އާ އިސްލާހުތަކާ ހެދި ވަންދޫ މިސްކިތަށް މުވައްޒަފުން ނެގުމާއި ޕްރީ ސްކޫލަށް ޓީޗަރަކު ނެގުން ވެސް ހުއްޓާލަން ޖެހިއްޖެ

Aug 20, 2025, 8:23 AM
ތ. ވަންދޫ މަތިން ނަގާފައިވާ ފޮޓޯއެއް: ފުޓުބޯޅަ ދަނޑު ވީރާނާނުވެ ބަލަހައްޓައިދިނުމުގެ މަސައްކަތް ވެސް ހަވާލެއް ނުކުރެވުނު -- ފޮޓޯ: ވަންދޫ ކައުންސިލް

ތ. ވަންދޫ މަތިން ނަގާފައިވާ ފޮޓޯއެއް: ފުޓުބޯޅަ ދަނޑު ވީރާނާނުވެ ބަލަހައްޓައިދިނުމުގެ މަސައްކަތް ވެސް ހަވާލެއް ނުކުރެވުނު -- ފޮޓޯ: ވަންދޫ ކައުންސިލް

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ތ. ވަންދޫގެ މިސްކިތަކަށް މުވައްޒަފުން ނެގުމާއި އެ ރަށު ޕްރީ ސްކޫލަށް ޓީޗަރެއް ނެގުމުގެ މަސައްކަތް ހުއްޓިއްޖެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ހުއްޓުނު ކަންކަމުގެ ލިސްޓެއް ވަންދޫ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއް މިއަދު ވަނީ ރައްޔިތުންނާ ހިއްސާކޮށްފަ އެވެ. އެ ރަށު ޒިކުރާ މިސްކިތަށް ދާއިމީ މުވައްޒަފަކު ނެގުމާއި ޕްރީ ސްކޫލަށް ޓީޗަރަކު ނެގުމުގެ މަސައްކަތް ހިމެނެނީ އޭގެ ތެރޭގަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން، ކައުންސިލަށް ދާއިމީ މުވައްޒަފުން ނެގުމާއި ތަންތަން ކުއްޔަށް ދޫކުރުމާއި ތަރައްގީގެ އާ ޕްރޮޖެކްޓުތައް ހިންގުން މަނާވާނެ އެވެ. އަދި އަމިއްލަ މީހަކު ކުރާ ވިޔަފާރިއެއް ކައުންސިލުން ކުރުމާއި އުމްރާނީ ތަރައްގީއަށް ކޮންމެހެން ބޭނުންނުވާ ވިޔަފާރި ކުރުމާއި 10 މިލިއަން ރުފިޔާއިން ދަށުގެ ވިޔަފާރި ކުރުން ވެސް ކައުންސިލުތަކަށް މިހާރު މަނާވާނެ އެވެ.

އޭގެ އިތުރުން، ރަށު ކައުންސިލަށް މުވައްޒަފަކު ނެގުމާއި އައުޓްޑޮ ޖިމް އާއި ކުޑަކުދިންގެ ޕާކާއި ވޭސްޓް މެނޭޖްމަންޓު ސެންޓަރު ހިންގާ ބެލެހެއްޓުމުގެ މަސައްކަތަށް މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ. އަދި އެ ރަށުގެ ފުޓުބޯޅަ ދަނޑު ވީރާނާވެ ނުދިޔުމަށްޓަކައި ބަލަހައްޓާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.

ކައުންސިލުން ބުނާ ގޮތުގައި، ރެސްޓޯރަންޓު، ކެފޭ ހިންގަން ބިން ދޫކުރުމާއި ޕީއެންސީ އާއި އެމްޑީޕީއަށް ބިން ދޫކުރުމާއި ޓުއަރިޒަމް ޒޯން ތަރައްގީ ކުރަން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލާ އެއްގޮތަށް މަސައްކަތް ގެންދިއުން ވެސް ވަނީ ހުއްޓިފަ އެވެ.

"ވީމާ މަތީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް މިވަގުތު ކުރިއަށް ގެންދެވެން ނެތުމުން އެކަމުގެ ސަބަބުން ތިޔަ ލޮބުވެތި ރަށްޔިތުނަށް ދިމާވާނެ ދަތިތަކަށްޓަކައި މިކައުންސިލުން ވަންދޫގެ ލޮބުވެތި ރަށްޔިތުންގެ ފަރާތުން ނިހާޔަތައް މައާފަށް އެދޭ ވާހަކަ ދަންނަވަން. އަދި މި ދަތި އުނދަގޫ ހާލަތުގައި ވެސް ވަންދޫ ޕްރީސްކޫލްގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމުގައި ދެންނެވިން،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެލްޖީއޭ އިން ވަކި ގޮތެއް އަންގަންދެން އެއްވެސް ކައުންސިލަކުން ތަންތަން ކުއްޔަށް ދޫކޮށް، މުވައްޒަފުން ނަގައި، ތަރައްގީގެ އާ މަޝްރޫއުއެއް ހިންގައިގެން ނުވާނެ ކަމަށް އެ އޮތޯރިޓީ އިން ވަނީ މިހަފުތާގައި ހުރިހާ ކައުންސިލަކަށް އަންގައިފަ އެވެ.

"އަންނަނިވި ކަންކަމުން ކުރެ ކަމެއް އިއުލާނުކޮށް މި ގާނޫނު ތަސްދީގު ކުރުމާ ހަމައަށް ހަވާލުކޮށްފައިނުވާ ނަމަ މި އޮތޯރިޓީއިން ވަކި ގޮތެއް އަންގަންދެން އެފަދަ ކަންކަން ހަވާލު ކުރުމާއި މުވައްޒަފުން ނެގުން ހުއްޓާލުމަށް އަންގަން،" ކައުންސިލުތަކަށް ނިމާލް އަންގާފައިވެ އެވެ.

ސަރުކާރުން ކައުންސިލުތަކަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އަތޮޅު ކައުންސިލުތައް އުވާލައި، އަތޮޅުވެރިން އައްޔަން ކުރުމުގެ ޕްލޭނެއް ވެސް އެބަ ގެންގުޅެ އެވެ. ސަރުކާރުން ބޭނުންވަނީ، ކައުންސިލުތަކަށް ފިޔަވަޅު އެޅުމާއި ކައުންސިލަރުން ވަކި ކުރުމާއި ކައުންސިލުތައް އުވާލުމުގެ ބާރު ވެސް އަތޮޅުވެރިންނަށް ދިނުމަށެވެ.

ނަމަވެސް އަތޮޅުވެރިން އައްޔަން ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލު މިހާތަނަށް ގާނޫނަށް ގެނެސްފައެއް ނުވެ އެވެ. އެކަމަކު، އެ ބިލުގެ ޑްރާފްޓެއް ސަރުކާރުން ވަނީ އެކުލަވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox