މުދާ ނަގަން ފެށުން؛ ކޯސްޓްލައިންގެ ރަށެއް އަތުލައި ހިތާދޫއަށް ދޭން މުއިއްޒު ނިންމައިފި

މާމަޑުއްވަރި

މާމަޑުއްވަރި

ރިސޯޓެއް ތަރައްގީ ކުރުމަށް ކޯސްޓްލައިން ކުއްޔަށް ނަގާފައިވާ ބ. އަތޮޅު މާމަޑުއްވަރި އަތުލައި އެ އަތޮޅު ހިތާދޫއާ ހަވާލު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރެއްވި ދަތުރުގައި އިއްޔެ ހިތާދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ޓޫރިޒަމް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައި އޮތް އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނެސް ހިތާދޫއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

"މި ދެންނެވި އެގްރިމަންޓް، ގާނޫނާއި ގަވާއިދުގެ ތެރެއިން، އޮންނަ އުސޫލުގެ ތެރެއިން، ނިމުމަކަށް ގެނެސް، އެރަށް، މާމަޑުއްވަރި، މި ރަށަށް، ހިތާދުއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ، ޓޫރިޒަމް މިނިސްޓަރު، އެޓާނީ ޖެނެރަލާ ގުޅިވަޑައިގެން، އެ މަސައްކަތް ކުރިއަށް ގެންދަވާނެ. ނިމުނުހާ އަވަހަކަށް، ތިޔަ ބޭފުޅުންނާ އެ ރަށް، ހަވާލުކުރާނަން،"

މުއިއްޒު ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ވެސް މާމަޑުއްވަރިއަކީ ހިތާދޫއާ ގުޅިފައި އޮތް ރަށެއް ކަމަށާއި، ފަން ހޯދުމާއި، ދަތުރުދިޔުން އަދި އިގްތިސާދީ މަސައްކަތް ކުރުމަށް ވެސް މާމަޑުއްވަރި ބޭނުންކުރި ކަމަށެވެ.

ޖުމްލަ 35.90 ހެކްޓަރު ހިމެނޭ މާމަޑުއްވަރި ރިސޯޓެއް ތަރައްގީކުރުމަށް ކޯސްޓްލައިނާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ކުރިން އެ ރަށް ބޭނުންކުރީ ދަނޑުވެރިކަމުގެ ބޭނުމަށެވެ.

ޓޫރިޒަމް އަށް ދޫކޮށްފައިވާ ރަށްތައް އަތުލާނަމަ ގާނޫނީ ބޮޑު މައްސަލަތަކެއް ކުރިމަތިވެ އެ މުއާމަލާތް ނިންމުމަށް ގިނަ ދުވަސްތަކެއް ނެގުން އެކަށީގެންވެ އެވެ.

މާމަޑުއްވަރީގެ އިތުރުން ވެސް ނުހެދި ގިނަ ދުވަސްވެފައިވާ ރަށްތައް އެބަ ހުއްޓެވެ.

އެހެންވެ، ހިތާދޫ މީހުންނަށް މާމަޑުއްވަރީ ލިބުމަކީ ކައިރި މުސްތަގުބަލެއްގައި ވާނެ ކަމެއް ކަމަށް ނުބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox