ކައުންސިލްތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރައީސް މުހައްމަދު މުއިއްޒު: ކައުންސިލުތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުމުން ރައްޔިތުން ބާރުވެރިވާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒު: ކައުންސިލުތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުމުން ރައްޔިތުން ބާރުވެރިވާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރުތައް ހަނި ކުރަން ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްފަހު، ކައުންސިލްތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކޮށް އަނެއްކާ ވެސް ގާނޫނު އިސްލާހުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅަށް ކުރައްވާ ދަތުރުގައި ދަރަވަންދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން އާމްދަނީ ހޯދަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން ގާނޫނުގައި އޮތް ގޮތަށް ކައުންސިލަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުވަނީ ވެސް ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދޭން މަގުފަހި ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ކައުންސިލްތަކުން އާމްދަނީ ހޯދުމުގެ ޖާގަ އޮވޭ ގާނޫނުގައި. ވަރަށް ފުޅާކޮށް އޮވޭ. އެ ހޯދާ އާމްދަނީ މި ހޯދަނީ ކީއްކުރަންތޯ. ރައްޔިތުންނަށް ކަންކަން ކޮށްދޭން،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންނަމަވެސް މި އާމްދަނީ ހޯދާފައި ގާނޫނުގައި ވަރަށް ސާފުކޮށް އޮވޭ ވިޔަފާރިއެއް ކޮށްފިއްޔާ އެ ވިޔަފާރިން ލިބޭ ފައިސާއިން ޓެކްސް ދައްކަން ޖެހެއޭ. ކައުންސިލްތަކުން ޓެކްސްއެއް ނުދައްކާ އާމްދަނީއަކުންނެއް. އެ ޓެކްސް ހޯދަނީ ކީއްކުރަންތޯ. ޓެކްސް އިން ލިބޭ ފައިސާއިން ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދޭންވެގެން."

މުއިއްޒު ވިދާޅުވީ ކައުންސިލުތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުމުން އޭގެ ސަބަބުން ރައްޔިތުން ބާރުވެރިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކައުންސިލްތަކުން ސަރުކާރަށް ދައްކަން މަޖުބޫރުކުރާ ޓެކްސް ފައިސާއިން ރައްޔިތުންނަށް ކަންކަން ކޮށްދެވޭނެ ކަމަށް ވިދާޅުވެ ރޭ ދެއްވި ތަގުރީރުގައި މުއިއްޒު ވަނީ އެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ. އެކަމަކު ކައުންސިލްތަކަށް ލިބޭ ފައިސާ ވެސް ހޭދަކުރަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްކަން ފާހަގަކުރެވެ އެވެ.

ކައުންސިލްތަކުން ސަރުކާރަށް ޓެކްސް ނަގަން މަޖުބޫރުކޮށް ގާނޫނު އިސްލާހުކުރާނެކަން ސަރުކާރުން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. މީގެއިތުރުން އެފަދަ އިސްލާހެއް ލާމަރުކަޒީ ގާނޫނު އެންމެ ފަހުން އިސްލާހުކުރިއިރު ވެސް ދައްކާފައެއް ނުވެ އެވެ.

ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ހުރަސްއެޅޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އިސްލާހު މުއިއްޒު ތަސްދީގުކުރައްވާފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން 80 އަށްވުރެ ގިނަ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެއިތުރުން ބ. އަތޮޅަށް މުއިއްޒު ކުރެއްވި ދަތުރުގައި ބައެއް ކައުންސިލްތަކުގެ ރައީސުން ވަނީ އެމަނިކުފާނު ހުންނެވި ޖަލްސާގައި ލާމަރުކަޒީ އިސްލާހާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox