މިއީ އަނދިރި ދައުލަތެއް، ރައްޔިތުން އިހުސާސް ކުރަނީ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން: ޔާމީން

Aug 21, 2025, 5:34 PM
ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް ކަމަށާއި މި ވެރިކަމުގައި ރައްޔިތުން އިހުސާސް ކުރަނީ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓުން ކުރިއަށްގެންދާ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މުއިއްޒުގެ ވެރިކަމުގައި ޝަކުވާ ނޫން ޖާގައެއް އުފުލުމުގެ ޖާގައެއް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ.

"ޝަކުވާ ނޫން ކަމެއް އުފުލާނެ ޖާގަ ދިވެހިރާއްޖޭގައި ނެތީ މިއަދު. މިއީ އަޅުގަނޑުމެން ފެބްރިކޭޓް ކުރާ ކަމެއް ނޫން. މިއީ ދިވެހި ރައްޔިތުން މިއަދު އިހުސާސް ކުރާ، އުދާސް ކުރާ ދަތިކަމާއި އަޅުވެތިކަމާއި ނިކަމެތިކަން،" ޔާމީން ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމަކީ އަނދިރި ދައުލަތެއް ކަމަށް ސިފަ ކުރައްވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށްވާނީ ދިވެހި ރައްޔިތުން ފުނޑިގެންް ދިޔުން ކަމަށެވެ.

"އަނދިރި ދައުލަތެއްގެ ފަރާތުން މި ހިންގާ ބޭއިންސާފުގެ ނަތީޖާއަކަށް ވެގެންމިދަނީ ދިވެހި ރައްޔިތުން ފުނޑިގެން ދިޔުން،" ޔާމީން ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގައި ހަމަޖެހިލައިގެން އުޅެނީ ސަރުކާރުގެ ވެރިންނާއި އެ ވެރިންގެ ރަހުމަތްތެރިން ކަމަށެވެ. އެކަމަކު، ރައްޔިތުންގެ ހާލަތު ދުވަހުން ދުވަހަކަށް ދަށްވަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިއަދު ހިތްހަމަޖެހިލައިގެން މި އުޅެނީ ވެެރިންނަށް ތިއްބެވި ބޭފުޅުންނާ އެބޭފުޅުންގެ އާރުކާޓީގެ ތެރޭގައި ތިބޭ މީހުން. ޖީބުތައް ފަލަވެގެން މި ދަނީ ރިޝްވަތުގެ ފައިސާއިން. އެއް ދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ ހާލަތު މި ދަނީ ދަށަށް. މިއީކީ ގައުމެއް އޭގެ ޒާތުގައި ވާނެ ގޮތެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޔާމީން ވަނީ، ސިޔާސީ މައިދާނުގައި ކަންކަން ހިނގާ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނާ ގޮތުގެ ޅެމެއް ވިދާޅުވެފަ އެވެ.

"ފިނިފެންމަލާ އަސުރުމަލާ ގުލްޝަން އުޖާލާކޮށްފިއްޔޭ، ހިނިތުންވެގެން ބަނޅިދާ ކޮކާ ފޮނި ބޯހިތުން އައިސް އުދުހެނީ. ފަނޑު ނޫ ކުލައިން ގެނުވައިފިޔޭ ބަލިމަޑުކަމާ ހައިހޫނުކަން، ގަނޑުބޮޑުނުކޮށް ފައްކާވިޔޭ ވައުދާ ކޮރަޕްޝަން ގައިގޯޅިކޮށް،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox