ގުދުރަތީ ކާނާވެސް ދަޅުގައި ބަންދުކުރީމާ ހިތުގެ ނުރައްކާ ބޮޑު

Dec 17, 2025, 3:45 AM
ގުދުރަތީ ކާނާވެސް ދަޅުގައި ބަންދުކުރީމާ ހިތުގެ ނުރައްކާ ބޮޑު

މޭވާ، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑީގެ ބާވަތްތަކުން ހަށިގަނޑަށް ލިބެންވާ ފައިދާތައް، އެންމެ ފުރިހަމައަށް ލިބެނީ ވީހާ ތާޒާކަމާއެކު ކެއުމުންނެވެ. ރޯކޮށް ކާންޖެހޭ ތަކެތި އެ ގޮތުގައި ކެއުމުންނެވެ. މިހެން މިކަން އޮތަސް، ވިޔަފާރީގެ ބޭނުމުގަޔާއި، ދަނޑުވެރިކަން ނުކުރާ ސަރަހައްދުތަކަށް އެތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި، ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ ގޮތަށް ދަޅު، ޕެކެޓް ފަދަ ތަކެތީގައި ބަންދުކޮށްފައި ހުރެއެވެ.

އެހެން ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ދުވަހަށް ރައްކާކޮށްފައި ބެހެއްޓޭނެ ގޮތަށް ކާރުހާނާތަކުގައި އުފައްދާފައި ހުންނަ، ގަހުގެ ބައިތަކުން ތައްޔާރުކުރާ ކާނާގެ ބާވަތްތައް ކެއުމަކީ، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވާ ކަމެކެވެ. ދަޅުގައި ބަންދުކުރުމުން (އަލްޓްރާ ޕްރޮސެސްޑް)، ތަރުކާރީ އާއި މޭވާ އަދި ފަލަމަޑިއާއި ގޮވާމުގެ ބާވަތްތަކުން ލިބެންވާ ހުރިހާ މަންފާއެއްހެން ގެއްލިގެންދެއެވެ.

ގަހުގެ ބައިތަކުން އުފައްދާ ކާނާގެ ބާވަތްތަކުގެ ގޮތުގައި މާނަކުރަނީ، ތަރުކާރީ އާއި މޭވާ އަދި ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ބޭނުންކޮށްފައި ހުންނަ ކާނާގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ގޮދަނުގެ ބައިތަކުން ތައްޔާރުކުރާ ރޮއްޓާއި ޕާނާއި، ތަރުކާރީގެ ބާވަތްތަކުން އުފައްދާ ސޫޕް ޕެކެޓާއި ދަޅު، އަދި ވަގުތުން ކައިލެވޭ ގޮތަށް ބަންދުކޮށްފައި ހުންނަ ޕާސްތާ އާއި ކަޕް ނޫޑްލްސް، ޑްރެސިން އަޅައިގެން ދަޅު ނުވަތަ ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ސެލެޑް ފަދަ ތަކެތި ވެސް ހިމެނެއެވެ.

ބޮޑެތި މީހުންނޭ ކިޔާ އުމުރުފުރާގެ 63000 މީހުންގެ މައުލޫމާތު އެއްކޮށްގެން ދާދި ފަހުން ހެދި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ދަޅުގައި ބަންދުކޮށްފައި މިފަދަ ބާވަތްތައް ކެއުމުން، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ 40 އިންސައްތަ އިތުރުވެއެވެ. މިއީ ފަރަންސޭސި ވިލާތުގެ ދަނޑުވެރިކަމާއި ކާނާ އާއި ތިމާވެއްޓާ ބެހޭ ދިރާސާ މަރުކަޒު (INRAE) އާއި ސޯބޯން ޕެރިސް ނޯޑް ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ ދިރާސާއެކެވެ.

މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ވެސް ފާހަގަކުރެވިފައިވަނީ، ގަހުގެ ބައިތަކުން އުފައްދައި ދަޅުގައި ބަންދުކުރި ކާނާ ކެއުމަކީ، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށެވެ. އެހެން ދިރާސާއެއްގައި ބުނެފައި އޮންނަ ގޮތުން، އެ ނުރައްކާ ކުޑަކޮށްދޭނީ، ގަސްގަހުން ލިބޭ ކާނާގެ ބާވަތްތައް ކެއުމުގައި މެދުމިންގަނޑެއްގައި ހިފަހައްޓައި، ހުރިހާ ބާވަތެއްގެ ފައިދާ ލިބޭ ތަރުކާރީ އާއި މޭވާގެ ތަފާތު ބާވަތްތައް ބޭނުންކުރުމުންނެވެ.

މި ދިރާސާގައި ސައެންސްވެރިން މަސައްކަތް ކުރީ، ގަސްގަހާގެހިން ލިބޭ ކާނާ އާއި ޖަނަވާރުން ލިބޭ ކާނާގެ ތެރެއިން، ހިތުގެ ދުޅަހެޔޮކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ ކޮން ބާވަތެއްގެ ކާނާއެއްކަން ދެނެގަތުމަށެވެ. އޭގެ އިތުރުން، ކާނާގައި އެކުލެވޭ ކާބޮހައިޑްރޭޓް، ސަރުބި، ވިޓަމިން، މިނެރަލް ފަދަ މާއްދާތަކާއި ހިތުގެ ދުޅަހެޔޮކަމާ ގުޅިފައިވާ މިންވަރާއި، ދިގު މުއްދަތަކަށް ބެހެއްޓުމަށްޓަކައި ސިނާއީ އުފެއްދުންތެރިކަން އިތުރުކުރުމުން އަންނަ ބަދަލުތައް ވެސް މި ދިރާސާގައި ދެނެގަނެވުނެވެ.

މި ދިރާސާގައި 63835 މީހެއްގެ މައުލޫމާތު، ނުވަ އަހަރު ވަންދެން އެއްކޮށް އެމީހުންގެ ސިއްހަތަށް އަންނަ ބަދަލާއި ކައިބޮއެ ހެދުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް ދެނެގަތެވެ. އަދި މީގެ ތެރެއިން ބައެއް މީހުންގެ ހާލަތު 15 އަހަރު ވަންދެން ދިރާސާކުރިއެވެ. އެމީހުން، ގަސްގަހާ ގެހީގެ ބައިތަކުން އުފައްދާ ކާނާ ކާ މިންވަރާއި، ޖަނަވާރުގެ ބާވަތްތަކުން އުފައްދާފައި ހުންނަ ކާނާ ކާ މިންވަރު ދިރާސާކުރި އެވެ. އޭގެ އިތުރުން، ދަޅުކާނާގެ ބާވަތްތައް ކައިއުޅޭ މިންވަރު ވެސް ދިރާސާކުރިއެވެ.

މި ދިރާސާގައި އެއްކުރި މައުލޫމާތު ތަހުލީލު ކުރުމުން އެނގުނީ، ގަހުގެ ބައިތަކުން އުފައްދާ ކާނާގެ ތެރެއިން ސިއްހީ މިންގަނޑު މަތި (ސަރުބި އާއި ހަކުރާއި ލޮނު މަދު) ކާނާ އަދި ސިނާއީ އުފެއްދުންތެރިކަން ވަރަށް ކުޑަކޮށް ބޭނުންކޮށްފައި ހުންނަ އެފަދަ ކާނާ (މަދު ދުވަސްކޮޅަކަށް ބެހެއްޓޭ ގޮތަށް، އައިސް އަލަމާރީގައި ބަހައްޓައިގެން ކާ ތަކެތި) ކެއުމުން، ހިތުގެ ބަލި ޖެހުމުގެ ނުރައްކާ 40 އިންސައްތަ ކުޑަކޮށްދޭ ކަމެވެ. އެއީ، ގަހުގެ ބައިތަކުން އުފައްދާ ކާނާގެ ތެރެއިން ސިއްހީ މިންގަޑު ދަށް ކާނާ އަދި ޖަނަވާރުގެ ބައިތަކުން އުފައްދާފައި ހުންނަ ކާނާގެ ބާވަތްތައް ކާ މީހުންނާ އަޅައި ބަލާއިރުއެވެ.

މީގެ އިތުރުން، ގަހުގެ ބައިތަކުން އުފައްދާ، ސިއްހީ މިންގަނޑު މަތީ ކާނާ ކަނީ، އެ ތަކެތި ދަޅުގައި ބަންދުކޮށްފައި ހުއްޓައި ކަމަށްވާ ނަމަ، ސިއްހީ މިންގަނޑު ދަށް އެފަދަ ކާނާ އަދި ޖަނަވާރުގެ ބައިތަކުން އުފައްދާ ކާނާ ކާ މީހުންނާ އަޅައި ބަލާއިރު، ހިތުގެ ބަލި ޖެހުމުގެ ނުރައްކާ ކުޑައެއް ނޫނެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި ކައިބޮއެ އުޅޭ އެއްޗިއްސާ އަޅައި ބަލާއިރު، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ، ގަހުގެ ބައިތަކުން އުފައްދާ، ސިއްހީ ފައިދާ ދަށް ކާނާ އާއި ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ކާނާ ކާ މީހުންނަށެވެ. ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ކާނާގެ ތެރޭގައި، ޗިޕްސްގެ ބާވަތްތަކާއި، ހަކުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ މޭވާގެ ޖޫސްތަކާއި، ޗޮކްލެޓް އެޅި ފޮނި ކާތަކެއްޗާއި، ހަކުރު އަޅައިގެން ހަދާފައި ހުންނަ ސީރިއަލްއާއި ބިސްކޯދުގެ އިތުރުން ގަހުގެ ބައިތަކުން ތައްޔާރުކޮށްފައި ހުންނަ ސޮޑާގެ ބާވަތްތައް ހިމެނެއެވެ.

ބުނެވި ދިޔަ ކާނާގެ ބާވަތްތަކަކީ، ފަލަމަޑި އާއި ތަރުކާރީ އާއި މޭވާ އަދި ގޮވާމުގެ ބާވަތްތަކުން އުފައްދާ ކާއެއްޗެހި ކަމަށް ވިޔަސް، އެ ތަކެތި ގިނަ ދުވަހަށް ބެހެއްޓުމަށްޓަކައި، ސިނާއީ ގޮތުން އެތަކެއްޗަށް ގެންނަ ބަދަލުތަކުގެ ސަބަބުން، އެތަކެތިން ލިބެންވާ ހަގީގީ މަންފާގެ ބޮޑުބައެއް ގެއްލެއެވެ. އަދި އެފަދަ ކާނާ ކައި އުޅޭ މީހުންނަށް ހިތުގެ ނުރައްކާތެރި ބައްޔެއް ޖެހުމުގެ ނުރައްކާ 40 އިންސައްތަ އިތުރު ކަމަށް ދިރާސާއިން ދައްކައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox