މީޑީއާ ނައްތާލާ ބިލުގެ މައްސަލަ ހޫނުވެފައި ވަނިކޮށް މީޑިއާތަކަށް ސަރުކާރުން މާލީ އެހީ ދޭ އުސޫލު އާންމުކޮށްފި

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުމަށް ބޭއްވި ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރު އަޑީގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވައި މަޖިލީހަށް ހުށަހެޅި ބިލުގެ ހޫނުވެފައި ވަނިކޮށް ރާއްޖޭގައި ރެޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.

ސަރުކާރުން ގެޒެޓުކުރި އުސޫލުގައި ވާގޮތުން ދައުލަތުން މާލީ އެހީ ދޫކުރާނީ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނު ނުވަތަ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކަށެވެ.

އެގޮތުން ދައުލަތުން ދޫކުރާ މާލީ އެހީ ދޫކުރެވޭނީ އެ މީޑިއާއެއް ރެޖިސްޓްރީވުމަށްފަހު މެދުނުކެނޑި ހިންގާތާ މަދުވެގެން ތިން އަހަރު ފުރިފައިވާ މީޑިއާތަކަށް ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.

އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

  • އެ މީޑިއާއެއްގެ ކޯޑް އޮފް އެތިކްސް އާއި އެޑިޓޯރިއަލް ސްޓޭންޑަަޑް އާންމުކޮށްފައިވުން
  • އާންމު ފަރާތްތަކުން މީޑިއާއާ މުއާމަލާތު ކުރެވޭނެ އިންތިޒާމުތައް ގާއިމުކޮށް އެ މައުލޫމާތު އާންމުކޮށްފައިވުން
  • ޓެކުހާ ގުޅޭ ގާނޫނެއްގެ ދަށުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން އަންނަ ފަރާތަކަށްވުމާއި، ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނަ ފަރާތެއްކަމުގައިވުން
  • ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަމެންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ އެ ސްކީމަށް ފައިސާ ދައްކަމުން އަންނަ ފަރާތަކަށްވުން
  • ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާގެ ބަޔާންތައް އެކުލަވާލައި މުވައްޒަފުންގެ މުސާރަ މަހުންމަހަށް އެ މުވައްޒަފެއްގެ އެކައުންޓަށް ބޭންކް މެދުވެރިކޮށް ޖަމާކުރާ ފަރާތެއްކަމުގައި ވުން
  • މީޑިއާގެ މަސްއޫލުވެރި ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން އަންނަ ފަރާތެއް ކަމުގައި ވުން

އެހީގެ ގޮތުގައި ދައުލަތުން މީޑިއާތަކަށް ދޫކުރަން ނިންމާފައި ވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކަށް ފާސްކުރާ ބަޖެޓުގައި ހިމެނޭ ހިލޭ އެހީ އާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އާއި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމަނައި ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 ޕަސެންޓަށްވާ ފައިސާ އެވެ.

    ދައުލަތުން އެހީގެ ގޮތުގައި ދޭން ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ފައިސާގެ 35 ޕަސެންޓު ބަހަން ނިންމާފައި ވަނީ ބްރޯޑްކާސްޓިން މީޑިއާތަކަށެވެ. ބަކީ 65 ޕަސެންޓު ބަހަން ނިންމާފައި ވަނީ އޮންލައިން އަދި ޕްރިންޓް މީޑިއާތަކަށެވެ.

    ދައުލަތުން އެހީގެ ގޮތުގައި ދޫކުރާ ފައިސާ ދޫކުރާނީ އެ ފައިސާ ހޯދުމަށް އެދި ހުށަހަޅާ މީޑިއާތަކަށް މިނިސްޓްރީން ދޭ ޕޮއިންޓު 60 ޕޮއިންޓަށްވުރެ މަތިވާ ނަމަ އެވެ. އެއަށްވުރެ މަދުން ޕޮއިންޓު ލިބޭ މީޑިއާތަކަށް އެހީގެ ފައިސާ ދުލެއް ނުކުރާނެ އެވެ. އަދި އިގުރާރެއްގައި ވެސް ސޮއިކުރަން ޖެހެ އެވެ.

    އިގުރާރުގައި ސޮއިކޮށް ފައިސާ ލިބުމަށް ފަހުގައި ވެސް، ގާނޫނުއަސާސީ އާއި އެއްވެސް ގާނޫނަކާއި ހިލާފުވެއްޖެ ކަމަށް ދައުލަތުގެ އިދާރާއަކުން އަންގައިފި ހާލަތެއްގައި އިގުރާރު ބާތިލުކުރެވެ އެވެ.

    މި އުސޫލުގައި އޮތް ގޮތުން މާލީ އެހީ ނުދޭން ނިންމާ ހާލަތުގައި މައްސަލަ ހުށަހަޅަން ޖެހެނީ މުރާޖައާ ކޮމިޓީއަށެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މި ކޮމިޓީގައި ތިބެން ޖެހެނީ ޔޫތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލާއި މީޑިއާތަކުން އައްޔަނުކުރާ މެންބަރެކެވެ.

    މީޑިއާތަކަށް މާލީ އެހީ ދޭ އުސޫލު ސަރުކާރުން އާންމުކޮށްފައި މިވަނީ މިނިވަން މީޑިއާ ހުއްޓުވުމުގެ ބިލެއް މަޖިލީހަށް މިއަދު ހުށަހެޅުމުން އެކަމާ ދެކޮޅަށް ނޫސްވެރިން މަޖިލީހުގައި އިހުތިޖާޖެއް ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

    މަޖިލީހުގެ މިއަދުގެ އެޖެންޑާގައި އޮތީ މީޑިއާ ނެތިކޮށްލާ ބިލު ބަލައިގަނެ، އެ ބިލަށް ބަހުސް ކުރުން ވެސް ހިމަނައިފަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލީ ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކުރުމުންނެވެ. އެ އިހުތިޖާޖުގައި "އަދަދު" އާއި "މިހާރު" އާއި "ދައުރު" ގެ ނޫސްވެރިން ބައިވެރިވި އެވެ.

    ކޮމެންޓް

    ފަހުގެ ޚަބަރު

    ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

    މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

    ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

    ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

    ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

    ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

    ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

    ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

    ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

    ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

    ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

    އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

    އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

    އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

    Newsletter

    Get the latest news delivered straight to your inbox