ކައުންސިލުތައް އުވާލައި، ވަކިވަކި ކައުންސިލަރުން ވަކި ކުރަން ސަރުކާރުން ކޯޓަށް ދެވޭ ގޮތަށް ހަދަނީ

ކައުންސިލުތައް އުވާލައި، ވަކިވަކި ކައުންސިލަރުން ވަކި ކުރަން ސަރުކާރުން ކޯޓަށް ދެވޭ ގޮތަށް ހަދަނީ

ކައުންސިލުތައް އުވާލުމަށް އަދި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ކޯޓަށް ހުށަހެޅުމުގެ ބާރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަން ފަށައިފި އެވެ.

ކައުންސިލުތައް އުވާލައި، ކައުންސިލަރުން ވަކި ކުރެވޭނެ އުސޫލެއް ތައާރަފު ކުރަން ސަރުކާރުން މަސައްކަތް ކުރަނީ، ލާމަރުކަޒީ ނިޒާމުން ތަސައްވުރު ކޮށްފައިވާ އުސޫލުތައް މުގުރޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަން ވިސްނާ ބަދަލުތަކެއްގެ ތެރެއިންނެވެ.

ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަމަކީ އަތޮޅު ކައުންސިލުގެ ބާރު ކަނޑުވާލައި އަތޮޅުވެރިން އައްޔަން ކުރުމެވެ. އެކަމަކު، ބަދަލުތަކުގެ ތެރޭގައި ކައުންސިލުތައް އުވާލުމާއި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ކޯޓަށް ދިޔުމުގެ ބާރު އެލްޖީއޭއަށް ދިނުން ވެސް ހިމެނެ އެވެ.

ސަރުކާރުން ތައްޔާރުކޮށްފައިވާ ކަރުދާހުގައި، ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް ވެސް ގިނަ ކަންކަން ހިމަނާފައިވެ އެވެ. އެންމެ ބޮޑު ކަމަކަށް ލިޔެފައި އޮތީ، އެލްޖީއޭއިން ހައި ކޯޓަށް ހުށަހަޅައިގެން ކައުންސިލު އުވައިލެވިދާނެ ކަމަށް އޮތުމެވެ. އަދި ވަކިވަކި ކައުންސިލަރުން ވަކި ކުރަން ވެސް އެލްޖީއޭއިން ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ ގޮތުން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ ބާރު ސަރުކާރަށް ނަގަން ވެސް އެ ކަރުދާހައި ހުށަހަޅާފައިވެ އެވެ. ސަރުކާރުން ބޭނުންވަނީ، ހުރިހާ ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލުންނަކީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ބައެއްގެ ގޮތަށް ހެދުމަށެވެ.

އޭގެ އިތުރުން، ޕްރައިމަރީ ހެލްތު ކެއާ އާއި ސިއްހީ ރައްކާތެރިކަމަ ގުޅޭ އަސާސީ ހިދުމަތްތައް ދިނުމާއި ޕްރީ ސްކޫލުގެ ހިދުމަތްތައް ދިނުމަށް ރަށު ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް އަތުލުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރަށު ކައުންސިލަށް އައްޔަން ކުރާ މެންބަރުންގެ ތެރެއިން ކައުންސިލުގެ ރައީސް އާއި ނައިބު ރައީސް ފިޔަވާ ދެން ތިބޭ މެންބަރުންނަކީ މުސާރަ ނުލިބޭ ބައެއްގެ ގޮތުގައި ހެދުމަށް ވެސް ސަރުކާރުން ބޭނުންވެ އެވެ. ގެންނަން ހުށަހަޅާ ބަދަލުތަކުގެ ބުނެފައި ވަނީ ކައުންސިލުގެ ރައީސް އަދި ނައިބު ރައީސް ފިޔަވާ އެހެން މެންބަރުންނަށް ދޭނީ ސިޓިން އެލަވެންސެއް ކަމަށެވެ.

އަތޮޅު ކައުންސިލުގެ ބާރުގެ ކަނޑުވާލުމަށްފަހު ސަރުކާރުން ބޭނުންވަނީ ކުރިން އަތޮޅުވެރިން އަދާކުރަމުންދިޔަ މަސައްކަތް ކުރުމަށް "އަތޮޅު މޮނިޓަރިން އަދި ރެގިއުލޭޓަރީ އޮފީސް" ގެ ނަމުގައި ކޮންމެ އަތޮޅެއްގައި އޮފީހެއް ގާއިމް ކުރުމަށެވެ. އެ އޮފީހުގެ އެންމެ އިސްވެރިޔަކީ ވަޒީރު އައްޔަން ކުރާ މީހެއް ކަމަށް ސަރުކާރުން އެކުލަވައިލި ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ.

އަތޮޅު މޮނީޓަރިން އަދި ރެގިއުލޭޓަރީ އޮފީހަށް ގިނަ ބާރުތަކެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި ކައުންސިލުތަކަށް ފިޔަވަޅު އެޅުމާއި އަތޮޅުތަކަށް ކަނޑައަޅާފައި ހުރި ފައިސާ އާއި ވަސީލަތްތައް ބެލެހެއްޓުން ހިމެނެ އެވެ.

އަތޮޅުވެރިންނާއި އަތޮޅު އޮފީހަށް ލިބޭ ބާރުތައް

  • އަތޮޅު ހިންގުމުގެ ބޭނުމަށް ކަނޑައަޅާފައިވާ ފައިސާ އާއި އިމާރާތްތަކާއި ވަސީލަތްތަކާއި ތަންތަން ސަރުކާރުން އަންގާ ގޮތަކަށް ބެލެހެއްޓުން
  • ރަށު ކައުންސިލުތައް މޮނީޓާ ކުރުމާއި އޮޑިޓު ކުރުން
  • ޕަބްލިކް ވޯކްސްގެ ހިދުމަތް ދިނުމާއި ތަރައްގީ މަޝްރޫއުތައް ރާވައި ހިންގުން
  • އަތޮޅު ތަރައްގީގެ ބޭނުމަށް ދޫކޮށްފައިވާ އިމާރާތްތައް ހިންގުން
  • ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒު ކުރުން
  • ކައުންސިލުގެ މަސައްކަތްތަކާއި ހަރަކާތްތައް މޮނީޓާ ކުރުން
  • ކައުންސިލުތަކުގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox