މުޅި ބިލުގައި އޮތީ ހައްގުތައް ހަނިކުރުން، މަޖިލީހުން އިސްލާހު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން: ހިރިގާ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިރިގާ. އޭނާ ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވާފައި ---- ފޮޓޯ؛ ފަޔާޒް މޫސާ/މިހާރު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިރިގާ. އޭނާ ވަނީ ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދެއްވާފައި ---- ފޮޓޯ؛ ފަޔާޒް މޫސާ/މިހާރު

މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ހުށަހެޅި ބިލުގައި އެކަށްވެސް އޮތީ ހައްގުތަށް ހަނިކުރުމުގެ ވާހަކަތައް ކަމަށާއި މަޖިލީހުގެ ކޮމިޓީއަކުން އެ ބިލު އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިރިގާ މިފަދައިން ވިދާޅުވީ، ބިލާއި ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން، ބިލުގެ އެންމެ މާއްދާއެއް އިސްލާހުކޮށްގެން ހައްގުތަށް ކަށަވަރުނުވާނެ ކަމަށާއި މި މައްސަލައިގެ ހައްލަކީ ބިލު ބޭރުކޮށްލުން ކަމަށް ހިރިގާ ވިދާޅުވި އެވެ. ހދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރަށެއްގައި ހުންނަވާ މުއިއްޒު ވަނީ ބިލުން އަލަށް ހަދާ ކޮމިޝަނުގެ ރައީސް އައްޔަން ކުރުމުގެ ބާރު އެމަނިކުފާނަށް އޮތް އޮތުން ބަދަލުކުރަން މަޖިލިސް މެންބަރުންނަށް އަންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ދެން ބިލުގަ ހުރި އެއްވެސް ވާހަކައެއް ރައީސް ވިދާޅެއް ނުވޭ ދެއްތޯ. އެއަށްވުރެ މާ ބޮޑަށްށޭ، މި މުޅި ބިލުން އޮތީ ހައްގުތައް ހަނިކޮށްފަ. އެހެންވީމަ މުޅި ބިލު ކޮށާ މަށައިގެން މަޖިލީހުގެ ކޮމިޓީއަކަށް އެކަން ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ހިރިގާ ވިދާޅުވި އެވެ.

މީޑިއާތައް ރެގިއުލޭޓް ކުރުމާއި ދެކޮޅު ނޫންކަން ފާހަގަކުރައްވާ ހިރިގާ ވަނީ މިފަދަ ބިލެއް ފަރުމާ ކުރަން ޖެހޭނީ ބޭރުގެ ފަންނީ މީހުންގެ އެހީއާއެކު ކަން ފާހަގަކުރައްވާފަ އެވެ. އަދި، މިހާރު އޮތް ބިލާއެކު ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނެތްކަން އޭނާ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ހުށަހެޅި މި ބިލަށް ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވެރިން ދަނީ ސީދާކޮށް އަދި ނުސީދާކޮށް ތާއީދުކުރަމުންނެވެ.

މަޖިލީހުގައި މިހާރު ބަހުސް ފަށާފައިވާ އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.

މީޑިއާ ނެތިކޮށްލާ ބިލަށް ފާޑުކިޔުން އަމާޒުވަމުން ދަނިކޮށް ހިތަށް އަންނަހާ އެއްޗެއް ބުނެ، ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން ކަމަށް މުއިއްޒު ކުރިން ވިދާޅުވުމަށް ފަހު، ރޭ ހދ. ނޮޅިވަރަންފަރުގައި ވިދާޅުވީ ބިލުން އުފެދޭ ކޮމިޝަންގެ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރެއް ހުންނަ ގޮތަށް އޮތުމުގެ ބަދަލުގައި އިސްލާހުކުރާއިރު ކޮމިޝަނުގެ މެންބަރުން ވޯޓުލައިގެން ރައީސް ހޮވޭ ގޮތަށް ބަދަލުކުރަން ޕީއެންސީ މެންބަރުންނަށް އަންގަވާފައިވާ ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ކުރަން މުއިއްޒު ބޭނުން ނުވާ ކަމަށް ވިދާޅުވި ނަމަވެސް، ބިލް ބޭރު ކުރަން ނޫސްވެރިން ގޮވާލާ ގޮވާލުމަށް އިޖާބަ ދެއްވައި، އެ ބިލާ ދެކޮޅުމަށް އެ މަނިކުފާނު ބަހެއް ވިދާޅެއް ނުވެ އެވެ. އަދި އެ މަނިކުފާނުގެ ޕީއެންސީން ވެސް ބިލާ ދެކޮޅުކަން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox