިން ޕީއެންސީގެ ކެންޑިޑޭޓުންނަށް ބޮޑުތަނުން ވަނީ ނޫނެކޭ ބުނެ، އެމްޑީޕީ ކެންޑިޑޭޓުން ހޮވާފަ އެވެ. 

2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ސިނާނު ކާމިޔާބު ކުރެއްވީ 1079 ވޯޓާއެކު 39 ޕަސެންޓު ވޯޓާއެކު އެވެ. އެންމެ ކައިރިން ވާދަކުރެއްވީ ނަވާރަވަނަ މަޖިލީހުގެ ރައީސް އަސްލަމް އެވެ. އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އަސްލަމްއަށް 838 ވޯޓު ލިބިވަޑައިގަތެވެ. 

ސޯބެ ވަނި އައްޑޫގެ މޭޔަރުކަން ޖެހިޖެހިގެން ތިން ދައުރު އަދާކުރައްވާފަ އެވެ. އޭގެ އިތުރުން އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ހައުންސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުކަން ވެސް އޭނާ ކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox