ރައީސްގެ ފަރާތުން ގައުމީ ފުޓްބޯޅަ އާއި ފުޓްސަލް ޓީމަށް 1 މިލިއަން ރުފިޔާގެ ބޯނަހެއް

Jan 26, 2026, 1:26 AM
ރައީސްގެ ފަރާތުން ގައުމީ ފުޓްބޯޅަ އާއި ފުޓްސަލް ޓީމަށް 1 މިލިއަން ރުފިޔާގެ ބޯނަހެއް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސާފް ސުޕަ ކަޕް ކާމިޔާބު ކުރުމާއި ގައުމީ ފުޓްސަލް ޓީމުން މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން މި ދެ ޓީމަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ދައުލަތުގެ މީޑިއާ، "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ރައީސް މުއިއްޒު ނިންމަވާފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް މި ބޯނަސް ދިނުމަށް ކަމަށެވެ.

މިއީ، މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސް، މުއިއްޒު އާއި ފުޓްބޯޅަ ޓީމު، ލެމަންގްރާސް ސިޓްރޯންގައި ބޭއްވި ބައްދަލުވުމުގައި، ނިންމެވި ނިންމެވުމަށް ކަމަށް މިނިސްޓަރު ރާފިއު ވަނީ ވިދާޅުވެފަ އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގައި ހަތަރު ގައުމު ކުޅެން ނިންމި ނަމަވެސް އެންމެ ފަހުން މުބާރާތުގައި ކުޅުނީ ރާއްޖެ އާއި ލަންކާ އެކަންޏެވެ. އެހެންވެ، ދެ މެޗު ކުޅެފައި ޗެމްޕިއަން ކަނޑައެޅީ އެގްރިގޭޓުންނެވެ. ރާއްޖޭން ފުރަތަމަ މެޗު 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސާފް އިން މުޅިން އަލަށް ބާއްވާ ފުޓްސަލް މުބާާރާތުގެ ޗެމްޕިއަންކަން، ގައުމީ ފިރިހެން ފުޓްސަލް ޓީމުން ކާމިޔާބުކުރީ ބާކީ މެޗެއް އޮއްވައި، ފުރަތަމަ ކުޅުނު ފަސް މެޗުން މޮޅުވެގެންނެވެ.

ސާފްގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނަށް އިނާމް ފައިސާ އެއް ދޭ ގޮތަށް ސާފް އިން ކަނޑައަޅާފައި ނެތެވެ. އަދި، ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމްކުރި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ޓީމަށް ވެސް އިނާމް ފައިސާއެއް ލިބޭ ގޮތަށް ކަނޑައަޅާފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox