ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ކުންފުނި ދިމްޔާތުގެ ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ޑިވިޝަންގެ އިތުރު ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި އެވެ.
ދިމްޔާތު ކުންފުނީގެ ދަށުން ހިންގާ ކެފޭ "ޑެމިއެޓާ" އިން ސްޕޮންސާ ކުރި ހަތަރުވަނަ ކްލަބަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. މީގެ ކުރިން ވެސް ތިން ކުލަބެއް ވަނީ ސްޕޮންސާކޮށްފަ އެވެ.
ޓީސީގެ އިތުރުން އެ ކެފޭއިން ސްޕޮންސާކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އާއި ކްލަބް އީގަލްސް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.
ސްޕޮންސާޝިޕުތަކަށް މުއިއްޒުގެ އާއިލީ ކުންފުނިން ހޭދަ ކުރާ އަދަދެއް މި ނޫހަކަށް ނޭނގެ އެވެ.
އެ ކެފޭއިން ފުރަތަމަ ޑިވިޝަންގެ ތިން ކްލަބެއްގެ މެއިން ސްޕޮންސާކަން ނެގުމުން ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

މިއީ ފުރަތަމަ ޑިވިޝަންގެ ހަތަރު ކްލަބަކަށް އެއްފަހަރާ އެއް ކުންފުންޏަކުން މެއިން ސްޕޮންސާކަން ނެގި ފުރަތަމަ ފަހަރެވެ.
ދިމްޔާތުގައި އޮންނަނީ މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއި މުއިއްޒުގެ ދަރިކަނބަލުން އަދި ދެ ދަރިކަލުންގެ ހިއްސާ އެވެ.
މިކަމާ ގުޅިގެން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބަހެއް ހޯދުމަށް އަދަދު އިން ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ.













