ޑާކްރެއިންގެ "މޫސުން" ފިނާލޭ ވީޑިއޯ ކްލަބުން ސްޓްރީމް ކުރަން ފަށައިފި

ޑާކްރެއިންގެ "މޫސުން" ފިނާލޭ ވީޑިއޯ ކްލަބުން ސްޓްރީމް ކުރަން ފަށައިފި

ޑާކްރެއިން އެންޓަޓައިންމަންޓްގެ މޫސުން ފިނާލޭ މީޑިއާނެޓްގެ ވީޑިއޯ ކްލަބުން ސްޓްރީމްކުރަން ފަށައިފި އެވެ.

މޫސުންގެ ފިނާލޭގައި ހިމެނޭ 10 އެޕިސޯޑް މިހާރު ވީޑިއޯ ކްލަބުން ބެލޭއިރު، މުޅި ސީރީޒް އެއްކޮށް ވެސް ވީޑިއޯ ކްލަބުގެ ބިންޖުން ބެލޭނެ އެވެ.

މުހައްމަަދު އަލީ އަދި އައިޝަތު ފުވާދު ތައުފީގު ޕްރޮޑިއުސްކޮށްފައިވާ މޫސުން ސީރީޒްގައި ތަރިންގެ ގޮތުގައި އައިޝާ ރަޝީދު، ދަރާ މުހައްމަދު ރަޝީދު، ސާމީ ހުސައިން އަދި އާމިނަތު ސުހާ ހިމެނެ އެވެ.

Advertisement

އެ ސީރީޒްއަކީ ފެމިލީ ޑްރާމާއެއްގެ އިތުރުން ރިވެންޖް ތުރިލާއެކެވެ. އެގޮތުން ގައްދާރުވުމާއި ކުށްހީވުމާ ގުޅޭ ކަންކަން ވެސް ސީރީޒްގައި ހިމެނެ އެވެ.

މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެމްޓީވީ ސާވިސް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެ ޓީވީ އަދި ފޯނު މެދުވެރިކޮށް މި ސީރީޒްގެ އެޕިސޯޑުތައް ބަލައިލެވޭނެ އެވެ.

މީގެއިތުރުން އެމް އެސް ގްލޯބަލްއާއި އެމް އެސް ޑީޖިޓަލް ގްލޯބަލް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންނަށް ވެސް މޫސުން ސީރީޒް ބަލައިލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިއަމް ޕޭންގެ ހަނދާނުގައި ހެރީ ސްޓައިލްސްގެ އާ ލަވައެއް

މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، އޭނާއާއެކު "ވަން ޑައިރެކްޝަން" ބޭންޑުގައި މަސައްކަތްކުރި ލިއަމް ޕޭން މަރުވިތާ ދެ އަހަރު ފުރުނު ދުވަހާ ދިމާކޮށް އޭނާގެ ހަނދާނުގައި އާ ލަވައެއް ހުށަހަޅައިދީފިއެވެ. ނިއުޔޯކުގެ މެޑިސަން ސްކޮޔާ ގާޑަންގައި ބޭއްވި ކޮންސެޓެއްގައި "ވަޓް އިޒް އިނަފް" ގެ ނަމުން ނަންދީފައިވާ މި ލަވަ ހުށަހަޅައިދެމުން، ސްޓައިލްސް ވަނީ ޕޭންއަކީ އޭނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ގާތް އެކުވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ހިކޭ ބޭހުން ނިޔަފައްޗާއި އިސްތަށި ފޭބުމުގެ ފުރުސަތު އޮވޭ

ބަރުދަން ލުއިކުރުމަށް ބޭނުންކުރާ "ޖީއެލްޕީ-1" ބޭސްތަކުގެ ސަބަބުން ނިޔަފަތި ނެއްޓުމާއި، ނިޔަފަތީގެ ކުލަ ބަދަލުވުމުގެ ފުރުސަތު ބޮޑުވާކަމަށް އާ ދިރާސާއަކުން ވަނީ ދައްކާފައެވެ. މި ބޭސް ބޭނުންކުރާ މީހުންގެ މެދުގައި ނިޔަފަތީގެ މައްސަލަތައް ދިމާވުން ދެ ގުނަ އިތުރު ނަމަވެސް، މިއީ ސީދާ ބޭހުގެ ސަބަބުން ނުވަތަ ބަރުދަން ލުއިވުމާ ގުޅިގެން ދިމާވާ ކަމެއްތޯ ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ފަލަސްތީނަށް އެހީވާތީ ސެލީ ރޫނީގެ ފޮތްތައް ޔޫކޭގައި ނުވިއްކޭނެ

މަޝްހޫރު ލިޔުންތެރިޔާ ސެލީ ރޫނީ ފަލަސްތީން އެކްޝަން ޖަމާއަތަށް މާލީގޮތުން އެހީތެރިވާތީ، އިނގިރޭސިވިލާތުގެ ގާނޫނުތަކާ ފުށުއަރާތީ އޭނާގެ ފޮތްތައް އެ ގައުމުގައި ވިއްކުން ހުއްޓާލައިފިއެވެ. މި ނިންމުން ނިންމީ ފޮތްތަކުން ލިބޭ ރޯޔަލްޓީ ފައިސާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ދިނުމަކީ ޖިނާއީ ކުށަކަށް ވެދާނެތީ، ޕަބްލިޝަރާ މަޝްވަރާކުރުމަށްފަހުގައެވެ. މީގެ ސަބަބުން އިނގިރޭސިވިލާތުގައި އޭނާގެ ފޮތްތައް ސަޕްލައިކުރުމާއި އީ-ބުކް ވިއްކުން މިހާރު ވަނީ މެދުކަނޑާލާފައެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ރަސެލް ބްރޭންޑްގެ ރޭޕް މައްސަލައިގެ ޝަރީއަތް ފަށައިފި

ރަސެލް ބްރޭންޑްގެ މައްޗަށް ކުރެވޭ ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއްގެ ޝަރީއަތް އިނގިރޭސިވިލާތުގެ ކޯޓެއްގައި ފަށައިފިއެވެ. 1999 އިން 2009 އާ ދެމެދު ހަ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ މި ތުހުމަތުތަކަށް އޭނާ އިންކާރު ކުރާއިރު، ޕްރޮސެކިއުޓަރުން މިހާރު ދަނީ މައްސަލައިގެ ބަޔާންތައް ހުށަހަޅަމުންނެވެ.

4،700 އަހަރުވީ ޝިޕްރެކެއް ތުރުކީއިން ފެނިއްޖެ

ތުރުކީގެ އަންޓަލްޔާ އައްސޭރިފަށުން 4،700 އަހަރުވީ ދުނިޔޭގެ އެންމެ ދުވަސްވީ ޝިޕްރެކްގެ ބައިތައް ފެނިފައިވާ ކަމަށް އާސާރީ މާހިރުން ހާމަކޮށްފިއެވެ. ކަނޑުގެ 30 މީޓަރު އަޑިން ފެނުނު މި ވިޔަފާރި އުޅަނދުން މަށިން ހަދާފައިވާ ގިނަ އަދަދެއްގެ މުދާ ރައްކާކުރާ ތަކެއްޗާއި ހިލަ ނަގިލިތަކެއް ފެނިފައިވާއިރު، މިއީ މިސްރުގެ ޕިރަމިޑްތައް ބިނާކުރި ދުވަސްވަރުގެ އުޅަނދެއް ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox