މުއިއްޒު އަނެއްކާވެސް މަސްވެރިންނާ ބައްދަލު ކުރައްވައި މަސް ގަންނަ އަގު ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެ

މަސްވެރިންނާއެކު ރައީސް އޮފީހުގައި މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނާއެކު ރައީސް އޮފީހުގައި މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ދޮޅު އަހަރުދުވަހުގެ ތެރޭގައި ތިންވަނަ ފަހަރަށް މަސްވެރިންނާ ބައްދަލު ކުރައްވައި މަސް ގަންނަ އަގު ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ތެރެއިން ބައެއް މީހުންނާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ މަސް ގަންނަ އަގު މަސް ކިލޯއެއް ގަންނަ އަގު 20ރ. އަށްވުރެ ބޮޑު ކުރާނެ ތާރީހެއް ސާފު ކުރުމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އެކަން ކޮށްދެއްވާނެ ވަކި ތާރީހެއް މުއިއްޒު ނުދެއްވަ އެވެ.

އެ ކަންބޮޑުވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މަސް ގަންނަ އަގު ބޮޑު ކުރެވޭނީ މަސް ކުރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގައި މެދުކެނޑުމެއްނެތި ދެވޭނެކަން ޔަގީންވެ އެގޮތަށް އެކަން ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަސްވެރިން ވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމަށް މަސްވެރިންނަށް ހުރި ދަތިތަކާއި މިފްކޯގައި މަސް ކިރުވުމަށް ބޭނުންކުރާ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލު ކުރުމާއި މަސްވެރިކަމުގެ ލައިސެންސް ހޯދުމަށް ކުރިމަތިވާ ދަތިތަކުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސް ކިރުވުމަށް ހުރި ދަތިތައް މުއިއްޒުއާ ހިއްސާ ކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ. އެގޮތުން މަސްވެރިން ލޯނަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔުންތައް މަދު ކުރެވޭނެ ގޮތެއް ހަމަޖެއްސޭނެތޯ ބެލުމަށް ބީއެމްއެލްއަށް އަންގަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަދި އެސްޓީއޯއިން ތެޔޮ ވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮ ވިއްކަން ފެށުމަށް ކުރާ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ނިންމޭތޯ މަސައްކަތް ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި މަސްވެރިން ވަނީ ރާއްޖޭގެ އެންވެރިކަން ދަށްވެފައިވާކަން މުއިއްޒުގެ ސަމާލުކަމަށް ގެނެސް އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަމަށް ބުނެފަ އެވެ. އެ ކަންބޮޑުވުން މަސްވެރިން ހިއްސާ ކުރުމުން މުއިއްޒު ވަނީ ވ. އަތޮޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންވެރިކަމަށް އޭގެ އަސަރު ނުކުރާނެ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

މިއީ މަސްވެރިންނާއި މުއިއްޒު ބައްދަލު ކުރެއްވި ތިންވަނަ ފަހަރެވެ. އެ ތިން ފަހަރު ވެސް މަސްވެރިން ވަނީ މަސް ގަންނަ އަގު ބޮޑު 20ރ. އަށްވުރެ ބޮޑު ކޮށްދިނުމަށް މުއިއްޒުގެ އަރިހުން އެދިފަ އެވެ. އަދި އެ ހުރިހާ ބައްދަލުވުމެއްގައި ވެސް މަސް ގަންނަ އަގު ބޮޑު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.

ކަޅުބިލަމަހުގެ މަސްވެރިންނާ މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ޑިސެމްބަރު 9، 2023 ގަ އެވެ. އެ ދުވަހު ވެސް އެމަނިކުފާނުގެ އަރިހުން މަސްވެރިން އެދުނީ މަސް ގަންނަ އަގު 20ރ. އަށްވުރެ ކުޑަ ނުކުރުމަށެވެ. އޭރު މިފްކޯއަށް މަސް ގަންނަމުން ދިޔައީ ކިލޯއެއް 25ރ. ގެ މަގުންނެވެ.

"އަޅުގަނޑު ދޭންއޮތް ޔަޤީންކަމަކީ، އަޅުގަނޑުމެންގެ ހުރިހާ އަމާޒަކީވެސް ވެފައި ހުރި ވައުދުތައް ފުއްދުމާއި، އޭގެ އިތުރަށް ވެސް، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިންނަށާއި ހުރިހާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުން. 25 ރުފިޔާއަށް ހުރި އަގު، ކުޑަކުރުމެއް ނޫން ވިސްނުމަކީ،" ޑިސެމްބަރު 9، 2023 ގައި ބޭއްވި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ އެގޮތަށް. އެހެން ނަމަވެސް، ތިޔަ ބޭފުޅުންނާ ވެސް މަޝްވަރާ ކުރެވި، ހަމަ މުޅި އިންޑަސްޓްރީއާ މަޝްވަރާ ކުރެވިގެން އަޅުގަނޑުމެންގެ ކަންތައްތައް ނިމެމުން ދާނީ. އަޅުގަނޑު ވީ ވައުދެއް، އިރާދަކުރެއްވިއްޔާ ބަދަލެއްނުކުރާނަން. ވައުދާ އެއްގޮތަށް އަދި އެއަށްވުރެ ވެސް ރަނގަޅު ކުރަން މަސައްކަތް ކުރާނީ. ޝުކުރިއްޔާ!"

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ޖޫން، 2024، ގައި ސަރުކާރުން ވަނީ މަހުގެ އަގުން 36 ޕަސެންޓު ކަނޑާލައިފަ އެވެ.

އޭގެފަހުން އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބޮޑު ޖަލްސާއެއް ބާއްވާނެކަން އިއުލާނު ކުރުމާއެކު އަނެއްކާ ވެސް ޑިސެމްބަރު 4، 2024 ގައި މަސްވެރިންނާ މުއިއްޒު ބައްދަލު ކުރެއްވި އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ވެސް މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަކުރީ މަސް ގަންނަ އަގު ކުޑަވުމެވެ.

އެ ދުވަހު ވެސް މަސް ގަންނަ އަގު 20ރ. އަށްވުރެ ބޮޑު ކުރުމުގެ ކަންބޮޑުވުން ވަރަށް ސީރިއަސްކޮށް ބަލައި އެކަމަށް ހައްލު ހޯދުމަށްޓަކައި ވަރަށް އަވަސް ފިޔަވަޅުތަކެެއް އަޅުއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަސްވެރިންނާ އަނެއްކާ ވެސް މުއިއްޒު ބައްދަލު ކުރައްވާފައި މިވަނީ އިދިކޮޅު އެމްޑީޕީން އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ކުރުމަށް ތައްޔާރުވަމުން ދަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox