މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ނޫސްވެރިން ހައްޔަރު ކުރަން ފަށައިފި

Aug 27, 2025, 9:09 AM
އަދަދުގެ ނޫސްވެރިޔާ އާއިދު ހައްޔަރުކޮށްގެން ގެންދަނީ ----

އަދަދުގެ ނޫސްވެރިޔާ އާއިދު ހައްޔަރުކޮށްގެން ގެންދަނީ ----

މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަން ރައީސް އޮފީސް ކުރިމައްޗަށް އެއްވި ނޫސްވެރިން ހައްޔަރު ކުރަން ފަށަައިފި އެވެ.

ފުލުހުން ވަނީ މިހާތަނަށް ތިން ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ. އެއީ ސިޓިޒެން ނޫހުގެ މޫސާ ރަޝީދު، އަދަދު ނޫހުގެ އަހުމަދު އާއިދު އަދި އެމްވީ ޕްލަސްގެ ލަމްޔާ އަބްދުލްހާދީ އަދި ދައުރު ނޫހުގެ މުޒައްޔިން ނާޒިމް ހިމެނެ އެވެ.

ނޫސްވެރިން ރައީސް އޮފީސް ކުރިމައްޗަށް ދިޔައީ ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވުމަށްފަހު އެވެ. ރައީސް އޮފީސް ނޫސްވެރިން އެއްވި އިރު، ރައީސް މުހައްމަދު ހދ. ގެ އަތޮޅުތަކަށް ކުރެއްވި ދަތުރަށްފަހު ވަނީ މާލެ ވަޑައިގެންފަ އެވެ.

މިނިވަން މީޑިއާގެ ބާރު ރައީސް މުއިއްޒަށް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ އެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ބަހުސް ކުރިއިރު ވެސް ނޫސްވެރިން އެއްވި އެވެ. އެ ބިލުގެ ބަހުސް ނިމުނީ ކަމަށް ހެނދުނުގެ ދަންފަޅީގައި އިއުލާނު ކުރުމަށްފަހު އަނެއްކާ މެންދުރުފަހު ދަންފަޅީގައި ބިލުގެ ބަހުސް ފަށައި ބިލު ބަލައިގަންނަން ވަނީ ފާސްކޮށްފަ އެވެ.

ބިލުގެ ބަހުސް ނިމުނީ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރުމުން އެއިރު މަޖިލީސް ކައިރީގައި ތިބި ނޫސްވެރިން ވަނީ އެތަން ދޫކޮށް ގޮސްފަ އެވެ. އެކަމަކު ބިލުގެ ބަހުސް އަނެއްކާ ވެސް ފެށުމުން ނޫސްވެރިން މަޖިލިސް ކައިރިއަށް ދިޔައީ އެވެ.

ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން ދިޔައީ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީއަށް ގެންދަން މަޖިލީހުން ފާސް ކުރީމަ އެވެ. އެ ބިލު ބަލައިގަތީ ވެރިކަން ހިންގާ ޕީއެންސީގެ 49 މެންބަރުންގެ ވޯޓާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox