ގޮހޮރުގެ ޓިޝޫތައް ހަރުވުމުން ކެންސަރުގެ ނުރައްކާ ބޮޑުވޭ

Jan 26, 2026, 1:17 AM
ގޮހޮރުގެ ޓިޝޫތައް ހަރުވުމުން ކެންސަރުގެ ނުރައްކާ ބޮޑުވޭ

ފަލަ ގޮހޮރު (colon) ނުވަތަ ބޮޑު ގޮހޮރުގައި ދުޅައެއް އުފެދި ދިގު މުއްދަތަކަށް އެ ދުޅަ ނުފިލައި ހުރުމަކީ، ގޮހޮރުގެ ޖިސްމާނީ ހާލަތަށް ބަދަލުތަކެއް އައިސް، އުމުރުގެ ކުރީކޮޅުގައި ކެންސަރަށް މަގު ފަހިކުރުވަފާނެ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. ސައެންޓިފިކް ދިރާސާތަކުން ކަށަވަރުވާ ގޮތުގައި ދާއިމީ ދުޅައެއް ހުންނަ ނަމަ، ބޮޑު ގޮހޮރުގެ ޓިޝޫތައް ހަރުކަން އިތުރުވެއެވެ.

ގޮހޮރުގެ ޓިޝޫތަކުގެ ހަރުކަން އިތުރުވުމަކީ ގޮހޮރުގައި ކެންސަރު އުފެދި، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ކެންސަރު ފެތުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އުމުރުގެ ފަހުކޮޅުގައި – އާންމު ގޮތެއްގައި އުމުރުން 50 އަހަރުން މަތިވުމުން - އުފެދޭ ގޮހޮރުގެ ކެންސަރަކީ އާއިލީ ގޮތުން ވާރުތަވާ ކެންސަރުގެ ބާވަތަކަށް ނުވިޔަސް، އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކެންސަރުގެ މި ވައްތަރު އުފެދިދާނެއެވެ. އެހެން ނަމަވެސް، މިދިޔަ 30 އަހަރުގެ ހިސާބުތަކަށް ބަލާއިރު، އުމުރުގެ ފަހުކޮޅުގައި މި ބާވަތުގެ ކެންސަރު ޖެހުނު މީހުންގެ އަދަދާއި އެ ބަލީގައި މީހުން މަރުވި އަދަދު މަދުވި ނަމަވެސް، އުމުރުން 50 އަހަރުން ދަށުގެ މީހުންނަށް (އުމުރުގެ ކުރީކޮޅުގައި) މި ބާވަތުގެ ކެންސަރު ޖެހުނު ނިސްބަތް ވަނީ އިތުރުވެފައެވެ.

އުމުރުގެ ކުރީކޮޅުގައި ގޮހޮރުގެ ކެންސަރު ޖެހޭ ނިސްބަތް ކުއްލި ގޮތަކަށް މައްޗަށް ދާން ފަށާފައި މިވަނީ ކީއްވެގެން ކަން މިހާތަނަށް ހޯދިފައެއް ނެތެވެ. ނަމަވެސް އެކަމުގެ ސިއްރުގެ ދެނެގަތުމަށްޓަކައި، މި ބާވަތުގެ ކެންސަރު ޖެހޭ މީހުންގެ ދިރިއުޅުމުގެ އާދަތަކާއި ވައްޓަފާޅިއާއި ހަށިގަނޑުގެ ބަރުދަނާއި ދިރިއުޅޭ މާހައުލުގެ ހާލަތްތަކަށް ބިނާކޮށްގެން މިހާރު އަންނަނީ ދިރާސާތަކެއް ހަދަމުންނެވެ.

Advertisement

މި ދިރާސާތަކަށް ސައެންސްވެރިންގެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އިރު، އުމުރުގެ ކުރީކޮޅުގައި ގޮހޮރުގެ ކެންސަރު ޖެހުމާއި ގޮހޮރުގައި އުފެދޭ ދުޅަޔާ ދެމެދުގައިވާ ބަޔަލޮޖިކަލް ގުޅުމަކީ ކޮބައިކަން އަދި ދެނެގަނެވޭ ގޮތެއް ނުވެއެވެ. ދާއިމީ ގޮތެއްގައި ދުޅައެއް ހުންނަ ނަމަ، އެ ތަނެއްގައި ކުރަ ލާގޮތްވެއެވެ. މިހާލަތު މެދުވެރިވުމުން އެ ތަނެއްގައި ހުންނަ ސެލްތަކުގެ ހެދިބޮޑުވުމަށާއި މަސައްކަތަށް ހުރަސްއެޅި އެ ގޮތުގައި ގިނަ ދުވަސްވުމުން އެ ތަނެއް ހަރުވެއެވެ.

ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް މިހާލަތު މެދުވެރިވިޔަސް އެ ގުނަވަނެއްގައި ކެންސަރު އުފެދުމަށް މަގުފަހިވެއެވެ. އޭގެ ތެރޭގައި އުރަމައްޗާއި ޗިސްމޭ ފަދަ ނާޒުކު ގުނަވަންތައް ވެސް ހިމެނެއެވެ. އެހެންކަމުން، ފަލަ ގޮހޮރަށް ކެންސަރު ޖެހުމުގައި ވެސް މި ސަބަބުތައް މެދުވެރިވާކަން ކަށަވަރު ކުރުމަށް މިހާރުވެސް އަންނަނީ ދިރާސާތައް ކުރަމުންނެވެ.

މިކަން ކަށަވަރު ކުރުމުގެ ގޮތުން، ވިލިއަމް ޕީ. ކްލެމެންޓްސް ޔުނިވަސިޓީ ހޮސްޕިޓަލް އެންޑް ޕާކްލޭންޑް ހެލްތުގެ ސައެންސްވެރިން މިހާރު އަންނަނީ، ފަލަ ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގި، މެދު އުމުރުގެ – އުމުރުން 50 ގެ އަހަރުތަކުގެ – 19 މީހެއްގެ ގޮހޮރުގެ ޓިޝޫތަކާއި އުމުރުގެ ކުރީކޮޅުގައި – އުމުރުން 50 އަހަރުން ދަށުގެ – ޓިއުމަރު ނެގި 14 މީހެއްގެ ގޮހޮރުގެ ޓިޝޫތައް ތަހުލީލުކުރަމުންނެވެ. މި ތަހުލީލުތަކުގައި ޓިއުމަރުގެ ޓިޝޫތަކާއި، އެ ޓިއުމަރުތަކުގެ ކައިރީގައި ހުރި ކެންސަރުގެ އަސަރެއް ފެންނަން ނެތް ޓިޝޫތައް ވެސް ތަހުލީލުކުރެއެވެ.

މި ތަހުލީލުތަކުން މިހާތަނަށް އެނގިފައިވާ ގޮތުގައި އުމުރުން 50 އަހަރުން ދަށުގެ މީހުންގެ ގޮހޮރުގެ ޓިޝޫތައް، އެއަށް ވުރެ ދޮށީ މީހުންގެ ގޮހޮރުގެ ޓިޝޫތަކަށް ވުރެ ހަރުކަން ފާހަގަކުރެވުނެވެ. ޓިއުމަރުގެ ޓިޝޫތަކުންނާއި، ކެންސަރު އަސަރު ނުކުރާ ޓިޝޫތަކުން ވެސް މި ހަރުކަން ފާހަގަކުރެވޭ ކަމަށް ސައެންސްވެރިން ބުންޏެވެ.

މި ހަރުކަމާ ގުޅިގެން ވަށައިގެންވާ ސަރަހައްދުގެ ސެލްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކެންސަރު އާލާވުމަށް މަގުފަހިވެއެވެ. މާނައަކީ ގޮހޮރުގެ ހަރުވާ ބައިތަކުގައި ކެންސަރު ސެލް ފަސޭހަކަމާ އެކު އާލާވެ، އެ ހަރުކަން އިތުރުވާ މިންވަރަކަށް ކެންސަރު ފެތުރިގަންނަ މިންވަރު ވެސް އަވަސްވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox