އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

އެމްޔޫ މަނިކުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ދިވެހިރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ މައްޗަށް މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ޣައިބަށް ކަށުނަމާދު ކުރަން ހަމަޖެހިއްޖެ އެވެ.

ސިންގަޕޫރުގައި ހުންނެވި އެމްޔޫ މަނިކުގެ އަރިސް ބޭފުޅަކު އަދަދު އަށް ވިދާޅުވީ އެމަނިކުފާނުގެ ޖަނާޒާ އޮންނާނީ ސިންގަޕޫރުގައި ކަމަށެވެ. އެކަމަކު ޣައިބަށް ކަށުނަމާދު ކުރުން އިސްލާމީ މަރުކަޒުގައި އަސްރު ނަމާދަށްފަހު އޮންނާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް ކުންފުނި ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއާމަން، އެމްޔޫ މަނިކު އަވަހާރަަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން ޖުލައި މަހު ފަހުކޮޅު ސިންގަޕޫރަށް ގެންގޮސް، މައުންޓު އެލިޒަބަތު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ހެނދުނު 06:30 ގަ އެވެ.

Advertisement

ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރުމަށް އުފެއްދެވި މިއުމަން ޓުއަރިސްޓް އޭޖެންސީއަކީ، އެމްޔޫ މަނިކު ވެސް ބައިވެރިވެވަޑައިގެން، 1972 ގައި އުފެއްދެވި އޭޖެންސީއެކެވެ.

ކުރުނބާ މޯލްޑިވްސް ނުވަތަ ކ. ވިހަމަނާފުށީގައި ހުޅުވި 30 ކޮޓަރީގެ ރިސޯޓަކީ ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިސޯޓެވެ. އެއީ އެމްޔޫ މަނިކުގެ ހިޔާލާއި ލަފާގެ މަތިން ތަރައްގީ ކުރި ރިސޯޓެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފަސް ތަރީގެ ފުރަތަމަ ރިސޯޓެވެ.

ރާއްޖޭގެ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލްގެ ޗެއާމަންކަން ވެސް 10 އަހަރު ދުވަހު އެމްޔޫ މަނިކު ފުރުއްވި އެވެ. އެމްއޭސީއެލްގެ ޗެއާމަން އަކަށް އެމްޔޫ މަނިކު އައްޔަން ކުރެއްވީ 2013 ވަނަ އަހަރު އެވެ. އިސްތިއުފާ ދެއްވަން ހުށަހެޅުއްވީ ޖެނުއަރީ 28, 2024 ގަ އެވެ.

ޓޫރިޒަމްގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމާއި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމާއި 2002 ވަނަ އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް އެމްޔޫ މަނިކަށް ވަނީ ލިބިވަޑައިގެންފަ އެވެ. ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް އެމްޔޫއަށް އެވޯޑު ލިބިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox