ވަގުތީ ގޮތުން ބަންދުކުރި ފުވައްމުލައް އެއާޕޯޓު 48 ގަޑިއިރު ފަހުން ހުޅުވައިފި

ފުވައްމުލައް އެއާޕޯޓް: އެ އެއާޕޯޓުގެ އޮޕަރޭޝަން 48 ގަޑިއިރަށްފަހު ވަނީ ފަށާފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލައް އެއާޕޯޓް: އެ އެއާޕޯޓުގެ އޮޕަރޭޝަން 48 ގަޑިއިރަށްފަހު ވަނީ ފަށާފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ވަގުތީ ގޮތުން ބަންދުކުރި ފުވައްމުލައް އެއާޕޯޓު 48 ގަޑިއިރަށްފަހު މިއަދު ހުޅުވައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ފުވައްމުލައް އެއާޕޯޓު އަލުން ހުޅުވާފައި ވަނީ އެ އެއާޕޯޓުގެ އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު އެވެ. ފަޔާ ޓްރަކެއް ނެތި އެއާޕޯޓު ހިންގުމަކީ ހުއްދަ ކަމެއް ނޫނެވެ.

ގާތްގަނޑަކަށް 14،000 އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގެ އެއާޕޯޓުގެ އޮޕަރޭޝަންސް ސެޕްޓެމްބަރު 1، އިން ފެށިގެން ހުއްޓުމުން އެތައް ބަޔަކަށް އޭގެ ސަބަބުން އަސަރުކުރި އެވެ.

އެގޮތުން ފަތުރުވެރިންނާއި ގިނަ އަދަދެއްގެ ދިވެހިންނަށް މާލެ ނާދެވި ފުވައްމުލަކުގައި ތާށިވި އެވެ. ބައެއް މީހުން ރާއްޖެއިން ބޭރަށް ދާން ވެގެން އޮތް ފްލައިޓް ވެސް އޭގެ ސަބަަބުން ކެޓި އެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބަލަންޖެހޭ މިންވަރަށް ބަލާ ނަމަ ދިމާނުވާނެ ފަދަ މައްސަލައެއް ދިމާވެގެން އެއާޕޯޓު ހުއްޓުނީތީ ކަންބޮޑުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ދިމާނުވާނެ ގޮތަކަށް މަސައްކަތް ކުރުމަށް ސަރުކާރާއި އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަހަލަ ކަމެއް ދިމާނުވާނެ ގޮތަކަށް ކަންކަން ރާވައި، އެފަދަ ކަމެއް ކުރިމަގުގައި ދިމާނުވާނެކަން ޔަގީން ކުރަންޖެހޭ. އެއާޕޯޓު ކުންފުންޏާ ވެސް ސަރުކާރާ ވެސް އަޅުގަނޑުމެން ވާހަކަ ދައްކައިފިން،" ރަފީގް ވިދާޅުވި އެވެ. "ފަޔާ ޓްރަކަކީ ކުރިން ވެސް މައްސަލަ ޖެހިފައި ހުރި އުޅަނދެއް."

ފުވައްމުލަކަށް މި ދުވަސްވަރު ވަރަށް ގިނަ އަދަދެއްގެ ގެސްޓުން އާދެ އެވެ. ދުވާލަކު އާންމުކޮށް ދެ ފްލައިޓު އެ ރަށަށް ދަތުރު ކުރާއިރު ކޮންމެ ފްލައިޓެއް ވެސް މިހާރު އޮންނަނީ ފުރިފައި ކަމަށް މޭޔަރު ވިދާޅުވި އެވެ.

ފުވައްމުލަކަކީ އަރައިފޭބުން އުނދަގޫ ރަށެކެވެ. ރަށް އުފެދިފައިވާ ގޮތުން ދޯނިފަހަރުގައި ރަށާ ގާތް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ފުވައްމުލަކުގައި ބަނދަރު ހެދި ފަހުން ވެސް، ރަށަށް އަރަން އުޅުނު އެތައް ބަޔަކު ހިތާމަވެރި އެކި ހާދިސާތަކުގައި ވަނީ ނިޔާވެފަ އެވެ. ފުވައްމުލަށް ހުޅުވިގެންދިޔައީ 2011 ވަނަ އަހަރު އެ ރަށުގެ އެއާޕޯޓު އިފުތިތާހު ކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox