މުއިއްޒުގެ ޖަލްސާތަކުގައި ކައުންސިލްތަކުގެ ރައީސުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭން ފަށައިފި

ރައީސް މުއިއްޒު ތ. ކިނބިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން އެ ރަށު ކައުންސިލްގެ ރައީސް ޖަލްސާ ބޮއިކޮޓު ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ތ. ކިނބިދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ވާހަކަ ދައްކަން ފުރުސަތު ނުދިނުމުން އެ ރަށު ކައުންސިލްގެ ރައީސް ޖަލްސާ ބޮއިކޮޓު ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ތެރެއިން ރަށްރަށުގައި ބާއްވާ ޖަލްސާތަކުގައި ރަށު ކައުންސިލްގެ ރައީސުންނަށް ވާހަކަ ދެއްކުމަށް ދެމުން އައި ފުރުސަތު ނުދޭން ފަށައިފި އެވެ.

އަތޮޅު ދަތުރު ބުރުގެ ތެރެއިން މުއިއްޒު މިހާރު ހުންނެވީ ތ. އަތޮޅުގަ އެވެ. މި ދަތުރުގެ ތެރެއިން ބާއްވާ ޖަލްސާތަކުގައި އާންމު އުސޫލުން މުއިއްޒު އަށްފަހު ކޮންމެ ރަށެއްގެ ކައުންސިލުގެ ރައީސަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދެ އެވެ.

މި އުސޫލުން ޖަލްސާތައް ހިނގަމުން އައިސް އެންމެ ފަހުން ކައުންސިލްގެ ރައީސުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވަނީ ތ. ކަނޑޫދޫގަ އެވެ.

އިއްޔެ ހެދުނު ބޭއްވި ޖަލްސާގައި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާނު ވާހަކަ ދައްކަވަމުން، ސަރުކާރުން ކަނޑޫދޫއަށް އެންމެ ބޭނުން ވެފައިވާ ފެނާއި ނަރުދަމާގެ ނިޒާމާއި ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އޭގެ ފަހުން މުއިއްޒު ވަޑައިގެންނެވި، ހިރިލަންދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫގެ ކައުންސިލް ރައީސުންނަށް ޖަލްސާގައި ވާހަކަ ދައްކަން ފުރުސަތު ދީފައެއް ނުވެ އެވެ. ފަހު ވަގުތާއި ހަމައަށް އެ ޖަލްސާތަކުގައި ކައުންސިލްގެ ރައީސުން ވާހަކަ ދައްކާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

މިކަމާ ނުރުހުން ފާޅުކޮށް، ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން ވަނީ މުއިއްޒު ރައްޔިތުންނާއެކު ބޭއްވި ޖަލްސާ ބޮއިކޮޓު ކުރައްވައި ސޯޝަލް މީޑިއާގައި އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. މިކަމާއި ގުޅިގެން އިތުރު ތަފުސީލު ހޯދުމަށް އަލީ އަށް ގުޅުމުން ވިދާޅުވީ، މިއަދު 10 ޖެހުމާއި ހަމައަށް ވެސް އެޖެންޑާގައި އޭނާގެ ނަން އޮތް ކަމަށެވެ.

"ކައުންސިލްގެ ބައްދަލުވުމުގެ އިތުރަށް، ރައްޔިތުންނާ ބައްދަލުވާ ގަޑީގަ ރައީސްގެ ކިބައިން އެދެން ޖެހޭ އެތައް ކަމެއް ހުންނާނެތާ. އެކަން ފާހަގަކުރެވޭތީތާ މީގެ ކުރީގަ އެހެން ރަށްރަށުގަ ކައުންސިލްގެ ބައްދަލުވުމުގެ އިތުރަށް އެހެން ރައީސުންނަށް ފުރުސަތު ދެނީ ވެސް،" އޭނާ ވިދާޅުވި އެވެ.

މުއިއްޒުގެ ދަތުރާއި ދިމާކޮށް މަސައްކަތް ކުރަމުންދިޔައީ ސިޔާސީ ފިކުރަށް ބެލުމެއް ނެތި ދެވެން އޮތް އެއްބާރުލުމެއް ދީ، ސަރުކާރާއި ޕީއެންސީގެ ވެރިންނާއި ގުޅިގެން ކަން ވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަލީ ފާހަގަކުރެއްވި އެވެ.

މިކަމާއި ގުޅިގެން ވަންދޫ އަދި ހިރިލަންދޫ ކައުންސިލްގެ ރައީސުންނަށް ވެސް މި ނޫހުން ގުޅާލީމެވެ. ވަންދޫ ކައުންސިލްގެ ރައީސް ޝިޔާޒް އިބްރާހިމް ވިދާޅުވީ، ބެލެވޭ ގޮތުގައި ބައެއް ކައުންސިލްގެ ރައީސުން ފާޅުކުރައްވާ ހިޔާލު މުއިއްޒު އަށް ކަމުނުދަނީ ކަމަށެވެ.

"ވިލުފުށި، ކަނޑޫދޫ އާއި ހިސާބުން ކަންނޭނގެ ހިތްޕުޅާ ނުވީ، މުއިއްޒުގެ. އެއީ އަޅުގަނޑުމެންނަށް ދެއްކޭ ވާހަކައަކަށް ބަލާފަ ކަންނޭނގެ ރައީސް އޮފީހުން އެންގީ އޭތި ކަނޑާލާފަ އޭނީ [އެޖެންޑާ އިން]،" ޝިޔާޒް ވިދާޅުވި އެވެ.

ޖަލްސާ ބާއްވާ ގޮތް ވެސް ދެތިން ފަހަރު ބަދަލުކުރަން އެންގި ކަމަށާއި ރައްޔިތުންނަށް މައިކު ދޭ ގޮތަށް ނިންމުމަށްފަހު އެކަން ވެސް ރައީސް އޮފީހުން އަންގާ ފަހުން ބަދަލު ކުރީކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެންނެވިން ސީދާ ރައީސަށް. މުއިއްޒުއަށް ދެންނެވިން ކިހިނެތް ވެގެންހޭ އަޅުގަނޑުގެ ސްޕީޗު ކަނޑާލާފަ އޭނީ. ދެން ވިދާޅުވީ ބޮޑަށް ބެލެވެނީ ވަގުތު ސަލާމަތްކުރުމުގެ ގޮތުން ކަނޑާލަނީ ކަމަށޭ. ދެން އަޅުގަނޑު ދެންނެވިން ތިހެން ހެދީމަ އަޅުގަނޑުމެންނަށް ނޯންނާނެ ނޫންހޭ ރައްޔިތުންގެ ކުރިމަތީ ރައްޔިތުންގެ ޝަކުވާއެއް ހުށަހެޅޭނެ ގޮތެއް،" ޝިޔާޒު ވިދާޅުވި އެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލު އަށް ރައީސް އޮފީހުން ދިން ސަބަބަކީ ވެސް ވަގުތު ސަލާމަތް ކުރުމެވެ. އޭނާގެ ނަން އެޖެންޑާއިން އުނި ކުރީ ވެސް ފަހު ވަގުތުކަން ފޯނުން ވާހަކަދައްކަވަމުން ފާހަގަކުރެއްވި އެވެ.

މުއިއްޒުގެ މި ދަތުރުގެ ތެރެއިން އަދި ކުރިން އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން ކައުންސިލްތަކުގެ ރައީސުން ވަނީ އެމަނިކުފާނުގެ ސިޔާސަތުތަކަށް ޖަލްސާތަކުގައި ފާޑު ވިދާޅުވެފަ އެވެ. އަޅުއްވާ ފިޔަވަޅުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ކުރީގެ ރައީސަށާއި ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.

އެގޮތުން، މި ދަތުރުގެ ތެރެއިން ވިލުފުށީ އެއާޕޯޓުގެ މަޝްރޫއު މިއަދު އަލުން ފެށުމަށް އަދި ހޮސްޕިޓަލްގެ ބިންގާ އަލުން އެޅުމަށް ނިންމުމާއެކު އެ ދެ މަޝްރޫއުގެ ޝުކުރު ކައުންސިލުގެ ރައީސް ކުރީގެ ސަރުކާރަށް ރައްދު ކުރެއްވި އެވެ.

މީގެ އިތުރުން، ރައީސްގެ ދަތުރުތަކުގެ ތެރެއިން މި ފަހުން ލާމަޒުކަޒީ ގާނޫނަށް ގެނައި އިސްލާހަށް، ބ. ދޮންފަނު، އަދި އދ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސުން ފާޑުވިދާޅުވި އެވެ. ކައުންސިލްތަކުން ތަޖުރިބާ ދަތުރުތައް ކުރާ ކަމަށް ވިދާޅުވެ މުއިއްޒު އާއި ސަރުކާރުގެ ވެރިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ބ. ކިހާދޫ ކައުންސިލްގެ ރައީސް ރައްދު ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox