މޮންޓަރޭގެ ޗެޕްޓަރަށް ފަހު ރާމޯސްގެ މިސްރާބު އެނބުރި ޔޫރަޕަށް

Dec 2, 2025, 6:39 AM
މޮންޓަރޭގެ ޗެޕްޓަރަށް ފަހު ރާމޯސްގެ މިސްރާބު އެނބުރި ޔޫރަޕަށް

މެކްސިކޯ ސިޓީ (ޑިސެމްބަރު 2) - މެކްސިކޯގެ ކްލަބް މޮންޓަރޭއާ އެކު، ސްޕެއިނުގެ ލެޖެންޑަރީ ޑިފެންޑަރު، ސާޖިއޯ ރާމޯސް ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، ރިޓަޔާކުރުމުގެ ބަދަލުގައި ޔޫރަޕްގެ ކްލަބަަކަށް ބަދަލުވުމަށް ތައްޔާރީތައް ފަށައިފި އެވެ.

އުމުރުން 39 އަހަރުގެ ރާމޯސް، މޮންޓަރޭއާ އެކު ހަދާފައިވާ އެއްބަސްވުން އޮތީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ކުރަން ރާމޯސް ބޭނުމެއްނުވާކަން އެ ޓީމަށް ވަނީ އަންގައިފަ އެެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރާމޯސް ނިންމާފައިވަނީ އަލުން ޔޫރަޕްގެ ކްލަބަކަށް ކުޅުމަށެވެ. އަދި، އޭނާގެ އޭޖެންޓް ވާހަކަ ދައްކަމުން އަންނަ އެއް ކްލަބަކީ އިޓަލީގެ އޭސީ މިލާން އެވެ. އަދި، އިޓާލިއަން ލީގަށް ވާދަކުރާ މިލާނާ އެކު، ހަ މަހުގެ ކޮންޓްރެކްޓެއް ހަދައި، އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ވޯލްޑް ކަޕަށް ދާ ސްޕެއިން ޓީމުގެ ސްކޮޑަށް އެރުމަކީ ރާމޯސްގެ ޓާގެޓެއް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ ފުރިހަަމަ އެއް ޑިފެންޑަރު، ރާމޯސް، ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ. ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީ ދޫކޮށްލައި، ފަހުން ސެވިއްޔާ އަށް ކުޅުމަށް ފަހު، މިދިޔަ ސީޒަން ނިމުމުން ހުރީ ޓީމަކާ ނުގުޅި އެވެ.

އެކަމަކު، ކުރިން މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކަށް ކުޅުނު މާޓިން ޑެމިކޭލިސް ކޯޗުކޮށްދޭ މޮންޓެރޭގެ އޮފާ މި އަހަރު ކުރީކޮޅުގައި ލިބުމުން ރާމޯސް ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެ ޓީމުގައި 93 ނަމްބަރު ޖޯޒީ ބޭނުންކުރި، ރާމޯސް ވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް އެ ޓީމާ އެކު ކުޅެފަ އެވެ. އެ ޖޯޒީ ނަމްބަރަކީ ރެއާލަށް ކުޅެމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ރާމޯސް ލަނޑު ޖެހި މިނިޓް ރަމްޒު ކޮށްދޭ ނަމްބަރެވެ.

ރެއާލަށް އަލުން ދިއުމަށް ތަކުރާރުކޮށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ރެއާލުގެ އޮފާއެއް އޭނާ އަށް ނުދޭން އެ ކްލަބްގެ މެނޭޖްމަންޓުން ކުރިން އޮތީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox