ޑިމޮކްރަސީ ދުވަހު މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ނިންމާތީ ކަންބޮޑުވުން

Sep 15, 2025, 11:04 AM
މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލަން ގޮވާލައި މުޒާހަރާ ކުރަމުންދިޔަ ނޫސްވެރިޔަކު ބާރުގެ ބޭނުންކޮށްގެން ފުލުހުން ގެންދަނީ --- ފޮޓޯ: މިލްޒީރޯ

މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލަން ގޮވާލައި މުޒާހަރާ ކުރަމުންދިޔަ ނޫސްވެރިޔަކު ބާރުގެ ބޭނުންކޮށްގެން ފުލުހުން ގެންދަނީ --- ފޮޓޯ: މިލްޒީރޯ

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހު ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ ބިލުގެ ކޮމިޓީ މަރުހަލާ ނިންމައި ވޯޓަށް އެހުމަށް ތައްޔާރުވަމުން އަންނާނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑާޝިޕުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާދަމާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްކުރަން ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. އެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ދިރާސާކުރަމުންނެވެ އެވެ.

މިވަގުތު ވެސް ކޮމިޓީ ބައްދަލުވުމެއް ކުރިއަށްދާއިރު ބިލުގެ ސުންގަޑި މިރޭ 23:59 އަށް ހަމަވާނެ އެވެ. ސަރުކާރު މެންބަރުން އޮތީ ބޭނުންވާ އިސްލާހުތަކާއެކު ކޮމިޓީން ބިލު ފާސްކުރަން ހުށަހަޅާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އަދި އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރައްޔިތުންގެ ބައިވެރިވުމާއެކު ވެރިކަން ހިންގުމުގެ ނިޒާމާ ހިލާފަށް، ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ނެތިކޮށްލުމަށް މިހާރު ހުށަހަޅާފައިވައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލާފަ އެވެ.

"މުއިއްޒުގެ ވެރިކަމުގައި، އިންތިޒާމުވެގެން މިނިވަން މުއައްސަސާތައް ރޫޅާލުމާއި، ޝަރުއީ ނިޒާމު ހަރުކަށި ގޮތެއްގައި ބާރުގެ ދަށަށް ގެނެސް، ޤާނޫނު ހަދާ މަޖިލިސް، ވެރިކަން ހިންގުމުގެ ބާރުގެ ދަށަށް ގެންދިއުން ފެނިގެންގޮސްފަި. ކޮންޓްރޯލް ބިލުގެ ބޭނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިއާއަށް ބިރު ދެއްކުން،" ފައްޔާޒް ލިޔުއްވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ދުވަސް ދިވެހިންނާ ބައްދަލުކުރީ އެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މުއިއްޒުގެ ސަރުކާރަށް ސޯލިހު ގޮވާލެއްވި އެވެ.

"ކޮންްޓޯލް ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް. މި ބިލުގެ ބޭނުމަކީ ޖަވާބުދާރީ ކުރުވުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި، އިދިކޮޅު އަޑުތައް ކަނޑުވާލައި، ސަރުކާރުގެ ނެރޭޓިވް ހިންގައިދޭ މީހުންނަށް ފަހިކޮށްދިނުން،" ސޯލިހު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވެސް ވަނީ ޑިމޮކްރަސީ ދުވަސް ބައްދަލުކުރިއިރު ދައުލަތުގެ ތިން ބާރުގެ ތެރެއިން ޖުޑީޝަރީ އާއި މަޖިލިސް ސަރުކާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރާ އިދިކޮޅު ވާހަކަ ދައްކާ މީހުންނަށް ފުރައްސާރަކޮށް ބިރު ދައްކަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ނުރައްކާތެރި ކޮންޓްރޯލް ބިލަކީ ދިވެހިންނަށް ހަގީގަތް އެނގުމުގެ ހައްގަށް އޮތް ސީދާ ނުރައްކަލެއް. ނޫސްވެރިކަން ހިފެހެއްޓުމުން، އަދުލު އިންސާފަށް ސިޔާސީ ނުފޫޒު ފޯރުވުމުން، އަނދިރީގައި ޑިމޮކްރަސީ ނެތިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މިފަދަ ކަމެއް ކުރަމުން އަންނާތީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިނިވަން މީޑިއާ ނައްތާލާ ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުންނެވެ.

ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފްރީލާންސް ނޫސްވެރިން ވެސް ހިމެނެ އެވެ.

ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު ފާސްކުރަން ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox