ހުލާސާކޮށް އިއްޔެ: ރޯމަސް މާރުކޭޓުގެ ހިޔާނާތް

Aug 17, 2025, 1:18 AM
ހުލާސާކޮށް އިއްޔެ: ރޯމަސް މާރުކޭޓުގެ ހިޔާނާތް

މާލޭގެ މޭޔަރަކަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަން ހާމަވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރޯމަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިންސް ކިޔާ ކުންފުންޏަކާ އެވެ. އެއީ ލ. ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި އެކެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްލާފައި އޮތީ ބިޑު ކޮމިޓީގެ ނިންމި ގޮތާއި ހިލާފަށް ކަމަށެވެ.

ރޯމަސް މާރުކޭޓު، އެފްޖޭ ޑިޒައިންސް އަށް ދޭން ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ އަށެވެ. ނަމަވެސް، އެއްބަސްވުން ހެދީ މަހަކަށް 70،000ރ. ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިގޮތަށް އެއްބަސްވުން ކުރިއަށް ނުގެންދެވޭނެ،" އާޒިމް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ސައިފު ފާތިހު ކައުންސިލްގެ ބައްދަލުވުމުގައި ވިދާޅުވީ ބިޑް ކޮމިޓީން ނިންމާފައި އޮއްވައި އެހެން އަގަކަށް ދޭން ނުނިންމޭނެ ކަމަށެވެ. އެއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސް މާރުކޭޓުގެ ކަރަންޓު ބިލްތައް ވެސް ދައްކާފައި ނުވާ ކަމަށާއި ދައްކަން ހުރި ބިލްތަކަށް 437،000 އަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި މައްސަލަތައް ފާހަގަ ކުރެވުމުން އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ. އެހެންވެ،

އެހެންވެ، މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުގެ ބިންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމަށް ހުށަހަޅާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލޭ މޭޔަރަކަށް މުއިއްޒު ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރެއްވި އިރު، މާލޭ ރޯމަސް މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކުރި އެވެ. ރައީސްކަން ލިބިވަޑައިގަތުމަށް ފަހު އެ މަޝްރޫއު ސަރުކާރަށް ގެންދިޔަ އެވެ.

މިއަދުގެ މޫސުން

  • ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު.
  • ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލަށް. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލަށް.
  • ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ.
  • ރާޅުގެ އުސްމިން ހުރީ 2 ފޫޓާއި 5 ފޫޓާ ދެމެދު.

ނަމާދު ވަގުތު

  • ފަތިސް 04:48
  • އިރުއަރާ 06:01
  • މެންދުރު 12:14
  • އަޞްރު 15:28
  • މަޣްރިބް 18:19
  • ޢިޝާ 19:33

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox