މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި

ރައީސް މުއިއްޒުގެ ވަށައިގެން ނަގުދު ފައިސާ: މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒަށް 5 މިލިއަން ރުފިޔާ ޖަމާވި ---- ފޮޓޯ: އިސްމާއިލް އިމްދާދު/އަދަދު

ރައީސް މުއިއްޒުގެ ވަށައިގެން ނަގުދު ފައިސާ: މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒަށް 5 މިލިއަން ރުފިޔާ ޖަމާވި ---- ފޮޓޯ: އިސްމާއިލް އިމްދާދު/އަދަދު

ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހޭދަކުރެއްވި ފަހު 30 މަސް ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައިފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލުމަށް ފަހު 2012 ގައި އުފެދިގެން އައި ސަރުކާރާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސަރުކާރުގައި މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގަ އެވެ.

ސަރުކާރެއްގެ ވަޒީރަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބެނީ 66،000ރ. އެވެ. އެ ފައިސާ މުއިއްޒުގެ އެކައުންޓަށް ޖަމާކުރާނީ ފިނޭންސް މިނިސްޓްރީންނެވެ. ނަގުދު ފައިސާއިން ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް މުސާރަ ނުދެ އެވެ.

ނަމަވެސް، އަދަދު ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މާޗު 2016، އިން ފެށިގެން ސެޕްޓެމްބަރު 2018، ގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ޑޮލަރާއި ދިވެހި ރުފިޔާ ހިމެނޭހެން ފަސް މިލިއަނަށްވުރެ ގިނަ ފައިސާ ވަނީ ޖަމާކޮށްފަ އެވެ.

މި މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި ހުރި މުއިއްޒުގެ ރުފިޔާ އަދި ޑޮލަރު އެކައުންޓުތަކަށް 85 ފަހަރަކު ނަގުދު ފައިސާ ޖަމާކޮށްފައިވެ އެވެ. އެއީ 5،254،252ރ. އާއި 15،600 ޑޮލަރެވެ. ބޭންކު ރޭޓުން ޑޮލަރު މާރުކޮށްފިނަމަ ޖުމްލަ ފައިސާގެ އަދަދު 5،494804ރ. އަށް އަރަ އެވެ.

މިދިޔަ އަހަރު ކުރީކޮޅު އާންމުވި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ރިޕޯޓެއްގައި ވެސް މި ފައިސާތަކުގެ ވާހަކަ އޮތެވެ. ނަމަވެސް، އޭރު ހާމަވީ 2015 އިން ފެށިގެން މުއިއްޒުގެ އެކައުންޓަށް ޖަމާވި ފައިސާގެ އަދަދުތަކާއި ބޭންކުތަކަށް އޮޅުވާލަން އެމަނިކުފާނު ކުރެއްވި ބައެއް ކަންކަމެވެ.

މީގެ ތެރޭގައި، އެމަނިކުފާނުގެ ބައްޕަ ދުނިޔޭގައި ހުންނެވިއިރު އެއްވެސް ބޭންކު އެކައުންޓެއް ނުގެންގުޅޭ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މައުލޫމާތު ދީފަ އެވެ.

ނަގުދު ފައިސާތަކުގެ އިތުރުން، މުއިއްޒުގެ މިނިސްޓަރު ކަމުގައި ރާއްޖޭގައި ބޮޑެތި މަޝްރޫއު ތަކެއް ހަވާލުކުރި ބޭރުގެ ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް އެތައް ހާސް ޑޮލަރެއް ޖަމާކޮށްފައިވެ އެވެ. އެ ވާހަކަތައް ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު މި ނޫހުންގެ ގެނެސްދީފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ، ވިންރަން އިންޓަނޭޝަނަލް ކިޔާ ބޭރުގެ ކުންފުންޏަކުން ތިން ފަަހަރެއްގެ މަތިން މުއިއްޒުގެ އެކައުންޓަށް ޖަމާކުރި 24,348.77 ޑޮލަރު (375,458.033ރ.) އާއި ސިނަމާލެ ބްރިޖާއި ގުޅިގެން ގާއިމުކުރި ހައިވޭ ތަރައްގީކުރި ހުނާން ކޮންސްޓްރަކްޝަން ކުންފުނިން ހަތަރު ފަހަރެއްގެ މަތިން މުއިއްޒުގެ އެކައުންޓަށް ޖަމާކުރި 70,499 ޑޮލަރު (1,087,094.58ރ.) އެވެ.

މުއިއްޒުގެ އެކައުންޓަށް ޑޮލަރު ވަނުމުގެ ކުރިން އޮކްޓޯބަރު 15, 2017 ގައި ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީން ވަނީ ހުނާން ކޮންސްޓްރަކްޝަނަށް 105,950 ޑޮލަރު (1,633,749 ރުފިޔާ) ޖަމާކޮށްފަ އެވެ. މިއީ މުއިއްޒުގެ މިނިސްޓަރު ކަމުގައި އެ ކުންފުންޏަށް ދިން މަޝްރޫއެއްގެ ފައިސާ އެވެ.

މި މުއާމަލާތްތަކާ ގުޅޭގޮތުން މި ނޫހުން ސުވާލުކުރުމުން ބުނެފައިވަނީ އެއީ މުއިއްޒުގެ އަމިއްލަ ރޯހައުސްއެއް އެ ކުންފުނިތަކަށް ކުއްޔަށް ދިނުމުން ދައްކާފައިވާ ފައިސާ ކަމަށެވެ. އެއް މުއްދަތެއްގައި ތިން ކުންފުންޏަކަށް އެއް ތަނެއް ކުއްޔަށް ދިން ގޮތެއް މިހާތަނަށް ވެސް މުއިއްޒު ސާފުކޮށްދީފައެއް ނުވެ އެވެ.

އެފްއައިޔޫ ރިޕޯޓު އާންމުވުމާއި ގުޅިގެން މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ އިދިކޮޅު ފަރާތްތަކުން "އުޑުގަ ޖެހިފަ ބިމުގަ" ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑުގެ ބޮލުގަ ކަމެއް އަޅުވަން އުޅެގެން، ކުރީގަވެސް ނުވި ކަމެއް ދެނެއްވެސް ނުވާނެ، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" އަޑުހަރުކޮށް ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އަދި ޕީއެންއެފުން ވަނީ ރައީސްގެ މައްޗަށް ކުރެވޭ މި ބޮޑެތި ތުހުތަމުތައް ބެލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލަމުން ދަނިކޮށެވެ. ނަމަވެސް މިކަމާ ގުޅިގެން ސަރުކާރުގެ ތަހުގީގީ އެއްވެސް އިދާރާއަކުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox