މުއިއްޒު ވަޑައިގަންނަވާ ރަށްރަށުގެ މަތިން އެމްއެންޑީއެފް ގެ ޑްރޯން ދުއްވަނީ

އެމްއެންޑީއެފް ޑްރޯން އިފްތިތާހުކުރި ދުވަހު ރައީސް މުއިއްޒު ޑްރޯން އެއް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފް ޑްރޯން އިފްތިތާހުކުރި ދުވަހު ރައީސް މުއިއްޒު ޑްރޯން އެއް ބައްލަވާލައްވަނީ ---- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުގެ ތެރެއިން ވަޑައިގަންނަވާ ރަށްރަށުގެ މަތިން އެމްއެންޑީއެފް އެއާކޯގެ ޑްރޯން ދުއްވަން ފަށައިފި އެވެ.

ދަތުރުގެ ތެރެއިން މުއިއްޒު މިހާރު ހުންނެވީ މ. ކޮޅުފުށީގަ އެވެ. މިވަގުތު ސިފައިންގެ ޑްރޯން އޮތީ ކޮޅުފުށީގެ ހުޅަނގުން 16،500 ފޫޓު މަތީގަ އެވެ. ޑްރޯން ދުއްވަމުން ގެންދަނީ ސަވައިލެންސަށް އާންމުކޮށް ދުއްވާ ޕެޓާންތަކަށެވެ.

ނ. މާފަރު އެއާޕޯޓުން ނައްޓާލީ މިއަދު ހެދުނު 6:00 ހާއިރު ކަމަށެވެ. ގަޑިއިރެއްހާއިރުގެ ދަތުރަކަށްފަހު ޑްރޯން ގޮސްފައިވަނީ މ. އަތޮޅަށެވެ. ރައީސް ރޭ ހުންނެވި މުލީ ކައިރިން ގޮސް ޑްރޯން ބޮޅު އަޅަން ފަށާފައިވަނީ ކޮޅުފުށީގަ އެވެ.

މުއިއްޒު ހުންނަވާ ރަށްރަށުގެ މަތިން ޑްރޯން ދުއްވާ ސަބަބެއް އެމްއެންޑީއެފް އަކުން ނުބުނެ އެވެ. މީގެ ކުރިން ވެސް މުއިއްޒުގެ ދަތުރަކާއި ގުޅުވާ ރަށްރަށުގެ މަތިން ޑްރޯން ދުއްވާފައިވެ އެވެ.

މ. އަތޮޅު މަތިން އެމްއެންޑީއެފް ގެ ޑްރޯން ދުއްވަނީ ---- ފޮޓޯ: ފްލައިޓު ރާޑަރު
މ. އަތޮޅު މަތިން އެމްއެންޑީއެފް ގެ ޑްރޯން ދުއްވަނީ ---- ފޮޓޯ: ފްލައިޓު ރާޑަރު

މ. އަތޮޅު މަތިން އެމްއެންޑީއެފް ގެ ޑްރޯން ދުއްވަނީ ---- ފޮޓޯ: ފްލައިޓު ރާޑަރު

ފެބްރުއަރީ މަހު ދ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރާއި ގުޅުވާ ޑްރޯން ދުއްވީ ރައީސްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކަމަށް އޭރު މައުލޫމާތު ލިބުނެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ތުރުކީގެ އަސްކަރީ ކުންފުންޏަކުން މި ޑްރޯންތައް ގަތުމަށް ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހޭދަކުރި އެވެ. އަދި މިއީ ރާއްޖޭގެ ބިޔަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ވަރުގަދަކުރަން ގެނައި ޑްރޯންތަކެއް ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެފައިވެ އެވެ.

ޑްރޯން ދުއްވުމަށް ހިނގާ ހަރަދުގެ އެއްވެސް ތަފުސީލެއް މިހާތަނަށް އެމްއެންޑީއެފް ނުވަތަ ޑިފެންސް މިނިސްޓްރީން އާންމުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox