ގޭގައި ގެންގުޅޭ ބައެއް ސާމާނުން ފުރަމޭ ހަލާކުކޮށްލާ

Nov 16, 2025, 2:09 AM
ގޭގައި ގެންގުޅޭ ބައެއް ސާމާނުން ފުރަމޭ ހަލާކުކޮށްލާ

ކޮންމެ ދުވަހަކު ވެސް އެކުގައި އުޅެވޭ ބައެއް ގެވެހި ސާމާނުގެ ސަބަބުން ފުރަމޭ ހަލާކުވުމުގެ ނުރައްކާ ތިން ގުނަ އިތުރުކޮށްދޭ ކަމަށް ސައެންސްވެރިން ބުނެފިއެވެ. މައްސަލައަކީ ގޭގައި ގެންގުޅޭ ގެވެހި ސާމާނެއް ނޫނެވެ. އެ ސާމާނު އުފެއްދުމުގައި ބޭނުންކޮށްފައި ހުންނަ ނުރައްކާތެރި ކެމިކަލެކެވެ.

އާންމު ގޮތެއްގައި ފުރަމޭގެ މައްސަލަތައް މެދުވެރިވާން ފަށަނީ މައިގަނޑު ތިން ކަމެއްގެ ތެރެއިން ކޮންމެވެސް އެއް ކަމެއް މެދުވެރިވުމުންނެވެ. އެއީ އާދަޔާ ހިލާފަށް ގިނައިން ބަނގުރާ ބުއިން، ހަކުރު ބައްޔާއި ކޮލެސްޓެރޯލް މަތިވުން ނުވަތަ ހެޕަޓައިޓިސް ބީ އާއި ސީ ފަދަ ބައެއްޔެއްގެ ސަބަބުން ފުރަމޭގައި ޖަރާސީމު އަށަގަތުމެވެ.

ނަމަވެސް، ލިވާ އިންޓަނޭޝަނަލް ކިޔާ ޖާނަލްގައި ޝާޢިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޓެޓްރަކްލޯރޯއެތިލީން ނުވަތަ ޕާކްލޯރޯއެތިލީން (ޕީސީއީ) އަށް ދާއިމީ ގޮތެއްގައި ހުށަހެޅޭ މީހުންގެ ފުރަމެއަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ނުރައްކާ ވަރަށް ބޮޑެވެ. ޕީސީއީ އަކީ އާންމު ގޮތެއްގައި ޑްރައި ކްލީން ކުރުމުގައި ބޭނުންކުރާ ބާރުގަދަ ކެމިކަލެކެވެ.

އޭގެ އިތުރުން ކޮންމެ ގެއެއްގައި ވެސް އާންމުކޮށް ހުންނަ އެއްޗެހި ކަމަށްވާ، ތެރަސް، ލައްފިލުވާ، ސްޓެއިންލެސް ސްޓީލް ޕޮލިޝް، ދަވާދު ފިލުވާ އެއްޗެހި ފަދަ ސާމާނުގައި ވެސް ޕީސީއީ އެކުލެވެއެވެ. މިއީ އިތުރު އެހެން ކަންކަމުގައި ވެސް ތަފާތު އެހެން ކެމިކަލްތަކާ އެއްކޮށްގެން ވެސް ބޭނުންކުރާ، ހުޅު ނުހިފާ އަގު ހެޔޮ ކެމިކަލެކެވެ.

ގޭތެރޭގައި ގެންގުޅޭ ބައެއް ސާމާނުގައި މި ވިހަ ކެމިކަލް ބޭނުންކޮށްފައި ހުރުމުން، ގޭތެރޭގައި ދައުރުވާ ވައިގެ ތެރެއަށް އެ ކެމިކަލް ފެތުރިގެންދެއެވެ. އަދި ފެނާއި ގޭގައި ހިފައި ގެންގުޅޭ އެހެން ތަކެއްޗަށް ވެސް މި ކެމިކަލްގެ އަސަރު ފޯރާފައި ހުރެއެވެ. ނަތީޖާއަކަށް ވަނީ އެ ގޭގައި އުޅޭ މީހުން ނޭވާލައި އުޅުމުގެ ތެރޭގައި ހަށިގަނޑުގެ ތެރެއަށް މި ކެމިކަލް ވަނުމެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން، އާންމު ގޮތެއްގައި ޕީސީއީގެ އަސަރު ހަށިގަނޑަށް ފޯރުމަކީ، އެމީހެއްގެ ފުރަމޭގައި ދުޅައެއް އުފެދި އެ ދުޅައިގެ ސަބަބުން ފުރަމޭގައި ލަކުނު ޓިޝޫ (ލިވާ ފައިބްރޯސިސް) އުފެދި ބޮޑުވުމުގެ ނުރައްކާ ތިން ގުނައަށް އިތުރުކޮށްދޭ ކަމެކެވެ. ފުރަމޭގައި އުފެދޭ މިފަދަ ލަކުނު ޓިޝޫތައް، ގިނަ ދުވަސްވުމުން ބަދަލުވެގެން ދަނީ ފުރަމޭގެ ކެންސަރަށެވެ. އޭގެ ސަބަބުން ފުރަމޭގެ މަސައްކަތް ހުއްޓި މަރާ ކުރިމަތިލާންޖެހެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން، މިބާވަތުގެ ކެމިކަލް ސީދާ ގޮތުން ހަށިގަނޑުގެ ތެރެއަށް ވާސިލުވާ ފަދަ މާހައުލުތަކުގައި މަސައްކަތް ކުރާ މީހުންގެ ފުރަމޭ އަވަހަށް ހަލާކުވުމުގެ ނުރައްކާ، އެ ނޫން މީހުންނާ އަޅައި ބަލާއިރު އެތައް ގުނައެއް އިތުރެވެ. އެފަދަ މާހައުލުތަކުގެ ތެރޭގައި ޕީސީއީ ބޭނުންކުރަންޖެހޭ ޒާތުގެ މަސައްކަތް ކުރާ ކާރުޚާނާތަކާއި ވޯކްޝޮޕް އަދި ގަރާޖު ފަދަ ތަންތަން ހިމެނެއެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން، ޕީސީއީ ކެމިކަލް އާންމުކޮށް ބޭނުން ނުކުރާ ތަންތަނުގައި އުޅޭ މީހުންގެ ތެރެއިން، ފުރަމޭ ހަލާކުވުމުގެ ނުރައްކާ އެންމެ ބޮޑީ، ޑްރައި ކްލީން ކޮށްގެން އަންނައުނު ބޭނުންކުރާ މީހުންނަށެވެ. ސަބަބަކީ އަންނައުނު ޑްރައިކްލީން ކޮށް ނިމިގެން ގެއަށް ގެނެސް ބަހައްޓާފައި ހުންނަ އިރު، އެ އަންނައުނެއްގައި ހުންނަ ޕީސީއީގެ އަސަރު، އާވީގެ ގޮތުގައި މަޑުމަޑުން ވައިގެ ތެރެއަށް ބޭރުވަމުން ދާނެއެވެ.

ދެން އެ ގޭގައި އުޅޭ މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއިންލާފައި ޕީސީއީ ކެމިކަލް، އެމީހެއްގެ ފުރަމެއަށް ވަދެ ގެއްލުންދެއެވެ. ނަމަވެސް، މި ކަންކަން ހިނގާއިރު، އެކަކަށް ވެސް މިކަމެއް ނޭނގެއެވެ. އަދި ދުވަހަކުވެސް އެ ބާވަތުގެ ކެމިކަލެއް ބޭނުންކުރި ކަމަކަށް ވެސް ނުވެއެވެ. ސަބަބަކީ ޑްރައި ކްލީން ކުރަނީ އެފަދަ ވިހަ ކެމިކަލެއް ބޭނުންކޮށްގެން ކަން މީހުންނަށް ނޭނގޭތީއެވެ.

އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާ އިން، ޕީސީއީ ގިންތިކޮށްފައިވަނީ ޕްރޮބެބްލީ ކާސިނޮޖެން – އެ މާއްދާއަކަށް އިންސާނާ ހުށަހެޅިއްޖެ ނަމަ، ކެންސަރު ޖެހުމުގެ ފުރުސަތު އޮތް މާއްދާއެއް ކަމަށް، މަދު ދިރާސާތަކަކުން ހާމަވާ މާއްދާ – އެއްގެ ގޮތުގައެވެ. މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ޕީސީއީ އާއި ގުރުދާގެ ކެންސަރާއި ޕްލާޒްމާ ސެލްގެ ކެންސަރާއި ލިމްފޮސައިޓްސްގައި އުފެދޭ ކެންސަރުގެ ބާވަތެއް ކަމަށްވާ ނޮން-ހޮޖްކިން ލިމްފޯމާއާ ގުޅުން އެބަހުއްޓެވެ.

މި ސަބަބުތައް މިހެން ހުރުމުން، އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން މިހާރު ވަނީ، ޑްރައި ކްލީންގެ ސިނާއަތުގައި ޕީސީއީ ބޭނުންކުރުން ހުއްޓައިލުމުގެ 10 އަހަރު ދުވަހުގެ ޕްރޮގްރާމެއް ފަށައިފައެވެ. އަދި އެހެނިހެން ސިނާއީ މަސައްކަތްތަކުގައި ވެސް ޕީސީއީ ބޭނުންކުރުން މިހާރު ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޭގަނޑު ހަމަނިދި ހޯދުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ

ހަމަނިދި ހޯދުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ސިއްހަތަށް ފައިދާހުރި ކެއުންބުއިމުގެ އާދަތައް ބެހެއްޓުމަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަންކަމެވެ. ރޭގަނޑު އިތުރަށް ނިދުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެއްކަން ދިރާސާތަކުން ދައްކައެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" ނީލަން ކިޔުމުގެ ކުރިން ދުނިޔޭގެ އެކި ސިޓީތަކުގައި ދައްކާލުމުގެ ދަތުރު ލަންޑަނުން ފަށައިފިއެވެ. މި ހެދުން އަންނަ ޑިސެމްބަރު މަހު ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މިއީ ޑަޔާނާ އަވަހާރަވުމާ ގުޅޭގޮތުން ކިންގް ޗާލްސްގެ މައްޗަށް އާ ތުހުމަތުތަކެއް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox