އެސެޓް ރިކަވަރީ ގާނޫނު ފަރުމާކޮށްފައި އޮތީ ޖިނާއީ ކުށެއް ސާބިތުނުވި ނަމަވެސް ދައުލަތަށް މުދަލާއި ފައިސާ ނެގޭ ގޮތަށް

ރައީސް މުއިއްޒު: އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: ރައީސް އޮފީސް

މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތު ނުވި ނަމަވެސް އަދި ޖިނާއީ ޝަރީއަތެއް ހިންގުމަކައި ނުލައި ވެސް އޭނާގެ ފައިސާ އާއި މުދާ ދައުލަތަށް ނެގޭ ގޮތަށް އެސެޓް ރިކަވަރީ ގާނޫނެއް ސަރުކާރުން ފަރުމާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ދައުލަތުން ތައްޔާރުކޮށްފައިވާ އެ ގާނޫނުގެ ދެލިކޮޕީ އަދަދު އަށް ލިބިފައިވާއިރު، އިދާރީ ގޮތުން އަޅާ ފިޔަވަޅަކުން ވެސް މީހެއްގެ މުދަލާއި ފައިސާ ނެގޭނެ އުސޫލުތަކެއް އޭގައި ވަނީ ބަޔާންކޮށްފަ އެވެ.

މީހެއްގެ މުދަލާއި ފައިސާ ނެގޭނެ ތިން ގޮތެއް އެސެޓް ރިކަވަރީ ގާނޫނުގެ ދެލިކޮޕީގައި ބަޔާންކޮށްފައިވެ އެވެ. އެއީ އިދާރީ ގޮތުން އަޅާ ފިޔަވަޅަކުން މުދަލާއި ފައިސާ ނެގުން، ޖިނާއީ ކުށެއް ސާބިތު ނުވި ނަމަވެސް މުދަލާއި ފައިސާ ނެގުން އަދި ޖިނާއީ ކުށެއް ސާބިތުވުމުން މުދަލާއި ފައިސާ ނެގުމުގެ އުސޫލުތަކެވެ.

އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ދަށުން ދައުލަތަށް ނެގެނީ، އިމްޕޯޓް ގާނޫނާ ހިލާފަށް ރާއްޖެ އެތެރެ ކުރެވޭ މުދަލާއި ފައިސާގެ ތެރެއިން 100،000 ރުފިޔާއަށް ވުރެ ގިނަ ނޫން މުދަލާއި ފައިސާ އެވެ.

ޖިނާއީ ކުށެއް ސާބިތު ނުވި ނަމަވެސް މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ، އެ ފައިސާ އާއި މުދާ ޖިނާއީ ތަހުގީގެއްގައި ހިމެނޭ ނަމަ އެވެ. އަދި ޖިނާއީ ކުށެއް ސާބިތު ނުވަނީސް މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ މަދަނީ މައްސަލައެއް ކޯޓަށް ވައްދައިގެންނެވެ.

އެގޮތަށް މުދަލާއި ފައިސާ ނެގުމުގައި ވެސް ދެލިކޮޕީގައި ވަނީ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އެއީ، ނަގަން ހުށަހަޅާ ފައިސާ އާއި މުދަލަކީ ވަކި މީހަކާ ގުޅުވެން ނެތް ފައިސާ އާއި މުދަލަށްވުން، އެ މުދަލާއި ފައިސާގެ ވެރި މީހާ މަރުވުން ނުވަތަ ފިލައިގެން އުޅުމެވެ.

އޭގެ އިތުރުން، އެ މުދަލާއި ފައިސާ ހޯދަން ދައުލަތުން ކޯޓުގައި އެދުމުން، އެކަމަށް ޖަވާބުދާރީނުވެއްޖެ ނަމަ ނުވަތަ އެކަށީގެންވާ ގޮތަކަށް ޖަވާބުދާރީ ނުވެވިއްޖެ ނަމަ ވެސް އެ މުދަލާއި ފައިސާ ނެގިދާނެ އެވެ.

ޖިނާއީ ކުށެއް ސާބިތުނުވާ ހާލަތުގައި މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް، ކޯޓުން ބޭރުގައި އެއްބަސްވުމެއް ހެދޭނެ ކަމަށް ވެސް އެސެޓް ރިކަވަރީ ގާނޫނުގެ ދެލިކޮޕީގައި ބަޔާންކޮށްފައިވެ އެވެ. އަދި މައްސަލަ ޝަރީއަތުގައި ހިނގަމުންދަނިކޮށް ވެސް އެފަދަ އެއްބަސްވުމެއް ހެދިދާނެ ކަމަށް ދެލިކޮޕީގައި ބަޔާންކޮށްފައިވެ އެވެ.

ޖިނާއީ ކުށެއް ސާބިތުވުމުން، އެ ކުށާ ގުޅުން ހުރި ފައިސާ އާއި މުދާ ދައުލަތަށް ނެގިދާނެ ކަމަށް ގާނޫނުގެ ދެލިކޮޕީގައި ބުނެފައިވެ އެވެ. އެކަމަކު، ކުށާ ގުޅުން ހުރި ފައިސާ އާއި މުދާ ނަގަން ޝަރީއަތުގެ މަރުހަލާގައި ދައުލަތުން އެދެންޖެހެ އެވެ.

ކުށެއްގައި ހިމެނޭ މުދަލާއި ފައިސާ ދައުލަތަށް ނަގަން ޝަރީއަތުން ކަނޑައަޅާ ހާލަތެއްގައި، އެ މުދަލެއް ނުވަތަ ފައިސާގެ ބަދަލުގައި އެއާ އެއްވަރުގެ އެހެން މުދަލާއި ފައިސާ ވެސް ދައުލަތަށް ނެގިދާނެ އެވެ. އެގޮތަށް ނެގޭނީ، ތިން ވަނަ ފަރާތަކަށް އެ މުދަލެއް ވިއްކާލާފައިވާ ނަމަ، ދައުލަތުގެ ބާރު ނުހިނގާ ހިސާބަކަށް އެ ފައިސާއެއް ގޮސްފައިވާ ނަމަ، އެ މުދަލުގެ އަގު ދަށްވެފައިވާ ނަމަ އަދި އެ ފައިސާ ނުވަތަ މުދަލުގެ އަސްލު އޮޅުވާލާފައިވާ ނަމަ އެވެ.

އެސެޓް ރިކަވަރީ ގާނޫނެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން މި ތައްޔާރު ވަނީ، އެފަދަ ގާނޫނެއް ވުޖޫދު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮއްވަ އެވެ.

"މިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް. އެމްއެމްޕީއާރްސީ ހާއްސަކޮށް. މިކަންކަން ބަލައި ނިމޭއިރުގައި މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭ ގޮތެއް ނުވޭ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ،" މުއިއްޒު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox