ޕީއެންސީން ރޭ ބޭއްވި ޖަލްސާއަށް ކުންފުނިތަކުގެ މުވައްޒަފުން ދިޔައީ މަޖުބޫރުކޮށްގެން، ހާޒިރީ ވެސް ބެލި!

ރޭގެ ޖަލްސާއަށްފަހު ރައީސް މުއިއްޒު އެތަނަށް އެއްވެ ތިބި މީހުންނާ ސަލާމްކުރައްވަނީ ---- ފޮޓޯ: ޕީއެންސީ

ރޭގެ ޖަލްސާއަށްފަހު ރައީސް މުއިއްޒު އެތަނަށް އެއްވެ ތިބި މީހުންނާ ސަލާމްކުރައްވަނީ ---- ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ޖަގަހަ ޖަލްސާއަށް ދިޔުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރި ކަމަށާއި، ޖަލްސާއަށް ދިޔަ މުވައްޒަފުންގެ ހާޒިރީ ބެލިކަން އެނގިއްޖެ އެވެ.

ރޭގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު އާއި ވަޒީރުން އަދި ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެންބަރުން ހެން އަދި މާލެ ސިޓީގެ ކައުންސިލަރުން ބައިވެރިވި އެވެ. އާޓިފިޝަލް ބީޗު ކައިރި ހުންނަ ޖަގަހައިގައި ބޭއްވި ޖަލްސާގެ ބައިވެރިން ބޮޑުތަކުރުފާނު މަގާއި އާޓިފިޝަލް ބީޗު ތެރޭ ވެސް ތިއްބެވެ.

މި ނޫހަށް މައުލޫމާތު ދިން އެސްއޯއީތަކުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި މި ޖަލްސާއަށް ދާން ކުންފުނިތަކުގެ ވެރިން މި ހަފުތާ ފެށުމާއެކު އަންގަން ފެށި އެވެ. އެކަން އަންގަން ގްރޫޕުތަކަށް މެސެޖުކޮށް، ވަކި މީޓިންތަކެއް ބޭއްވި ކަމަށް އެ މުވައްޒަފުން ބުންޏެވެ.

އެގޮތުން، އެމްޕީއެލް، ސްޓެލްކޯ، އެމްއޭސީއެލް، އެސްޓީއޯ ފަދަ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޭގެ ޖަލްސާއަށް ދާން އެންގި ކަމަށް އެ ކުންފުނިތަކުވެ މުވައްޒަފުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ޖަލްސާއަށް ކުންފުނިތަކާއި ވުޒާރާތަކުގެ މުވައްޒަފުން ގެންދިޔައީ ގްރޫޕުތަކަކަށް ބަހައިގެންނެވެ. އެ ގްރޫޕުތަކުގެ ހާޒިރީ ބެލުމަށް ސުޕަވައިޒަރުންތަކެއް ވެސް ލާފައި ތިއްބެވެ. ހާޒިރީ ރިޕޯޓުކުރީ ކުންފުނިތަކާއި ވުޒާރާތަކުގެ ވެރިން އަދި ޕީއެންސީގެ ލީޑަޝިޕަށެވެ.

މިގޮތަށް މުވައްޒަފުން ގެންގޮސް ބޭއްވި ޖަލްސާއިން ފެންނަނީ މުއިއްޒު އާއި ޕީއެންސީއަށް އޮތް ތާއީދު ކަމަށް ބުނެ، އެ ޕާޓީގެ އެކްޓިވިސްޓުން ދަނީ ސޯޝަލް މީޑިއާގައި އަޑުފަތުރަމުންނެވެ. ރޭގެ ޖަލްސާގައި މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން ބައިވެރި ކަމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ އަޑުތައް ފެތުރެމުންނެވެ.

ޕީއެންސީގެ ޖަގަހައަށް މުއިއްޒު ވަޑައިގެންނެވީ ޖަލްސާގެ މެދުތެރެއިންނެވެ. ޖަލްސާއަށް ވަޑައިގެން އެމަނިކުފާނު ވަނީ މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި އިތުރު 3000 ފްލެޓު އެޅުމުގެ މަސައްކަތް ފެށްޓެވުން ފަދަ އައު ގިނަ ވައުދުތަކެއް ވެފަ އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު އަމަލު ކުރައްވަމުން ގެންދަވަނީ ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ދިން ފްލެޓުތަކާއި ގޯތިތައް ވެސް އޭގެ ހައްގުވެރިންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް ދެމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox